ރިޓަޔާ ކުރުން ލާޒިމުކުރީ، ގައުމޭ ހަލާކު އެއިން ކުރީ
ވިޓަމިން ތަކެއް ފަދަ ތަޖުރިބާ، ގައުމަށް ލިބުން މަނައޭކުރީ
ދައުލަތް އިހަށް ހިނގިހައި ގޮތާ ތަރުތީބު ކަންކަން ކުރި ގޮތާ
ދައުރުވެ ހިނގާ ހެޔޮ އާދަތާ ގައުމާ ދިވެހި އަދު ދުރުކުރީ
ދައުލަތް ދިވެހި ދެމިއޮތް ދެހާސް ހަސަތޭކައަށްވުރެ ގިނައަހަރު
ދައުރުވެ ހިނގާ ހަމަލަމަ އަތުން މުގުރައި ތަޅައި ފުނޑުފުނޑުކުރީ
ގައުމަށް ދިވެހި ޚިދުމަތްކުރާ މޮޅު ތަޖުރިބާގެ ވެރިން ފަހައި
ގައުމިއްޔަ ޚިދުމަތްތައް އަދާ، ކަނޑުކޮސްކަމުންތާ ދުރުކުރީ
ދުނިޔޭގެ ކުރިއެރި ގައުމުތަައް ކުރިޔަށް ހިނގައިދިޔަ އަސްލަކަށް
އުނިކަންނުވާ މޮޅު ތަޖުރިބާ ގައުމަށްޓަކައި ބޭނުންކުރީ
ޑިގުރީތަކެއް ނެގިޔަސް އެއިން ކަންހިންގުމަށް ފުރުސަތުނެތޭ
ޑިގުރީ ނުދެކި ތިބެގެން ލިޔާ ފޮތަށޭ ކަމެއް ކުރެވެންހުރީ
މިއުސޫލުތަައް ނަގަހަަައްޓަމުން ދާނަމަ ނެތޭ އަލި ކުރި މަގެެއް
ދިއުމުގެ ކުރިން ފާސިދުވެތަން އިސްލާޙު ކުރެވެން ކަންހުރީ
