...

Support Us

ކޮލަމް: އަލީ ޒާހިރުއެވެ. ދަންނަވަންތޯއެވެ!

އެއީ އަޅުގަނޑު ވަރަށް އުފާކުރި ރެއެކެވެ. އާ ސަރުކާރުގެ މުހިއްމު ސްލޮޓް ތަކަކަށް އަޅުގަނޑުމެންގެ އަދާލަތު ޕާޓީގެ އިސް ބައެއް ވެރިން އިސްކުރެވިގެންދިޔަ ރެއެވެ. ޝިދާތާ ޝަރީފާއި ޝައިޚު އިމްރާނާއި އަލީ ޒާހިރަށް އިސް މަޤާމުތަކެއް ހަވާލު ކުރާތަން ޓީވީން ބަލަން އިން ރެއެވެ. އަދާލަތު ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ވަރަށްވެސް ފަޚުރުވެރި އިޙްސާސެއް ކުރެވުނު ރެއެކެވެ. ޚާއްސަކޮށް އަލީ ޒާހިރަށް ހަވާލު ކުރެވުނީކީ އާދައިގެ މަޤާމެއް ނޫނެވެ. އެއީ ޗީފް އޮފް ސްޓާފްގެ މަޤާމެވެ. ރައީސުލް ޖުމްހޫރިއްޔާއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެވޭނޭ އަދި "މަގުން ކައްސާލައިގެން" ދާނަމަ ޒިންމާދާރު ކުރެވޭނޭ ވަރުގެ ނުފޫޒް ގަދަ މަޤާމެކެވެ. އެހެންވެ އެރޭ އަލީ ޒާހިރަށްޓަކައި ވަރަށް ފަޚުރުވެރިވީމެވެ. ވަރަށް ގިނަ އުއްމީދުތަކެއް ކުރެވުނެވެ.

އެމް.ޑީ.ޕީއަކީ ދޮން މީހުންގެ ފިކުރަށް ކެނޑިނޭޅި މަސައްކަތް ކުރާ ބަޔަކަށް ވާތީ އެކަމުގެ ހުރަހެއް ކަމުގައި އަޅުގަނޑުމެންގެ ޗީފް އޮފް ސްޓާފް ވާނޭތީއެވެ. އަދި ދަނޑިވަޅުގެ ބޭނުން ހިފާ އިސްލާމްދީނުގެ ނޫރު ފެތުރުމުގައި ވަރަށް ބޮޑު ދައުރެއްވެސް އަދާ ކުރެވޭނޭކަން އެނގި ޔަޤީން ކުރެވޭތީއެވެ. ޤައުމު އަމާންއޮމާން އައްސޭރިއަކަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާލަތުން އަދާކުރާނޭކަން ކަށަވަރުވެސް ކުރެވޭތީއެވެ. ވަރަށްވެސް ފަޚުރުވެރިވީމެވެ.

އެކަމަކު ހަމައެކަނި ސަރުކާރު ޕްރޮމޯޓު ކުރާ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް އަރާ އިންނަވާ އަލީ ޒާހިރު ރޭ އެ ދެއްކެވި ވާހަކަތަކުން އަޅުގަނޑުގެ ހިތުގައި އަލީ ޒާހިރަށް ދެވިފައި އޮތް ޤަދަރާއި ލޯބިވެސް ނެތިވެ ހިނގައްޖެއެވެ. އެއްމިޔަ ކަނުން ހެވިލާފައި އިންނަވައިގެން އިތުރުފުޅުތައް ހައްދަވަމުން ގެންދެވިއިރު އަލީ ޒާހިރު ހީކުރެއްވީ އަޅުގަނޑުމެން ދިވެހިން މީ ކަނޑުކޮހުން ކަމަށްތޯއެވެ؟ އަޅުގަނޑުމެން ރައްޔިތުން މީ ދުނިޔޭގެ ހިނގާ އޮޔާއިވައިގެ ޚަބަރެއްނުވާ، އާޖުފާޖުވެސް ނޭނގޭ، ތަންދޮރު ނުދަންނަ ޖާހިލު ގަމާރުންތަކެއް ކަމަށް ހީފުޅު ކުރެއްވެނީތޯއެވެ؟ ފެނިގެން ދިޔައީ ވަކި މީހަކަށް އޮތް ހަސަދައާއި ނަފްރަތްތެރިކަމެވެ. ޒިންމާދާރުކޮށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި ފެނިގެން ދިޔައީ ސަރުކާރުގެ ދޯހަޅި ކަންކަން ދިފާޢު ކުރެއްވުމަށް ޚާއްސަކޮށް ރައްޔިތުން މިހާރު އެންމެ ކަންބޮޑުވެގެން އުޅޭ، ސަރުކާރުން އިހްމާލުވަމުންދާ އިންޑިޔާގެ މުޞީބާތް ދިފާޢު ކުރެއްވުމަށް ދެއްކެވި ދެކޮޅު ނުޖެހޭ ވާހަކަތަކެވެ. އޭގެ ތަފްޞީލަކަށް މިތާނގައި ދާކަށް އަޅުގަނޑެއް ނެތީމެވެ. ކްލަބްހައުސްއާއި އެކިއެކި ސޯޝަލް މީޑިއާތައް ބައްލަވާލައްވާށެވެ. ހެއްދެވި އިތުރު ފުޅުތައް ހެއްކާއެކު އެހެރަ ކިޔާލަދެނީއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. ޤައުމު މިހާ ނާޒުކު ނުރައްކާ އަނދަވަޅަކަށް ވެއްޓެން ދާއިރު އަދި ދަހިވެތިކަމާއެކު ރާއްޖޭގެ މިނިވަންކަން ހީލަތްތެރި ގޮތަކުން ނިގުޅައިގަތުމަށް ޤައުމަކުން މިނިކާވަގެއްހެން އަނގަ ހުޅުވައިގެން އޮތްއިރުވެސް އަލީ ޒާހިރުމެން ފަދަ ބޭފުޅުން އެކަންކަން ދިފާޢު ކުރެއްވުމަށް މަސައްކަތް މިކުރައްވަނީ އެބޭފުޅުންނަށް ކޮންފަދަ ބޮޑު މުޞީބާތެއް ނުވަތަ ބިރުވެރިކަމެއް ޖެހިގެން ބާވައެވެ؟ ނޫނީ ފައިސާއާއި ޖާހަށް ނުވަތަ ދުނިޔަވީ ލައްޒަތަށް ގެނބިގެންގޮސް ހުސްވެފައި ތިބިވަރުން ނުރައްކަލުގެ ތާޅަފިލީގެ އަޑުވެސް ނީވޭހާ ވަރަށް މަސްތުވެފައި ތިބީ ބާވައެވެ؟

ދަންނަވަންތޯއެވެ! އިންޑިއާއައުޓް ކެންޕޭނަކީ ރައީސް ޔާމީންގެ ހަރަކާތެއް ނޫނެވެ. އެއީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެސް ނުވާ، ޤައުމު ދެކެ ލޯބިވާ ބަޔަކު ޤައުމާމެދު ކަންބޮޑުވެ، އިސްނަގައިގެން ފެށި ހަރަކާތެކެވެ. މިއަދު އެއީ ޤައުމީ ހަރަކާތެކެވެ. އެ ހަރަކާތުގައި މިއަދު ހުރިހާ ވައްތަރެއްގެ ފިކުރެއް ގުޅި ލާމެހި ޝާމިލްވެފައި އެބަތިއްބެވެ. ޤަބޫލުފުޅު ކުރައްވަން ދަތިވިޔަސް އަޅުގަނޑުވެސް ހިމެނޭހެން އަދާލަތު ޕާޓީގެވެސް ކިތަންމެ މެންބަރެކެވެ. އެއީ ޤައުމު އަޅުވެތިކަމަށް ދާން ނޭދޭ ކޮންމެ ދިވެއްސެއްގެވެސް ހަރަކާތެކެވެ. އެ ހަރަކާތަށް ކޮންމެ ނިޔަތެއް އޮވެގެން ވިޔަސް ރައީސް ޔާމީނާއި ޕީޕީއެމް ތާއީދު ކުރުން އެއީ އަދި އެހެން ކަމެކެވެ. ބޮޑު ޕާޓީއަކުން މި ހަރަކާތަށް ތާއީދުކުރުން އެއީ ހަމަ ލިބުނު ހިތްވަރެކެވެ. އަލީ ޒާހިރުމެން ފަދަ ބޭބޭފުޅުން މިއަދު ކޮންމެ ސަބަބަކާ ލައިގެން ވިޔަސް ތިޔަ ތިއްބެވީ ޤައުމަށް ޣައްދާރުވެފައޭ ރައްޔިތުން ގޮވަމުން އެދަނީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. ހިސާބު ބެއްލެވޭނޭ ދުވަސްވެސް ހައްޤާއި ބާތިލް އެނގޭނޭ ދުވަހަކީވެސް ކަށަވަރުން އަންނާނޭ ދުވަހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
91
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. އަލިޕިޕީއަކަށް ހައްގެއް ބާޠިލެއް މިހާރަކު ނެތް. އެހެރީ ދުނިޔެ ރަންވެ ބުއްދި ފިލާފަ.

  2. އަލިޕީއަކީ މަރުނުވެ ދައްޖާލަށް ސައިކުރާ ކައްކައިދޭން ހުންނާނެ މީހެއްކަމަށް ނުވަތަ އިބްލީހާއެކީ ނަރަކައިގައި "އަރާމު ދިރިއުޅުމެއް" އުޅޭން ނިންމައިގެން ހުރީ ތޯއްޗެކެވެ. މި ވަރުގެ ނުބައި ނުލަފާ، މީހެއް ހަމަ ގައިމު ވެސް މަށެއް ނުދެކެމެވެ. މީނަޔާ އެއް ތާކު ކިޔަވާން އުޅުނު، ނ. މަނަދޫ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި އަލިޕީއާ ހުރި ތަފާތު ފެނުމުން ހިތަށް އަރަނީ، އެ މީހެއްގެ ނުބައި ޢަމަލުތަކުގެ ސަބަބުން ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދައްކާނޭ މީހަކު ނުވާނޭކަމެވެ. އަދި، އެ މީހެއްގެ އީމާންތެރިކަމުގެ ސަބަބުން ﷲ ތެދުމަގުދައްކަވައިފި މީހަކު މަގުން ކައްސައިނުލާނޭކަމެވެ. ވަﷲ އަޢުލަމް!

  3. ޝަބް ތަންކޮޅެއް ގިނައިން މިކަހަލަ ލިޔުންތައް ލިޔެބަ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *