ސިޔާސީ ކޫޑި އެޅުމުން ގަސް ތަކަށް ދިރުމެއް ނުވެސް ލިބުނޭ
ހިޔާ ދިން ރީތި މާގަސްތައް މިލާ މޯޅިވެ ސިހުން ލިބުނޭ
މިކޫޑި ބޮލުން ސިކުނޑިޔަށް ފެތުރި ވަކިތައް ހިއްޕަމުން އެބަދޭ
މިކޫޑި ފިލާނެ ބޭހެއް އަދި ނުލިބިފައި ވާ ޚަބަރު ލިބުނޭ
މަތިވެ ލޭ ޑޮކްޓަރަށް ދިއުމުން ސިޔާސީ ޕްރެޝަރޭ ބުންޏޭ
މަތިވިއަސް ލޭ މިބައްޔަށް ރަނގަޅު ފަރުވާއެއް ނުވެސް ލިބުނޭ
މިހާރު ހަދާ މި ކޯލިޝަނުން ދެޕާޓީ ރުހި މެރީކުރެވޭ
އެހާ ގިނަ ދުވަހަކަށް ދެމި ނޯވެ ތިންފަށް ކުރި ޚަބަރު ލިބުނޭ
މިހާ ވަރިގިނަ މިރާއްޖޭގައި މިއީ ދެން ދެރަ ކަމެއް ނޫންހޭ
ނިހާއީ ހިއްމަތާ އެކުގައި ޢަޒުމް އާކުރި ޚަބަރު ލިބުނޭ
މިކަމުގައި ޙައްލު ހޯދޭނޭ ގޮތެއް ވޭތޯ ބަލަން ވެއްޖޭ
މިކަމުގައި ކުރިމަގަށް ހިތްވަރު ކުރާ ޚަބަރެއް އަލުންލިބުނޭ