
ސުވާލެއް ނެތް ސުވާލުތަކެއް ހިތަށް ވެރިކޮށްފި ނަފުސާނީ
ނުވާ ބަދަލެއް ހިނގާ އަޒަލޭ ހިތާށެ ޖަވާބު އީމާނީ
ތިމާވެށި ކީއްވެހޭ ކަރުނައިގެ ލޮލަކުން ދުނިޔެ އެބަލައިލީ
ދިމާއަށް ތަދުކުރީއޭ ގެނުވި ޚަބަރެއް ކޮށްލި އިއުލާނީ
ޝިފާއަށް އެދި ކުރާ އުއްމީދުތައް އަލި ކީއްވެ ފަނޑުކޮށްލީ
ދިފާއުގެ މުގުރުނީއޭ އެއް މުލައްދަނޑި ފެންނަ އިންސާނީ
ޢުލޫމުގެ މަންޒަރެއް ބެލި ކީއްވެހޭ ތިޔަ ދުރުމު ތިރިކޮށްލީ
ސުލޫކުގެ ލެއްޕުނީއޭ ދެއްކި ސޮފުހާ ރީތި ލާސާނީ
ޚަސީލަތް ރީތި ޚުލްޤާ ކީއްވެހޭ އަދު މޯޅިއަށް ދެމިލީ
މަސީލެއް ގެއްލުނީއޭ ހަމަތަކުން ގުދުރަތުގެ ގާނޫނީ
އިބާރާތުން ބައެއް ފުރިހަމަވުމުން ދުނިޔޭގެ ދައުރު ވެލީ
ތިބާގެ ދުޢާ ކުރާށޭ ރީތި ދެފުށުން ހިތުގެ އިޙުސާނީ
