ދަރިން ތަރުބިއްޔަތުކުރުމަކީ އާއިލާއެއްގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ބިންގަލެވެ. އެ ގޮތުން މި ފާހަގަކޮށްލާ 40 ކަންތައް ދަރިންނަށް ދަސްކޮށްދިނުމުން ކެތްތެރިކަމާއި ކާމިޔާބާއި އަމިއްލަ ނަފުސަށްކުރާ އިތުބާރު ހަރުދަނާކުރަން އެ ކުދިންނަށް ދަސްވާނެއެވެ.
- ހިތްވަރުކޮށްފިއްޔާ ފުރުސަތު ތަނަވަސްވާނެއެވެ.
- ރަނގަޅު އަހުލާގުގެ މަތީގައި ދެމިހުރުމަކީ އަގެއް ދައްކަންޖެހޭ ކަމެއް ނޫނެވެ.
- ކޮންމެ ކަމަކާ ވެސް ސުވާލުކުރާށެވެ؛ އެންމެ ނުތަނަވަސް ޖަވާބަކަށް ވެސް ލިބޭނީ "ނޫނެކޭ" ނޫން ހެއްޔެވެ.
- ތިބާ "ކައިވެނިކޮށްގެން" ތިޔަ އުޅެނީ ހަމައެކަނި އެކަކާއެއް ނޫނެވެ؛ ނަމަވެސް ތިބާ "ގުޅިފައި" ތިޔަވަނީ މުޅި އާއިލާއާއެވެ.
- ކޮންމެ މީހެއްގެ ވެސް ރަނގަޅު ސިފަތައް ދެނެގަންނާށެވެ.
- ކަމެއް ކުރުމުގެ ކުރިން އެ ކަން ނުކުރެވިދާނެކަމަށް ރޮއެނުގަންނާށެވެ.
- ތާކުންތާކުނުޖެހޭ ސުވާލެއް ނޯންނާނެއެވެ؛ ނަމަވެސް ތާކުންތާކުނުޖެހޭ ޖަވާބެއް ލިބިދާނެއެވެ.
- ރީތިކަމަކީ ހަމައެކަނި ބޭރުފުށުން އެ ފެންނަ ސިފަތަކެއް ނޫނެވެ. އަދި ރީތިކަމަކީ އެކި މީހުންނަށް އެކި ގޮތަށް ފެންނަ އެއްޗެކެވެ.
- އެހެން މީހުންނާމެދު އަމަލުކުރަންވާނީ އެ މީހުން ތިބާއާމެދު ވެސް އަމަލުކުރަން ތިބާ ބޭނުންވާ ގޮތަށެވެ.
- އެހެން މީހަކުކުރާ ކަމަކަށް ތިބާއަށް ބާރެއްނުފޯރުވޭނެއެވެ. ނަމަވެސް އެ ކަން ތިބާ ދެކޭ ގޮތް އަދި ތިބާއަށް އެ ކަމުންކުރާ އަސަރަކީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެކެވެ.
- ތިބާގެ އަތްފޯރާފަށުގައިނުވާ ތަކެތި ނުވަތަ ހިދުމަތް ނުގަންނާށެވެ.
- އުފާ ލިބިގަނެވޭނީ މާއްދީ މުދަލަކުން ނޫނެވެ؛ ނަމަވެސް އިންސާނުންގެ ކިބައިންނެވެ.
- މެހި އަތުލައިގަނެވޭނީ މާމުއި ބޭނުންކޮށްގެންނެވެ؛ ރާހުތަކުން ނޫނެވެ.
- ނުބައި ދެ ކަމެއް އެއްކޮށްލުމުން ރަނގަޅު އެއް ކަމަކަށް ބަދަލެއްނުވާނެއެވެ.
- އަޅާ ކޮންމެ ފިޔަވަޅަކާމެދު ފަރުވާތެރިވާށެވެ.
- ގެރިގުއިއަކީ ހައިވާނު ހުއިހައްޕާ މީހާއަށް ހަޒާނާއެކެވެ. އެކި މީހުންނަށް އެކި ކަންތައް ނުވަތަ އެކި އެއްޗެހީގައި ހުންނާނީ އެކި އަގެވެ.
- ހުވަފެން ހަގީގަތަކަށް ހެދޭނީ އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުންނެވެ.
- ދިރިއުޅުމަކީ ތިބާގެ ނަފުސު ތަރައްގީކުރުމެވެ.
- އަހަރެމެންގެ ހަޔާތް އެނބުރޭނީ އަހަރެމެން ވިސްނާ ދިމާއަކަށެވެ. މިހެންވެ، އަހަރެމެންގެ ހަޔާތަށް ރަނގަޅު ބަދަލެއް ގެނެވޭނީ ވިސްނުން ތަނަވަސްކޮށްގެންނެވެ.
- ކަމެއް ހާސިލުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާށެވެ.
- އެކަކުގެ ކުނިބުންޏަކީ އަނެކަކު ހަޒާނާއެވެ.
- ހަޔާތުގައި އަންނާނެ އެންމެ މުހިންމު ދުވަހަކީ ތިބާގެ ވިސްނުމާއި އަމަލުތަކުގެ ޒިންމާ ތިބާ ނަގާ ދުވަހެވެ. އެ ދުވަހަކީ ތިބާ ހަގީގަތުގައި ފުރާފުރިހަމާ ވަގުތެވެ.
- ހަގީގީ މިނިވަންކަމަކީ އަހަރެމެންގެ މައްޗަށް ބާރު ފޯރުވާނެ މީހުންނާއި ކަންތައްތައް ކަނޑައެޅުމަކީ އަހަރެމެންގެ ބާރުގެ ދަށުގައިވާ ކަމެއްކަން ފަހުމްވުމެވެ.
- ތިބާ މުސްކުޅި ވާނީ ތިބާ ހިތުން މުސްކުޅިވުމުންނެވެ.
- ހަރަކާތްތެރި ހިލައެއްގައި ފެއްސެއް ނުޖަހާނެއެވެ.
- އަވަހަށް ނިދައި އަދި އަވަހަށް ހޭލުމުން ސިއްހަތު ރަނގަޅުވެ، މާލީ ގޮތުން ތަނަވަސްވެ، އަދި ވިސްނުންތެރިކަން ފުޅާވެއެވެ.
- އުފާވެރިކަމަކީ ނަސީބުން ލިބޭ ކަމެއް ނޫނެވެ؛ އެއީ އަމިއްލައަށް ހޯދައިގަތުމުން ލިބޭ އެއްޗެކެވެ.
- ތިބާ ހިނގާ މަގާމެދު ހިތްހަމަނުޖެހޭ ނަމަ، އެހެން މަގެއް ހޯދާށެވެ.
- ދިޔަވަރު ބޮޑުވުމުން ހުރިހާ ބޯޓުފަހަރެއް ވެސް އުފުލޭނެއެވެ.
- ބޭރުގަނޑު ބަލައިގެން ފޮތަކީ ކޮން ކަހަލަ ފޮތެއްކަން ކަނޑަނާޅާށެވެ.
- ތިބާއަކީ ތިބާ ގަބޫލުކުރާ ވަރަށްވުރެ ހިތްވަރުގަދަ މީހެކެވެ. ތިބާ ހީކުރާ ވަރަށްވުރެ ބާރުގަދަ މީހެކެވެ. އަދި ތިބާ ވިސްނާ ވަރަށްވުރެ ވިސްނުންތެރި މީހެކެވެ.
- ފަނިފަކުސާ ލިބޭނީ އަވަހަށް އަންނަ ދޫންޏަށެވެ.
- ކޮންމެ ދުވަހަކަށް އަލިވިލޭނީ ހަދިޔާތަކަކާއެކުއެވެ؛ ރިބަން ކަނޑާށެވެ.
- ތިބާއަކީ ރަނގަޅު މީހަކަށްވާތީ ތިބާއާމެދު މީހުން އިންސާފުން ކަންތައް ކުރާނެކަމަށް ހީކުރުމަކީ ތިބާއަކީ އެއްވެސް މަހެއްގެ ބާވަތެއް ނުކާތީ ފިރިހެން ގެރިއެއް ތިބާއަށް ހަމަލާ ނުދޭނެކަމަށް ހީކުރެވޭ ކުށްހީ ހީކުރުން ކަހަލަ ކަމެކެވެ.
- އިއުތިރާފުވުމަކީ ފުރާނައަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
- ބިސްގަނޑެއް އެޅޭނީ ބިހެއް ތަޅައިލައިގެންނެވެ.
- ވިނަގަނޑުގެ ފެހިކަން ގަދަވާނީ ތިބާ ފެން ދޭ ހިސާބުގައެވެ.
- ހަޔާތުގައި ޝަރަފު ލިބޭނީ ދުވަހަކު ވެސް ފޭލިނުވުމަކުންނޫނެވެ؛ ނަމަވެސް ފޭލިވާ ކޮންމެ ފަހަރަކު އަލުން އެ ކަމުން އަރައިގަތުމަށް މަސައްކަތްކުރުމުންނެވެ.
- ކާމިޔާބު ހޯދުމަށް އޮތީ އެންމެ ރެސިޕީއެއް ނޫނެވެ؛ ނަމަވެސް މުހިންމު އެއް މާއްދާވެއެވެ – އެއީ ލޯތްބެވެ.
- ދުވަހަކު ވެސް އުއްމީދު ކަނޑައިނުލައިށެވެ. އަދި ދުއާކުރުމަކީ ކިހާ ބާރުގަދަ ކަމެއްކަން ހަނދާން ނައްތައިނުލައިށެވެ.
މި 40 ކަންތައްތައް ދަރިންނަށް ދަސްކޮށްދިނުމުން، އެ ކުދިން ބޮޑުވާއިރު އެ ކުދިން އަމިއްލައަށް ޒިންމާ ނަގާ ބަޔަކަށްވާނެއެވެ. މިއީ ރަނގަޅު އަހުލާގެއްގެ މަތީގައި ހަޔާތުގައި އެ ކުދިންނަށް ކާމިޔާބު ލިބޭނެ ފިލާވަޅުތަކެކެވެ.
ނޯޓު: ތަރުޖަމާއެއް