އިންޓަނެޓު ތައާރަފުވި ފަހުން މައުލޫމާތު ހޯދާ ގޮތަށް އިންގިލާބެއް އައިސްފިއެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީނަކަށްވުރެ ޗާޕުކޮށްފައިވާ ކަރުދާސް ކިޔުމުގައި އަދިވެސް އާދަޔާ ހިލާފު ފައިދާތަކެއްވެއެވެ. މި ބަލައިލަނީ އެ ގޮތުން ލިބޭ 13 ފައިދާއަށެވެ.
- ސްކްރީނަކުން ބަލައިގެން އެއްޗެއް ކިޔުމަށްވުރެ ޗާޕުކޮށްފައިވާ ކަރުދާސް ކިޔުމުން އެ ކަމަށް ސިކުނޑި ހުސްވެ، ސަމާލުކަން ދެވޭލެއް ބޮޑުވުމުން ސިކުނޑީގައި މައުލޫމާތު ހަރުލުމަށް ފަސޭހަވެގެންދެއެވެ. ސަބަބަކީ މައުލޫމާތު ސިކުނޑިން "ޕްރޮސެސް"ކުރަނީ މާ ފުންމިނަކަށް ކަމަށްވާތީއެވެ.
- ޗާޕުކޮށްފައިވާ އެއްޗެއް ކިޔުމުން ދަރިވަރުންނަށް ދޭހަވުން ރަނގަޅުވެ، އިމްތިހާންތައް ހެދުމުގައި އިތުރަށް ކުޅަދާނަވެއެވެ.
- މައުލޫމާތު ހަނދާނުގައި ބެހެއްޓުމަށާއި އެ މައުލޫމާތު ފަހުމްވުމަށް މާ ފަސޭހަވެއެވެ.
- ދިރާސާއެއްގައި 92 ޕަސެންޓް ދަރިވަރުން ބުނީ ޗާޕުކޮށްފައިވާ މައުލޫމާތަށް ސަމާލުކަން ދޭން މާބޮޑަށް ފަސޭހަކަމަށެވެ.
- ފޮތް ކިޔުމުން ލިޔުންތެރިކަމުގެ ހުނަރު ކުރިއަރައެވެ.
- ވިސްނުންތެރިކަމާއި ހިޔާލާތު ތަނަވަސްވެއެވެ. އަދި ސިކުނޑީގެ "ކްރިއޭޓިވިޓީ" ނުވަތަ އުފެއްދުންތެރިކަން ވެސް ތަރައްގީވެއެވެ.
- ގިނަ ބަސްތައް އެނގި، އޭގެ މާނަ ފަހުމްވާން ފަސޭހައެވެ.
- މައުލޫމާތުގެ ހަޒާނާ މުއްސަނދިވެއެވެ.
- ސިކުނޑިއަށް އަބަދުވެސް އާރޯކަން ލިބިލިބި ހުރެއެވެ.
- މޫޑު ވެސް ރަނގަޅުވެއެވެ.
- ހަމްދަރުދީވުމުގެ ސިފަ އަށަގަންނުވައެވެ.
- ސިކުނޑި އަރާމުކުރަން ފަސޭހަވެއެވެ.
- ސްޓްރެސްވާލެއް ކުޑަވެއެވެ.
މި 13 ކަންތަކުން އެނގެނީ ޓެކްނޮލޮޖީ ކިތައްމެ ތަރައްގީ ވި ނަމަވެސް އަހަރެމެން އިންސާނުންނަށް ބައެއް ކަންތައްތަކުގައި އަދިވެސް ކުރީގެ މުސްކުޅި އަދި ބޯދާ ގޮތްތަކުގެ މުހިންމުކަން އެބައޮތް ކަމެވެ.
ނޯޓު: ތަރުޖަމާއެއް
