ރާގު: ނަބީއަމީނޭ….
ޝަރީޢަތޭ މާތް މިބިންމަތީގައި ޢަދުލުގެ ތިލަފަތް ވަޒަން ވެގެންދާ
ޞަރީޙަ ބަސްފުޅުތަކާ ޙުކުމްތައް ޚިލާފު ނުވެ އޮވެ ޙުމުން ކުރެވިދާ
ޝަރީޢަތޭ މާތް….
***
ތަފާތު ކުރެވޭ ގޮތުން ދެވޭގޯސް ނުބައިވި އަނިޔާ ބިމުން މި ފޮހެލާ
މަތާޢުގައި މީސްތަކުން އުފާކޮށް ހިތާއި ރޫޙުން އުފާވެ ހެވިލާ
ރަތާ ފެހިން ހުރި ފަރަޤު އެދައްކާ ނިޔާގެ ގޯސްތައް މުޅިން ފުހެވިދާ
ޝަރީޢަތޭ މާތް….
***
ޞަޢީފު ނިކަމެތި ފަގީރަކަށް ނެތް ލިބޭށަ އިންޞާފު ބިންމަތީގާ
ވަޢީދުފުޅުތައް އޮތަސް އެމަައްޗަށް ބިރެން ނެތޭ ޙާކިމުން ޙުކުމުގާ
ނަޢީމުގައި އައި ޝަޢީޢަތުން މާތް، ވިލާފަދައެ ފިނި ހިޔާ އަޅައިދާ
ޝަރީޢަތޭ މާތް….
***
އަމާންކަމަށް ދުނިޔެ ނޭވަޔޭލީ ސަމާލުކަންދޭ ޒަމާނަކަށް އާ
އަމާނަތާ ޚުލުޤުގައި ނަމޫނާ ނަބީ ރަސޫލެއްގެ ދަޢުވަތުން އާ
ތަމާމުވީ ދީނެ މާތްވި އިސްލާމް ސަލާމަތުގެ އެންމެ ހެޔޮ މަގުންދާ
ޝަރީޢަތޭ މާތް…
