Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފޮތް ކިއުމުގެ އާދަޔާ ހިލާފު 13 ފައިދާއެއް

އިންޓަނެޓު ތައާރަފުވި ފަހުން މައުލޫމާތު ހޯދާ ގޮތަށް އިންގިލާބެއް އައިސްފިއެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީނަކަށްވުރެ ޗާޕުކޮށްފައިވާ ކަރުދާސް ކިޔުމުގައި އަދިވެސް އާދަޔާ ހިލާފު ފައިދާތަކެއްވެއެވެ. މި ބަލައިލަނީ އެ ގޮތުން ލިބޭ 13 ފައިދާއަށެވެ.

  1. ސްކްރީނަކުން ބަލައިގެން އެއްޗެއް ކިޔުމަށްވުރެ ޗާޕުކޮށްފައިވާ ކަރުދާސް ކިޔުމުން އެ ކަމަށް ސިކުނޑި ހުސްވެ، ސަމާލުކަން ދެވޭލެއް ބޮޑުވުމުން ސިކުނޑީގައި މައުލޫމާތު ހަރުލުމަށް ފަސޭހަވެގެންދެއެވެ. ސަބަބަކީ މައުލޫމާތު ސިކުނޑިން "ޕްރޮސެސް"ކުރަނީ މާ ފުންމިނަކަށް ކަމަށްވާތީއެވެ.
  2. ޗާޕުކޮށްފައިވާ އެއްޗެއް ކިޔުމުން ދަރިވަރުންނަށް ދޭހަވުން ރަނގަޅުވެ، އިމްތިހާންތައް ހެދުމުގައި އިތުރަށް ކުޅަދާނަވެއެވެ.
  3. މައުލޫމާތު ހަނދާނުގައި ބެހެއްޓުމަށާއި އެ މައުލޫމާތު ފަހުމްވުމަށް މާ ފަސޭހަވެއެވެ.
  4. ދިރާސާއެއްގައި 92 ޕަސެންޓް ދަރިވަރުން ބުނީ ޗާޕުކޮށްފައިވާ މައުލޫމާތަށް ސަމާލުކަން ދޭން މާބޮޑަށް ފަސޭހަކަމަށެވެ.
  5. ފޮތް ކިޔުމުން ލިޔުންތެރިކަމުގެ ހުނަރު ކުރިއަރައެވެ.
  6. ވިސްނުންތެރިކަމާއި ހިޔާލާތު ތަނަވަސްވެއެވެ. އަދި ސިކުނޑީގެ "ކްރިއޭޓިވިޓީ" ނުވަތަ އުފެއްދުންތެރިކަން ވެސް ތަރައްގީވެއެވެ.
  7. ގިނަ ބަސްތައް އެނގި، އޭގެ މާނަ ފަހުމްވާން ފަސޭހައެވެ.
  8. މައުލޫމާތުގެ ހަޒާނާ މުއްސަނދިވެއެވެ.
  9. ސިކުނޑިއަށް އަބަދުވެސް އާރޯކަން ލިބިލިބި ހުރެއެވެ.
  10. މޫޑު ވެސް ރަނގަޅުވެއެވެ.
  11. ހަމްދަރުދީވުމުގެ ސިފަ އަށަގަންނުވައެވެ.
  12. ސިކުނޑި އަރާމުކުރަން ފަސޭހަވެއެވެ.
  13. ސްޓްރެސްވާލެއް ކުޑަވެއެވެ.

މި 13 ކަންތަކުން އެނގެނީ ޓެކްނޮލޮޖީ ކިތައްމެ ތަރައްގީ ވި ނަމަވެސް އަހަރެމެން އިންސާނުންނަށް ބައެއް ކަންތައްތަކުގައި އަދިވެސް ކުރީގެ މުސްކުޅި އަދި ބޯދާ ގޮތްތަކުގެ މުހިންމުކަން އެބައޮތް ކަމެވެ.

ނޯޓު: ތަރުޖަމާއެއް