ގައުމަށް ވެގެން މިދާގޮތް ވިސްނާ އެކަކު ނޭތީހޭ؟
ފައުޅުވެ ހިނގާ ނުބައިތައް ކުރެވެން ރަނގަޅު ނެތީހޭ؟
ދީނުގެ ޢަދުއްވު ހުޅަނގުން ގާނޫނުތައް ހެދީމާ
ހީނުވެ އެގޮތް ނުބައިކަން އެގޮތޭ މޮޅީ ހިތީހޭ؟
ކަމެކޭ މިވެނި ރަނގަޅުވީ ބުނެވޭ ކަމެއް އެބޮތްތޯ؟
ނަމެކޭ މިތާ މިއަދު ދީން، ދޮގެކޭ ހިތެން އޮތީހޭ؟
މާއްދީ ނަފާތަކަށް އެދި ވިއްކަން ޙަޔާތް އުޚުރަވީ
ފާއްދާލުމާއެކީ އިރު ވާން ނުދުވެ ހަމަ ނެތީހޭ؟
ސަންދޯކަކަށް ތިމާލައި ވަޅުލާދުވަސް ހަނދާންކޮށް
މަންފާތަކަށް ނުބައިހައި ނުލެނބޭނެ ގޮތް ނެތީހޭ؟
އަބަދަށްޓައި ޖަހަންނަމަ ދާނެއްކަމަށް ވެދާނޭ
ޚަބަރަށް ނަބީން އެދެއްވެވި ވިސްނާލުމެެއް ނެތީހޭ؟
ލޮބުވެތިވި އިޚްވަތުންނޭ ތަޤުވާގެ ލައިމެ ފޭރާން
ސޮބުރުގެ ދަރާއި ބޯފެން ދަރުރަށް ހިފެން ނެތީހޭ؟
