Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބުރަކޮށް މަސައްކަތްކުރާ ފިރިންގެ އަގުވަޒަންކުރުން

ބުރަކޮށް މަސައްކަތްކުރާ ފިރިއަކާއެކު އުޅުމަކީ ކޮންމެކޮންމެ އަންހެނަކަށް ކުޅަދާނަކަމަކަށް ނުވެދާނެއެވެ. ހަޔާތުގައި ވަކި މަގުސަދެއް ނެތި އުޅޭ ފިރިހެނުންނަށް ބައެއް އަންހެނުން ޝައުގުވެރިވަނީ މި ސަބަބާހެދިއެވެ.

ބުރަކޮށް މަސައްކަތްކުރާ ފިރިއަކު ތިބާގެ ގާތުގައި އަބަދު ހުރުމަށް އުޒުރުވެރިވެދާނެކަން ތިބާއަށް ފަހުމްވާންވާނެއެވެ. ތިބާގެ ހިތަށް އަރާފާނެއެވެ؛ ތިބާއާ އޭނާއާ ދެމެދު އޮންނަ ގުޅުމަށް އޭނާ "އިންވެސްޓެ"އްކުރަން އަބަދަކު ނުވިސްނައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ހަގީގަތަކީ ތިބާ ވިސްނާ ގޮތާ މުޅިން އިދިކޮޅެވެ. އޭނާ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ގޮސް ލިބޭ ކޮންމެ ފުރުސަތެއްގައި ބުރަކޮށް މަސައްކަތްކުރަނީ ތިބާއަށް ރަނގަޅު ކުރިމަގެއް އުފައްދައިދީ ދަމަހައްޓައިދިނުމަށެވެ.

ތިބާއަށް ފަހުމްވާންވާނީ އޭނާ ވަރުބަލިވާނެ ދުވަސްތައް ވެސް އަންނާނެކަމެވެ. ފެންވަރާލަން ވެސް ވަގުތުކޮޅެއް ލިބޭނީ ކިރިޔާއެވެ. ތިބާއަށް ބޮސް ދީފައި، ކޮންމެހެން ބޭނުންވާ ނިދި ހޯދަން އެނދާ ދިމާއަށް އަވަސްވެގަންނާނީ އަނެއް ދުވަހު ހެދުނު ހޭލައިގެން އަނެއްކާވެސް ތިބާއަށްޓަކައި ބުރަކޮށް މަސައްކަތްކުރަން ފަށައިގަންނާށެވެ.

މި ކަހަލަ ފިރިންގެ އަގުވަޒަންނުކޮށް ނުހުންނާށެވެ.

ފަހަރެއްގައި ތިބާ ހީކުރާ ކަހަލަ ޖިސްމާނީ ރީތި ސިފަތަކެއް އޭނާގައި ނުހުރެދާނެއެވެ. އަތްތިލައިގައި މަޑުކަމެއް ނެތުމެވެ. ތެލުން ތަތްތެޅިފައިވާ ގަމީސް ނުވަތަ ޓީޝާޓު ލައިގެން އުޅޭތީއެވެ. ނަމަވެސް މި ފަދަ ފިރިއަކު ތިބާ ދެކެ ލޯބިވާނީ މީގެ ކުރިން ތިބާ ދުވަހަކު ވެސް ތަޖުރިބާކޮށްފައި ނުވާ ވައްތަރުގެ ލޯތްބަކުންނެވެ.

މި ފަދަ ފިރިންނަކީ އެ މީހުންގެ ހުވަފެންތަކުގެ ރާނީންނާ ކައިވަނިކޮށްގެން އެ މީހުންގެ އާއިލާތަކާއެކު އުޅޭހިތްވާ ގޮތް ހޯދުމަށްޓަކައި ކޮންމެ ހެނދުނަކު ތެދުވެ ބުރަ މަސައްކަތްކުރާ މީހުންނެވެ.

ނޯޓު: ތަރުޖަމާއެއް