ޖެހޭ ފިނިރޯޅި ވައިގައި މީރުވަސް ފަތުރައިދެނީ ހުވަނދުން
ކެހޭ ފަރުދާ ތަކުން މާޒީ ހިތަށް ސިފަކޮށްދެނީ އަހުދުން
އެ އަހުދު ތަކާއި ވަޢުދުތަކަށް ހަޤީޤީ ސިފަ ގެނެސްދެއްވައި
އެ މައުތައް ފަރިވަމުން މިދަނީ ފަޒާގައި ވަސްފެތުރި ހުވަނދުން
މި ނަލަ ދޮންވެލި ފިނޮޅުތައް ވެސް ފަށުވި ސާލެއް ފަދައިން ދެމިފައި
މިފަދަ ހިތްގައިމުކަން އެދެނީ އަވާމެންދުރު ކަމަށް ނެހެދުން
ކިތަންމެ ތިމާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވެފައި ވިޔަކަސް
އެތައް ޚިދުމަތް ތަކެއް ކުރުމުން ލިބުން ތައުރީފު ހައްޤު ވެދުން
ވިދާ ރިހި ތަރިތަކާ އެކުގައި ހަނދާ ތަރި ދައުރުވާ ހިނދުގައި
ވިދާނޭ ރަންރިހިން ތިޔަނަން ޔަގީނުން ވެސްވެވޭނެ ވެދުން
ގުނާ ޢަދަދެއް ނުވާހާ ގިނަ ފަސާނާތައް ލިޔެވި މިދަނީ
މުނާސަބު ވަގުތުގައި އެކުގައި ވިޔަސް އެހަނދާން ނުވޭ އަމުދުން