Support Us

އިސްރާއީލުގެ އާއްމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސާފު ކާމިޔާބީއެއް ނުލިބޭ: އެގްޒިޓް ޕޯލް

އިސްރާއީލުގެ ބަރުލަމާނީ އިންތިހާބުގެ އެގްޒިޓް ޕޯލްތަކުން ސާފު ކާމިޔާބީއެއް އެއްވެސް ޕާޓީއަކަށް ލިބުނު ކަމަކަށް ނުދައްކައެވެ.

އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް ލިބޭނެކަމަށް ލަފާކުރެވެނީ 50 ގޮނޑިއެވެ. އިދިކޮޅު ލީޑަރު ގާދީ އައިސެންކޮޓްގެ ކޯލިޝަނަށް 52 ނުވަތަ 53 ގޮނޑި ލިބުން އެކަށީގެންވެއެވެ.

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކެނެސެޓްގެ 120 ގޮނޑީގެ ތެރެއިން އަގުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި ދެ ކޯލިޝަނުންކުރެ އެއްވެސް ކޯލިޝަނަކަށް ނުލިބެއެވެ.

އަރަބި ޕާޓީތަކުން 18 ގޮނޑި ކާމިޔާބުކުރުން އެކަށީގެންވެއެވެ. ކުރިއަށް އޮތް ސަރުކާރު އެކުލަވާލުމުގައި އެ ޕާޓީތަކުގެ ތާއީދު ވަރަށް މުހިންމު ވެގެންދާނެއެވެ.

"އެގްޒިޓް ޕޯލްތަކުން މި ފެނިގެންދިޔައީ މިހާރުގެ ބޮޑުވަޒީރަށް އިތުބާރު ނެތްކަން،" އައިސެންކޮޓް ބުންޏެވެ.

އިސްރާއީލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ބުނީ ރޭ އަށެއް ޖެހިއިރު ވޯޓު ލީ މީހުންގެ ނިސްބަތް ހުރީ 74.3 ޕަސެންޓްގައިކަމަށެވެ. ދެ ހާސް ބާވީހުގެ އިންތިހާބުގައި ވޯޓުލައިފައިވަނީ 70.63 ޕަސެންޓް މީހުންނެވެ.

މި އިންތިހާބަކީ 2023 ގެ އޮކްޓޫބަރު ހަތެއްގައި ގައްޒާ ހިންގާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކަށްފަހު އިސްރާއީލުގައި ބޭއްވި ފުރަތަމަ ގައުމީ އިންތިހާބެވެ. އަދި މިއީ އެ ހަމަލާތަކާއި އޭގެ ފަހުން އިސްރާއީލުން ހިންގަމުންދާ ގައްޒާ ހަނގުރާމަ ނަތަންޔާހޫ ކުރިއަށްގެންދާ ގޮތާމެދު އިސްރާއީލުގެ ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަޒަންކުރެވޭނެ އިންތިހާބެއްވެސްމެއެވެ.

އޮފިޝަލުން އުއްމީދުކުރަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ ބުދަ ދުވަހު އިއުލާންކުރެވޭވަރުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *