ނަމާދަށް އިސްކަމެއް ދީގެން ދަމާހޭ ތެދުމަގުން ކުރިޔަށް
ނަމާ އަބުރާ ކިލާ ނުމެކޮށް މިދީން ގެންނެވި މަގުން ކުރިޔަށް
ފަސާދައިން ބަންދުވީ މަގުތައް ވެސާފު އަލިން ހުޅުވި ކުރިޔަށް
ނުސާފު ކަމެއް ނުވާ ހިތަކުން ހިނގާށޭވީ މަގުން ކުރިޔަށް
ބައެއްގެ ނުފޫޒު ދަށުނުވެ ތިބެ އަލުން ވިސްނައި ދަމާ ކުރިޔަށް
ދަލެއް ގައި ނުޖެހި ތިބެ ތެދުބަސް ބުނާށޭސާބިތުވެ ކުރިޔަށް
ސަނާ ކިޔަމުން ސަލާމް ކުރަމުން އެދިން އިތުބާރު އަދު ނެތުމުން
ފަނާވެ ދިޔަސް އެއިތުބާރާ ގަދަރު ލިބިދާނެހޭ ކުރިޔަށް
ޢަމަލުގައި ތެދުވެރިވި މީހުން ސަމާލު ކަމެއް ނުވެސް ދެވުމުން
އަމާން ބަނދަރެއް ލިބުން އެދެމުންހިނގާށޭ ދެން މަގުން ކުރިޔަށް
ބޮޑާ ކަން ކިބުރުވެރިކަން ނެތް ހިތެއް. ދެއްވާށި އަޅަމެންނަށް
ބޮޑާ ނުވެ ނިކަމެތިންނާދެން ސަލާމް ކުރަމުން ދަމާ ކުރިޔަށް