މުއްސަނދިކަން ހޯދުމަކީ ކެތްތެރިކަމާއެކު ބޮޑު ހިތްވަރެއް ލާން ޖެހޭ ކަމެކެވެ. މި ބަލައިލަނީ އާމްދަނީ ހޯދުމުގައި ކާމިޔާބު ލިބޭނެ 12 ގޮތަށެވެ.
- ހެނދުނު 9.00 އިން ހަވީރު 5.00 އަށް މަސައްކަތްކުރަންޖެހޭ ވަޒީފާއެއްގައި އުޅުމަކީ ދިރިއުޅުމުގެ ހަމައެކަނި ގޮތްކަމަށް ދުށުން.
- މުޖުތަމައު އާއި މައިންބަފައިން ބުނާ ހަމައެކަނި ކެރިއަރުތަކުގައި މަސައްކަތްކުރުން.
- ފޭލިވެދާނެތީ ބިރުން އެއްވެސް ކަމެއް ކުރަން ނުކެރުން.
- ނާކާމިޔާބުވެފައިވާ މީހުންގެ ނަސޭހަތް ގަބޫލުކުރުން.
- އާމްދަނީ ހޯދުމުގެ ބަދަލުގައި ފަހަށް ރައްކާކުރަން އިސްކަންދިނުން.
- މުއްސަނދި މީހުން މުއްސަނދިވީ ނަސީބު އެ މީހުންގެ އަތުގައި ހިފުމުންކަމަށް ހީކުރުން.
- އެއްވެސް ކަމަކަށް އިންވެސްޓްނުކުރުން.
- މާލީ ގޮތުން ފައިދާ ލިބޭނެ އަމާޒުފަތްގަނޑުތަކެއް ކަނޑަނޭޅުން.
- އާމްދަނީ ލިބޭ މިންވަރަށްވުރެ ހަރަދުކުރާވަރު އިތުރުވުން.
- އަބަދުވެސް ކޮންމެވެސް ކަހަލަ ބަހަނާއެއް ދެއްކުން.
- އާ ކަންތައްތައް ދަސްނުކުރުން.
- އަމިއްލަ ނަފުސު އަހުލާގީ މިންގަނޑުތަކެއްގައި ނުހިފެހެއްޓުން.
މި 12 ކަންތަކަށް އަމަލުކުރުމަކީ ނުލާހިކު ފަސޭހައިން ކުރެވޭނެ ކަމެކެވެ. މި ގޮތަށް އަމަލުކުރަން ފެށުމުން ތިބާ ހިތްހަމަޖެހޭވަރުގެ އާމްދަނީއެއް ލިބުމަށް އެޅިފައިވާ ހުރަސްތައް ނެތިގެންދާނެއެވެ.
ނޯޓު: ތަރުޖަމާއެއް
