އެއްބަނޑު އެއްބަފާ ކޮއްކޮ ރާފިޔަތު ރަމީޒާ ލަވަކިއުން ހުއްޓައިލުމަކީ މި ދުނިޔޭގައި އޭނާ "އެންމެ ދެކެން ބޭނުންވާ އެއް ދުވަސް" ކަމުގައި ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒު ބުނެފިއެވެ.
ލަވަކިއުމުގައި ރާއްޖޭގައި އެންމެ ބޮޑު މަގުބޫލްކަމެއް ހޯދި އަލީ ރަމީޒު، ލަވަކިއުން ހުއްޓައިލުމަށްފަހު 2003 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަނީ ދީނީ ދައުވަތު ފެތުރުމުގައެވެ. ނަމަވެސް އޭނާއާއެކު އެކި ސްޓޭޖުތަކުގައި ލަވަކިޔަން ފެށި ގޮތަށް ހުއްޓުމެއް ނެތި ރާފިއަތު އަދިވެސް އަންނަނީ ލަވަކިޔަމުންނެވެ.
އަލީ ރަމީޒުގެ ފޭސްބުކް ސަފުހާގައި މީހަކު ސުވާލުކުރެއެވެ.
"އަލީ ރަމީޒު ވެއްޖެއެއްނު އެންމެ ފުރަތަމަ ރާފިޔަތު ރަމީޒާ ލަވަކިއުން ހުއްޓުވަން. އޭނައަށް ނަސޭހަތް ދީބަލަ ފުރަތަމަ. އޭނާ ލަވަކިޔުން އޯކޭތަ؟"
އެ ސުވާލުގެ ޖަވާބުގައި އަލީ ރަމީޒު ބުންޏެވެ.
"ރާފިޔަތު ލަވަކިއުން ހުއްޓައިލުމަކީ މި ދުނިޔޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަސް. ﷲ އަޅުގަނޑަށް އެ ދުވަސް ދައްކަވާށި! އާމީން"
ރާފިއަތަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އަންހެން ލަވަކިއުންތެރިޔާއެވެ. އެކިއެކި ލަވަތައް ރެކޯޑުކުރުމުގެ އިތުރުން މާލެ އާއި ރަށްރަށުގައި އޭނާ ޝޯތައް ދެމުން ގެންދެއެވެ.
އަލީ ރަމީޒުގެ އާއިލާގައި ރާފިއަތުގެ އިތުރުން އިބްރާހިމް ރަމީޒުވެސް ކުރިން ވަނީ އަލީ ރަމީޒާއެކު ލަވަ ކިޔައިފައެވެ. ނަމަވެސް އޭނާ ވެސް މިހާރު ވަނީ ލަވަކިއުން ހުއްޓާލައިފައެވެ.
ރާފިއަތުގެ ފިރިމީހާ އިބްރާހިމް އާމިރަކީ ވެސް މަޝްހޫރު ލަވަކިއުންތެރިއެކެވެ.



advertisment
One Response
ރާފިޔަތު ލަވަކިއުމަކީ އައްޔަ އެހެންމީހުނަށް ނަސޭހައްތެރި ނުވެންވީ ސަބަބެއްނޫން.