ފާއިތުވީ އަހަރާ މިއަހަރުގެ ކޮން ތަފާތެއްބާ އޮތީ
ދާއިމަށް ފިތުނައިގެ އަލިފާން ނިވި އަމާން ވުންބާ އޮތީ
ނޭނގެޔޭ ވާނޭ ގޮތެއް ވާން ކުރިމަގަށް އަދި އޮތް ގޮތެއް
ނޭނގެޔޭ ބިޔަ ރާޅު ތައް މައިތިރި ވުމަށް ބާއޭ އޮތީ
ހަސަދަ ޔާ އަލިފާނުގައި ފިހި އަދި ހަނާ ވެވިގެން ދަނީ
ހަސަދައިން ނުކުރާނެއަސަރެއްއަނެކަކަށްވިސްނުންއޮތީ
ގަދަ ވަޔާ ޠޫފާނުގައި އޮޑި މަންޒިލަށް ވާސިލު ވުމަށް
ގަދަ އަޅައި ތި ކުރާ މަސައްކަތުގައި އަމާން ކަން ދެމި އޮތީ
ފަޅުވެރިން ބައި ބައި ވެގެން ހުންގާނު ދެއަތަށް އަނބުރަމުން
ކަޅު ކަނޑުން ގަދަ ހިތްވަރާ އެކު ދަތުރު ކުރުމޭ ދެން އޮތީ
ޔާއިލާހީ ޖުދު ބިލުޠުފިކަ ދާއިމަށް ހެޔޮ ރަޙްމަތުން
ވާޢިޡުންނާ ޢާލިމުންގެ ދުޢާ އިޖާބަ ވުމޭ އޮތީ