ވަރަށް ކުޑަގެއެއް ދަނޑި ފަނުން ދެން އަޅާނޭ
ވަރަށް ބޮޑެތި ދަރުތައް ގެނަސް ދެން ފަޅާނޭ
ވިހެއުމާ އެކީ ބޮޑެތި ފެންތެލި އުދާނޭ
ވިހޭ ގޭ ބަލަން އަބަދު މީހުން ތިބޭނޭ
ދިވެހި ފަތްޕިލާވެލި އަޅައި ފެން އުދާނޭ
ދުވަހު ތިން އިރަށް ފެންވަރަން ވެސް ޖެހޭނޭ
ވަރަށް މަޑުމަޑުން ދެން ބޮލަށް ފެން އަޅާނޭ
ވަރަށް ރީތިކޮށް މާމަ ބޮނޑި ތާންކުރާނޭ
ބަނޑަށް ހޫނުކޮށް އަބަދު އަޅިބޮނޑި އަޅާނޭ
ބަނޑަށް ބޭސްހަދައި ބޭސް އަޅަން ވެސް ޖެހޭނޭ
ކެއުން ވެސް ބަދަލުކޮށްވަކިން ކާން ދެވޭނޭ
ކެއުމުގައި ހަވާދާ މިރުސް ވެސް ނުދޭނޭ
ކެއުން ހަކުރު ލައިގެން ބަތާ އެކު ދެވޭނޭ
އެއިން ހަށިގަނޑަށް ރަނގަޅު ފައިދާ ކުރާނޭ
ބިހާ މާމުޔާ ކިރު ގިރާ ފައި ދެވޭނޭ
ވިހާ ގަދަ ވުމަށް ދިވެހި ފަރުވާ ދެވޭނޭ