ގެތިފައިވާ ނަލަ ހާރެއް މީ ވިސްނާލައްޗޭ
ކަތި މަގަކުން ގޮސް އިން ފާރުން ބޭރުނުވައްޗޭ
ދިވެހިންގެ ސަޤާފަތް ދިރުވަން ބާރު އަޅައްޗޭ
ރިވެތި ވި އަދަބާ އަޚުލާގުން ބޭރު ނުވައްޗޭ
ފަތިހަށް މުންނާރުން އެ ގޮވާ ބަންގީގެއަޑަށް
ދަތި ކަން ނެތި ތަންމަތި އަވަހަށް ދޫ ކޮށްލައްޗޭ
މާޒީވެ އެދިޔަ ސަފްޙާތައް ހުޅުވާ ބަލަމުން
ވާޒީނަތް ތެރިކަން ވިސްނާ ފިކުރު ކުރައްޗޭ
ނިކަމެތި ވި ފަޤީރެއްގެ ހިތަށް ދަތި ނުކުރައްޗޭ
ދަތި ޙާލުން ހެޔޮރަޙްމަތް އެދި އަތް އުފުލައްޗޭ
މުސްތަޤްބަލުގައި ވެށި މި އޮމާން ދެއްވުން އެދިގެން
މަސްރަޙްގެ އަމާން ކަން ހޯދަން ކުރިއަށް ދައްޗޭ
ދެއިރުގެ ޒިކުރާފަރުޟު ތަކަށް އިސްކަން ދީގެން
ދެއިރަށް ޒީނަތް ތެރިވެ މަގުން ތެދުވެރި ދައްޗޭ