Support Us

ކުރު ވާހަކަ: ކުއްތާއާއި ފުއްލާ

ފުއްލާ ކުރެން ކުއްތާ އެއްސެވެ. "ދުވުމުގެ ރޭހުގައި، އަބަދު ވެސް އަހަރެން ޖަހާލައި އަހަރެންގެ މައްޗަށް ކަލޭ ކުރި ހޯދަނީ ކިހިނެއް ހެއްޔެވެ؟"

ދެން ފުއްލާ ބުންޏެވެ. "އަހަރެން ދުވަނީ އަހަރެންގެ އަމިއްލަ ނަފްސުގެ ބޭނުންތައް ފުުއްދުމުގެ މަގުސަދުގައެވެ. ނަމަވެސް، ކަލޭ ދުވަނީ ކަލޭގެ ސާހިބާއަށްޓަކައެވެ. އެ ސާހިބުންގެ ބޭނުންތައް ފުއްދައިދިނުމަށެވެ. އަހަރެން ދުވަނީ ހައްގުގެ މަގުގައެވެ. ކަލޭ ދުވަނީ ބާތިލުގެ މަގުގައެވެ."

ޝައްކެއްނެތް ގޮތުގައި ހައްގާއި ބާތިލު ވަކިކުރުމުގެ ބޭނުމެއް އޮތްކަމަށް ނުދެކި، އެ އެއްޗެހީގެ ސާހިބުންގެ ބޭނުންތައް ފުއްދުމަށްޓަކައި، ކޮންމެ ފަދަ އެއްޗެއް ވެސް ގުރުބާންކޮށްލައި ދުވާ ކުއްތާއިންތައް ވަރަށް ވެސް ގިނައެވެ. ނަމަވެސް، ފުއްލާ ފަދައިން ހައްގަށްޓަކައި ދުވަން ހިއްވަރު ނެތް ނަމަ، މި ނަންގަތް ފަދައިން ބާތިލު ފަހަތުން ދުވާ ކުއްތާތަކުގެ ތެރެއިން ކުއްތާއަކަށް ދުވަހެއްގައި ވެސް ނުވާށެވެ!