ހެނދުނު ރާވެރިން ގެންނަ ރާތައް ބަލާނޭ
ހެނދުނު ބޮޑެތި ޖަހަލާ ތަކުގެ މަތި ނަގާނޭ
އެއިން ހަކުރު ހިލަމުން "ފަލުދަ" ވެސް ހަދާނޭ
ގެއިން ހުސް ނުވާވަރު ރުނބާތައް ފުރާނޭ
ތެލުލި އަލަ ތެލުލިކެޔޮ ހަކުރު ލައި ހަދާނޭ
ތެލުލި މީރު ބަނބުކެޔޮ ހަދައި ވަރަކުރާނޭ
މަސައްކަތް ނިމޭނޭ އުފާކޮށް ހަދާނޭ
މަސައްކަތުގެ އަގުވެސް ވަޒަންކޮށް ދެވޭނޭ
ވިހަން ރިއްސުމުން ބަނޑު ވަށައި ފިރުމަދޭނޭ
ކިޔަން ޒިކުރުތައް މަޑުމަޑުން އިއްވަދޭނޭ
ދެތިން ފޫޅުމާމައިންގެ ކިޔެވުން ފަށާނޭ
ދެތިން ފަހަރު ރިއްސާލުމަށްފަހު ވިހާނޭ
އިރެއް ގިނަ ނުކޮށް އެދުރުބޭ ދުރުވެދާނޭ
ބިރެއްނެތި އެދަރިފުޅު އުރައި ބަންގި ދޭނޭ
ރެއަށް އޮއްސުމުން އިރު ބިގަރު ދިއްލި ދާނޭ
ގެއަށް އަންނަ މީހުން ވަރަށް ގިނަވެދާނޭ