Support Us

ލިޔުންތެރިޔާ: ނަޞީރާ ޢަބްދުالله ދީދީ

އައްޑުއަތޮޅު ހިތަދޫ، ޒިޔާރަތްފަންނުގޭ ނަޞީރާ ޢަބްދުالله ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 14 މާރިޗު 1953 ގައެވެ. ނަޞީރާއަށް ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، ބައްޕަ ޢަބްދުالله ދީދީ ޔަކީ ޅެންވެރި އަކަށް ވުމާއެކު ބައްޕަގެ ޅެންތައް ބައްލަވައި އުޅުއްވުމުގެ ތެރެއިންނެވެ. ފުރަތަމަ ޅެމެއް ހެއްދެވީ "ޅަފުރާގެ ހަނދާން"ގެ ނަމުގައި 2010 ވަނައަހަރުގެ ތެރޭގައެވެ. ޅެން ހެއްދެވުމުގެ މަސައްކަތުގެ ތެރެއަށް ބޮޑަށް ވެންނެވުނީ، ފޭސްބުކް ގްރޫޕެއް ކަމަށްވާ "ގުލްޝަންކިނާރާ"ގެ މުބާރާތް ތަކަށް ޅެން ހައްދަވަންފެއްޓެވި ހިސާބުންނެވެ. އެ ގުރޫޕުން ބައެއް ކާމިޔާބީތައްވެސް ލިބިވަޑައިގެންފައިވެއެވެ. ނަޞީރާ ވަނީ އޭނާގެ ޅެންތައް ހިމަނުއްވައިގެން ފޭސްބުކް ޕޭޖެއްވެސް ތަޢާރަފް ކުރައްވައިފައެވެ.