މި އޯގަސްޓްމަހުގެ 28 ވާ ހުކުރުވިލޭރޭ ހިފާ ހަނދުކޭތަަ ފެންނާނީ އުތުރާއި ދެކުނު އެމެރިކާގެ ގައުމުތަކަށާއި އެފްރިކާ އާއި ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކަށެވެ. މި ކޭތައިގެ ވަގުތުގެ ދިގުމިން ހަ ގަޑިއިރާއި 24 މިނިޓަށް ދެމިގެންދާނެއެވެ.
މި ކޭތަ ހިފާ ވަގުތު ދިމާވާނީ ދުނިޔޭގެ ހުޅަނގު ގައުމުތަކަށް މެންދަމުން ފަހުގެ ވަގުތާއެވެ. މާލޭ ގަޑި އާއި ރާއްޖޭގެ ވަގުތަށް ބަލާނަމަ އެއީ، އޯގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު މާލޭ ގަޑިން 06:24 އިން ފެށިގެން މެންދުރު 12:02 އާ ދެމެދުގެ ވަގުތުތަކެވެ.
މި ކޭތައިގައި ދުނިޔޭގެ ހިޔަނީގެ ތެރެއިން ފަނޑު ހިޔަނީގެ ތެރެއަށް ހަނދު އެކުގައި ވަދެގެން ދަތުރުކުރި ނަމަވެސް ދުނިޔޭގެ ކަޅު ހިޔަނީގެ ތެރެއިން (ރޭގަނޑުގެ ތެރެއިން) މުޅި ހަނދު ދަތުރު ނުކުރާތީ މި ކޭތައިގެ ސަބަބުން މުޅި ހަނދުގެ ކުލައަކަށް ބަދަލެއް ނާންނާނެއެވެ.
މި ކޭތަ އެންމެ ބޮޑަށް ފެންނާނީ ބްރެޒިލަށެވެ. ސަބަބަކީ، ކޭތަ އެންމެ ފުރިހަމައަށް ހިފައިފައި ހުންނަ ވަގުތާއި ހަނދު ބްރެޒިލަށް މެރީޑިއަމް ވާ ވަގުތާ ދިމާވުމުގެ އިތުރުން އެ ވަގުތު ހަނދު ދަތުރުކުރާނީވެސް ބްރެޒިލް މަތިން ކަމަށް ވާތީއެެވެ.
ރާއްޖެއަށް އެންމެ އަވަހަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނެ ތާރީޚަކީ 31 ޑިސެމްބަރު 2028 އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދަށް ހަނދުކޭތައެއް ހިފާނަމަވެސް އެއީ، ފަނޑުހިޔަނި ކޭތައަކަށް ވާތީ އެ ކޭތަ ލޮލަކަށް ނުފެންނާނެއެވެ. އަދި 2028 ޖުލައި ހަވަނަ ދުވަހު ހިފާ ކޭތަވެސް ވާނީ ފަޅިކޭތައަކަށެވެ.
