ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު އާބާދީ ޗާޓުތަކުން މަދުކޮށް ދައްކަފައިނެތީ ސައިންސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސައިންސްވެރިން މި ގޮތަށް ކަންބޮޑުވުން ފާޅުކުރީ އިއްޔެ މީޑިއާގައި ޝާއިއުކުރި މި ދިޔަ އަހަރު ހެދި ދިރާސާއަކުން 35 ގައުމެއްގައި ހިންގި 307 ޑޭމް މަޝްރޫއު ސަރަހައްދުތަކުގެ އަސްލު އާބާދީ 53 ޕަސެންޓާއި 84 ޕަސެންޓާ ދޭތެރޭގެ މިންވަރެއް މަދުކޮށް ދެއްކުމުންނެވެ.
މި ދިރާސާގައި ބަލައިފައިވަނީ 1975 އިން 2010 އާ ދޭތެރޭގެ އަހަރުތަކެވެ.
ދުނިޔޭގެ މިހާރުގެ އާބާދީއަކީ 8.3 ބިލިއަންކަމަށް ރަސްމީ ހިސާބުތައް ދައްކާއިރު އެތައް ބިލިއަން މީހުންނެއް މަދުކަމެއް މި ދިރާސާއަކުން ސާބިތެއް ނުކޮށްދެއެވެ. ދިރާސާވެރިން ބުނީ ޗާޓުތަކުގައި މީހުން ހިމަނާފައިވަނީ ނުބައި ތަންތަނުގައި ކަމަށްވުން އެކަށީގެންވާކަމަށެވެ.
"ދުނިޔޭގެ އާބާދީ ޗާޓުތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ ޕްލޭންކުރުމަށާއި ނުރައްކާތައް ވަޒަންކުރުމަށް،" ފިންލެންޑްގެ އާލްޓޯ ޔުނިވާސިޓީގެ ޕޯސްޓްޑޮކްޓަރަލް ދިރާސާވެރިޔާ ޖޯސިއަސް ލޭންގް-ރިޓާ ބުންޏެވެ.
ކާރިސާތަކުގައި މީހުންނަށް ހިމާޔަތް ދޭ ހިޔާތައް ހެދުމަށާއި ކުއްލި އެހީ ފޯރުކޮށްދިނުމަށް އެހީއެއްގެ ގޮތުން ސައްހަ އާބާދީ ޗާޓުތައް ރަސްމީ އިދާރާތަކަށް އެހީއަކަށްވެވިދާނެކަމަށް ބެލެވެއެވެ.



advertisment