Support Us

ލިޔުންތެރިޔާ: ޝަބީބު ތައުފީޤް

ބައިވެރިވެވަޑައިގެންނެވި ވާހަކަ ލިއުމުގެ ހުރިހާ މުބާރާތަކުން ޝަބީބު ތައުފީޤު ވަނީ ފަޚުރުވެރި އެއްވަނަ ހާސިލްކުރައްވައިފަ އެވެ. ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތަށް ދިގު ވާހަކަ ފޮތެއް ލިއުއްވުމުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމްވެސް ޝަބީބަށް ލިބިވަޑައިގެންފައިވެއެވެ. އަދި ދިވެހިބަހުގެ އެކަޑަމީން ބޭއްވި ޅެން ހެދުމުގެ މުބާރާތުންވެސް ވަނައެއް ޚާސިލް ކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ޝަބީބަކީ ބައެއް ނޫސްތަކަށާއި މަޖައްލާތަކަށް ޢިލްމީ، ދީނީ، އިޖްތިމާޢީ އަދި އެކި މަޢުލޫމާތުގެ ލިޔުއްވުންތައް ލިޔުއްވަމުން ގެންދަވާ ހުނަރުވެރި ފަންނާނެކެވެ.