Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ލޯބިވެގެން އުޅުނު އަންހެނަކު ތިބާއާ ރުޅިވި ހިނދު…

ތިބާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކު، މިހާރު ތިބާއާމެދު ޝައުގުވެރިކަމެއް ނެތްކަމަށް ބުނެފާނެއެވެ. ތިބާއާއެކު އޮތް ގުޅުން މިހާ ހިސާބުން މި ނިމުނީ ކަމަށް ބުނެފާނެއެވެ. އޭނާ ތިބާއާ ގުޅުން ކަނޑައިލާންޖެހޭ ފަދަ ކަމެއް ތިބާ ކޮށްފައިނުވާ ހިނދުވެސްމެއެވެ.

މި ފަދަ ދަނޑިވަޅެއްގައި އޭނާ އަލުން އެނބުރި އައުމަށް ތިބާ އޭނާގެ ގާތުގައި އާދޭސްކޮށްފި ނަމަ ތިބާއަށްވުރެ މޮޔަ މީހަކު މި ދުނިޔެމަތީގައި ނުހުންނާނެއެވެ. ތިބާއާމެދު އޭނާ އެ ކަންތައްކުރާ ގޮތް އެއީ ކީއްވެގެން އޭނާ ކުރާކަމެއްތޯވެސް ނާހާށެވެ.

އޭނާގެ ނިންމުން ބަލައިގަންނާށެވެ. ތިބާ ތިބާގެ ދިރިއުޅުމައިގެން ކުރިއަށްދާށެވެ. މިހެން ހެދުމުން އޭނާއަކީ ތިބާއަށް މާމުހިންމު މީހެއް ނޫންކަން އޭނާއަށް ވިސްނޭނެއެވެ. ތިބާގެ ހަޔާތުގައި އޭނާގެ އަގެއްވޭތޯވެސް އޭނާ އޭނާގެ އަމިއްލަ ނަފުސާ ސުވާލުކުރާނެއެވެ.

ހަގީގަތަކީ، ތިބާއާ ލޯބީގެ ގޮތުން ގުޅުމެއް އޮތް އަންހެނަކު އެ ގުޅުން ކަނޑާލީކަމަށް އޭނާ ބުނާނީ ހަތަރު ފަސް މަހެއް ކުރިންވެސް އެ ކަމާ އޭނާ ވިސްނައިފައިވާތީއެވެ. އެހާ ކުރީއްސުރެވެސް އޭނާ އެ ވަނީ ތިބާ ދޫކޮށްލައިފައެވެ. ހަމައެކަނި ތަފާތަކީ އެއިރު އޭނާ އެ ވާހަކަ ތިބާގެ ގާތުގައި ނުބުނާކަމެވެ.

ތިބާ ދޫކޮށްލަން، އެ ކަމާމެދު އެ ގޮތަށް އެތައް މަހެއް ކުރިން ވިސްނައި، ތިބާ އޭނާގެ ހަޔާތުގައި ބެހެއްޓުމަކީ އަގެއް ނެތްކަމެއްކަމަށް އޭނާ ނިންމައިފައިވުމުން، އޭގެ މާނައަކީ އެ ފަދަ އަންހެނެއްގެ ފަހަތުން ލޯތްބަށް އެދި އާދޭސްކުރުމަކީ މުޅިން ވަގުތު ބޭކާރު ކުރުމެކެވެ. އަދި ހެސްކިޔައިފައި މޮޔަކަމެކެވެ.

އަންހެނަކު ތިބާއާ ކަނޑައިލައިފައިވައި ގުޅުމެއް އަލުން ދިރުވޭތޯ ބެލުމަށްވުރެ ހިލަގަނޑެއް ދިރުވައިލުންވެސް މާރަނގަޅުވާނެއެވެ.

އޭނާ އެ ނިންމުން އެ އޮތީ ނިންމައިފައެވެ. ތިބާ ތިބާގެ ހަޔާތައިގެން ކުރިއަށް ދާށެވެ. އޭނާއާ ދުރަށް ދާށެވެ.

އޭނާއާއެކު ބޭއްވި ގުޅުމަށް ތިބާ ކުރި "އިންވެސްޓްމެންޓް"އަކީ ގެއްލުމެއްކަމަށް ހަޖަމުކޮށްލައިށެވެ. އަދި އޭނާއާ ދުރަށް ދާށެވެ.

އާނއެކެވެ، ވޭން ތަހައްމަލުކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. ސަބަބަކީ އޭގެ ސަބަބުން ތިބާގެ ނަފުސު ތަރައްގީވާނެތީއެވެ. ތިބާއަކީ ކުރިއަށްވުރެ ރަނގަޅު މީހަކަށްވާނެތީއެވެ.

ތިބާގެ އުދާސްތައް ކޮންމެވެސް ސިފައެއްގައި ބޭރުކޮށްލާށެވެ. ޖިމްއަށް ދާށެވެ. ފައިސާ ހޯދަން މަސައްކަތްކުރާށެވެ. ކަންތައްތަކަށް ރަނގަޅަށް ސަމާލުކަން ދޭން ފަށައިށެވެ.

ހިތާމަވެރި ކަންތައްތަކަކީ މީހާ ތަރައްގީކޮށްދޭނެ ކަމެކެވެ. މި ފަހަރު އެ އަންހެންކުއްޖާގެ ފަރާތުން ތިޔަ ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން ތިބާގެ ނަފުސު ތަރައްގީކުރަން ލިބުނު ފުރުސަތުގެ ބޭނުންހިފާށެވެ. ވިސްނުންތެރިވާށެވެ. ތިބާގެ ދިރިއުޅުން ހަމަމަގަށް އެޅޭނެއެވެ. އަބަދުވެސް ކަންތައްތަކަށް ސަމާލުކަން ދީގެން ހުންނާށެވެ.

ނޯޓު: ތަރުޖަމާއެއް