އިސްލާމީ ވެރިކަން ނިމުނުތާ އެތައް ގަރުނެއް ފަހުން ބައެއް މުސްލިމުން އަންދަލުސް އިހްތިޔާރުކުރެއެވެ. އެ މީހުންގެ ހިތް ސްޕެއިންގެ މާޒީއަށް ލެނބެއެވެ.
ހެންރިއެޓާ ސޮވަޓީއަކީ އިނގިރޭސި-ހަންގޭރީ ދަރިކޮޅުގެ މުސްލިމެކެވެ. ފިރިމީހާ އަޖްމަލް މަސްރޫރާއެކު އޭނާ ދިރިއުޅެނީ އަލޯރާގެ މަތީގައިވާ ފަރުބަދަތައް މަތީގައެވެ. އެ މީހުން 2024 ގައި ދުވަސްވީ ދަނޑުވެރި ގެއެއް ގަތެވެ. އެ މީހުން އެ ގެއަށް ކިޔަނީ "ހައުސް އޮފް އަންދަލުސް" ނުވަތަ ލަފުޒީ މާނައިން "އަންދަލުސްގެ ގެ"އެވެ. އެ ތަނުގެ ބޮޑުމިނަކީ 14 ހެކްޓަރެވެ. އެ ބިމުގައި ގާތްގަނޑަކަށް 400 ޒައިތޫނި ގަސް ހުރެއެވެ. އެ މީހުން ރައިވައިފައިވަނީ އެ ބިމުގައި ކީރިތި ގުރުއާނާއި ހަދީސްގައި ބަޔާންކޮށްފައިވާ ގަސްގަހާގެއްސާއި ސަގާފަތް ކުރިއަރުވައިށެވެ. އަދި އެއީ އެންމެނަށް ހުޅުވައިލައިފައިވައި، ސިކުނޑިއަށް އަރާމު ލިބިގަންނަ ތަނަކަށް ހަދައިށެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅުނުއިރު ހެންރިއެޓާއަށް އިހްސާސްވީ އޭނާއަކީ އެ ތަނުގައި ދިރިއުޅޭ "ބޭރު މީހެއް"ގެ ގޮތުގައެވެ.
"އަހަރެންނަށް އެ ތަނުގައި އިހްސާސްވީ ބޭރު މީހެއްގެ ގޮތުގައި ވިހި އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް،" އޭނާ ކިޔައިދިނެވެ.
ސްޕެއިނުން އޭނާއަށް ކުރެވެނީ ތަފާތު އިހްސާސެކެވެ.
"މި ތަނުގައި އިސްލާމް ދީނަށް އަމަލުކުރަން މާ ފަސޭހަ،" އޭނާ ބުންޏެވެ.

އަވަށްޓެރިން އެންމެ ފުރަތަމަ އޭނާއާ ބައްދަލުކުރަނީ 'ހެންރިއެޓާ' ގެ ގޮތުގައެވެ. އޭނާ މުޖުތަމައެއް ބިނާކުރަނީ ދުވަހުގެ ދިރިއުޅުމުގެ ތެރެއިންނެވެ.
"ހާލަތްތައް ބަދަލުވި ނަމަވެސް މުޖުތަމައާއި ގުޅުންތަކާއި އަދި އީމާންތެރިކަން ބަދަލެއް ނުވޭ،" ހެންރިއެޓާ ބުންޏެވެ.
މި ހިޔާލު ފެށުނީ އޭނާގެ ހަގު ފިރިހެން ދަރިފުޅުގެ ފަރާތުންނެވެ. ދަރިފުޅަށް ކޮންމެ ތަނަކުންވެސް ފެނުނީ އިސްލާމީ އަސަރުތަކެވެ. ގަނޑުވަރުތަކެވެ. ތަޅުމުގައިވާ ޓައިލްސްތަކެވެ. ތަންތަނަށް ކިޔާ ނަންތަކެވެ. ހެންރިއެޓާ ބޭނުންވީ ޔޫރަޕުގެ ތާރީހުގެ ބައެއްގެ ގޮތުގައި މީހުންނަށް އިސްލާމް ދީން އިހްސާސްކޮށްދޭށެވެ.
އަންދަލުސްއަށް މީހުން ދަމައިގަންނަ ސަބަބު ތާރީހު އިލްމުވެރިޔާ ތޯރިގު ހުސައިން ބަޔާންކޮށްދެއެވެ. އަންދަލުސްއަކީ ގާތްގަނޑަކަށް އަށް ގަރުނު ވަންދެން މުސްލިމުން ވެރިކަންކުރި ބިމެކެވެ. އެ ވެރިކަމުން ގަނޑުވަރުތަކާއި ދަނޑުވެރިކަމަށް ފެން ދޭ ނިޒާމުތަކާއި އަދި ވާހަކަދައްކައި ބަސް ގާއިމުކޮށްދިނެވެ. ޔޫރަޕުގެ މުސްލިމުންނަށް މިއީ އެ މީހުންގެ ވަނަވަރު ވަރުގަދަކޮށްދޭ ކަމެކެވެ.
"ހާއްސަކޮށް ޔޫރަޕުގެ މުސްލިމުންނަށް، އެ މީހުން ގިނަ ފަހަރަށް ބާކީކޮށްލައިފައިވައި ޔޫރަޕުގެ ތާރީހުގެ ތެރޭގައި އެ މީހުންގެ ވަނަވަރު ސާބިތުކޮށްދިނުމަށް މި ކަންކަން އެހީތެރިވެދޭ،" އޭނާ ބުންޏެވެ.
ސްޕެއިންގެ ގްރަނާޑާ ސަރަހައްދުގައި މުނީރާ މެންޑޮންކާވަނީ މިސްކިތެއް ބިނާކުރުމަށް އެހީތެރިވެދީފައެވެ. ގިނަގުނަ މަސައްކަތްތަކަކަށްފަހު އެ މިސްކިތް ހުޅުވީ 2003 ގައެވެ.

އޭނާއާއި އެހެން މީހުން އިސްލާމްވީ އަލްޕުހާރަސް ފަރުބަދަތަކުގައެވެ.
"އަހަރެންނަށް އިންތިހާއަށް އުފާވެރިކަން އިހްސާސްވި ހަނދާން އަދިވެސް ހުރޭ!" މުނީރާ ބުންޏެވެ.
އެ ފަރުބަދަތަކަކީ އެއް ޒަމާނެއްގައި މޮރިސްކޯ މުސްލިމުންގެ ދެކޮޅުވެރިކަމާއި އެ މީހުން ބޭރުކޮށްލުމުގެ ހާދިސާ ހިނގި ތަނެކެވެ.
އޯގިވާގައި މެޑައިނާ ޓެނޯ ވައިޓްމަން އޭނާގެ ބަގީޗާ ބަލަހައްޓައެވެ. އޭނާ އުފަންވީ 1982 ގައި ގްރަނާޑާ ސަރަހައްދަށެވެ. އަލަށް އިސްލާމްވި އޭނާގެ މައިންބަފައިން ކުޑަ ދުވަސްކޮޅަކު ސްޕެއިންގެ ދެކުނު ސަރަހައްދުގައި ދިރިއުޅުނެވެ. އޭނާ ފަހުން އަނބުރާ އައެވެ. އޭނާގެ ހިތް އެންމެ ފުރަތަމަ ދަމައިގަތީ އޮރެންޖާއި އަވީގެ ހޫނުކަމަށެވެ.
"އަހަރެމެން އެންމެން މި ގޮތަށް ދިރިނޫޅެންވީ ކީއްވެ؟" އޭނާ ބުންޏެވެ.
ތާރީހުންވެސް ހިތްހަމަޖެހުމާއި ދިރުން ގެނެސްދެއެވެ.
"ތާރީހަކީ އެއް ކަންތައް އަދި އެއިން ކޮންމެވެސް ގޮތަކުން މީހާއަށް ދިރުން ގެނެސްދޭ. ޒަމާންވީ އަދި މި ތަނުގެ މީހެއްކަމުގެ އިހްސާސެއްކޮށްދޭ،" އޭނާ ބުންޏެވެ.
"ހައުސް އޮފް އަންދަލުސް"ގައި ހެންރިއެޓާ ފަތިސް ނަމާދަށް ތެދުވެއެވެ. މަސައްކަތް ބުރައެވެ. ފެން ތަދެވެ. އެހީތެރިވުމަށް ވޮލަންޓިއަރުން އާދެއެވެ.
"މި ތަނުން ތިމާގެ ކިބައިގައި ހުންނަ ބޮޑާކަން ފިލުވައި، މަޑުމައިތިރިކަން ގެނެސްދޭ،" ހެންރިއެޓާ ބުންޏެވެ.
އޭނާގެ ހަޔާތަށްވުރެ މި މަޝްރޫއު ދިގުދެމިގެންދާނެކަން އޭނާއަށް އެނގެއެވެ.
"މި ތަން ނިމޭ ތަނެއް އަހަރެންނަކަށް ނުފެންނާނެ. މި ތަން ނިމޭނީ އަހަރެންގެ އުމުރަކު ނޫން،" ހެންރިއެޓާ ބުންޏެވެ.
ސްޕެއިންގެ ދެކުނު ސަރަހައްދަށް ހިތް ދަމައިގަންނަ މުސްލިމުން ސްޕެއިންގެ ތާރީހުންނާއި އެ ދުވަހެއްގެ އިޖުތިމާއީ ކަންތައްތަކުގެ ތެރެއިން ހޯދަނީ ސްޕެއިނަކީ އަމިއްލަ ވަޒަންކަމުގެ އިހްސާސާއި އެކުވެރިކަމެވެ.



advertisment