Support Us

ތިން ވަނަ ފަހަރަށް ސަލާމަތްކުރިތަނާވެސް މިޔަރު އެނބުރި އަތުވެއްޖެ

ދެކުނު ކޮރެއާގެ މަސްނޫއީ ކަނޑުއޮޅިއެއްގައި ތާށިވި މިޔަރު ތިން ވަނަ ފަހަރަށްވެސް ކަނޑަށް ބޭރުކޮށްލުމުން އެނބުރި އަތުވެއްޖެއެވެ.

ބޫސާން ސިޓީގެ ބަނދަރުގައި މި ދިޔަ މަހުއްސުރެ ތާށިވި ޑަސްކީ ބާވަތުގެ، ދިގުމިނުގައި ނުވަ ފޫޓު ހުރި އަންހެން މިޔަރު މަގުބޫލުވުމުން އެ ސަރަހައްދަށް މިހާތަނަށް 1.6 މިލިއަން މީހުންވަނީ ޒިޔާރަތްކޮށްފައެވެ.

"ބުކަންގީ"ގެ ނަމުން ނަންދީފައިވާ މިޔަރު އިއްޔެ ކަނޑަށް ނެރުނުތާ ގަޑިއިރުކޮޅެއްގެ ތެރޭގައި އަލުން ވަނީ ކެނަލަށް އެނބުރި އައިސްފައެވެ.

ދެކުނު ކޮރެއާގެ ކަނޑުތަކާއި މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ނެތިދިއުމުގެ ނުރައްކާ އޮތް ޑަސްކީ ބާވަތުގެ މި މިޔަރު މިއަދު ހެނދުނުގެ ވަގުތެއްގައި ފެނިފައިވަނީ ރައްކާތެރިކަމަށް ބަހައްޓާފައިވާ ދާތަކާއި ފެންމަތީ ޕްލެޓްފޯމްގެ އަޑިން ލައިފައި ގޮސް ކެނަލްގެ ތެރޭގައި އުޅެނިކޮށްކަމަށެވެ.

ބުކަންގީ އެންމެ ފުރަތަމަ ކަނޑުއޮޅީގެ ތެރޭގައި އުޅެނިކޮށް ފެނިފައިވަނީ މި ދިޔަ މަހު 18 ގައެވެ. މި ދިޔަ މަހު 29 ގައާއި އަދި މި މަހު ދޭއްގައި އެ ސޮރު ސަލާމަތްކުރަންކުރި މަސައްކަތްތައްވެސްވަނީ ނާކާމިޔާބުވެފައެވެ.

އޮފިޝަލުންވަނީ ފެންމަތީ ޕްލެޓްފޯމްތަކާއި ދާތަކާއި އަދި ފީނާ މީހުންގެ އެހީގައި ބުކަންގީ ކަނޑާ ދިމާއަށް އިއްޔެ މިސްރާބު ޖައްސުވައިފައެވެ. ނަމަވެސް އެ މިޔަރު އަދިވެސް އޮތީ ކެނަލަށް ވަންނަ ދޮރު ކައިރީގައިވާ ބަންދުވެފައިވާ ސަރަހައްދެއްގައެވެ.

މަހެއްހާ ދުވަހުގެ މި އުނދަގޫ ތަޖުރިބާގެ ތެރޭގައި މިޔަރު އެއްޗެއް ނުކައި އޮވެދާނެކަމަށް މާހިރުން ލަފާކުރާއިރު ފެނުގެ ހޫނުމިން ދަށްވުމާއި އެ ސޮރަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭގެ ދިރިއޮތުމަށް ނުރައްކާވެދާނެކަމަށް މާހިރުން ލަފާކުރެއެވެ.

"އުތުރު ބަނދަރުގައި ބުކަންގީ ހޭދަކުރި 34 ދުވަހުގެ ތެރޭގައި މި މިޔަރުވަނީ މުޅި ގައުމުގެ އެކުވެރިއަކަށް އަދި ގައުމުގެ ކަނޑުގެ ވެރިރަށް ބުސާންގެ ރަމްޒަކަށްވެފައި. އެ ސޮރަށް އަލްވަދާއު ކިޔަންޖެހުމަކީ ހިތްދަތި ކަމެއް،" ބުސާންގެ މޭޔަރު ޗުން ޖައޭ-ސޫ ބުންޏެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ބުކަންގީ ކެނަލްގެ އެންމެ އެތެރެއަށް ވަނުން ހުއްޓުވުމަށްޓަކައި ރަސްމީ އިދާރާތަކުން ދަނީ އަޅައިނެ އިތުރު ފިޔަވަޅުތަކާމެދު ވިސްނަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *