ހަޔާތުގައި އެކި ބާވަތުގެ ގޮންޖެހުންތައް ކުރިމަތިނުވެ ނުދާނެއެވެ. ނަމަވެސް އުފާވެރި ހަބަރަކީ މި ހުރިހާ މައްސަލައެއްގެ ހައްލުހުރި ކަމެވެ. އެ ގޮތުން މި ބަލައިލަނީ ހަޔާތުގައި ކުރިމަތިވާނެ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ފަސް ގޮތެކެވެ.
- ގޮންޖެހުން ބަލައިގަތުން:
ތިބާއަށް ކުރިމަތިވި މައްސަލަ ކުރިމަތިވެފައިވާކަން ގަބޫލުކުރާށެވެ. މައްސަލައެއް ކުރިމަތިވެފައިވާކަން ގަބޫލު ނުކުރުމުން އެ ކަމަކީ ނުވާކަމެއް ކަމަކަށް ނުހެދޭނެއެވެ. ގޮންޖެހުމެއް ކުރިމަތިވެއްޖެކަން ބަލައިގަތުމުން ތިބާއަށް މައިތިރިކަން ލިބި، ހަމަޖެހިލައިގެން މައްސަލައިގެ ހައްލު ހޯދުމަށް މަސައްކަތްކުރުމަށް ފަސޭހަވާނެއެވެ.
- ސަމާލުކަން ދޭނީ ހައްލަށް:
މައްސަލައަށް ފޯކަސްކުރުމަށްވުރެ މުހިންމީ އެ ކަމުގެ ހައްލު ހޯދުމަށް ސަމާލުކަންދިނުމެވެ. އެއް ހައްލު ނުފެނިއްޖެ ނަމަ ދެވަނަ ހައްލެއް ހޯދާށެވެ. އަދި މި ކަން ނުވެއްޖެ ނަމަ ހައްލެއް ހޯދެންދެން މަސައްކަތްކުރާށެވެ.
- އެހީ ހޯދުން:
ކުރިމަތިވެފައިވާ ގޮންޖެހުމަކަށް ހައްލެއް ހޯދަން މީހެއްގެ ގާތުން އެހީއަކަށް އެދުމަށް ޖެހިލުންނުވާށެވެ. ތިބާއަށް އިތުބާރުކުރެވޭ މީހަކާ ވާހަކަދައްކާށެވެ. މިސާލަކަށް، ރަހްމަތްތެރިޔަކާ ނުވަތަ އާއިލާ މީހަކާ ނުވަތަ ކައުންސެލިން ދޭ މީހަކާއެވެ. ތިބާއަށް އެ މީހުން އެހީ އާއި ނަސޭހަތް ދެވޭނެއެވެ.
- ނަފުސަށް ފަރުވާތެރިވުން:
ސްޓްރެސް ކުރިމަތިވުމުން ތިބާއަށް އުފާ ލިބޭ ކަންތައްތައްކުރާށެވެ. މިސާލަކަށް، ކަސްރަތުކުރުން، މެޑިޓޭޓްކުރުން، ނުވަތަ ގުދުރަތީ މާހައުލުތަކުގައި ވަގުތުހޭދަކުރުމެވެ.
- ތަޖުރިބާއިން ފިލާވަޅު ލިބިގަތުން:
ދިމާވާ ކޮންމެ ދަތިކަމަކީ ފިލާވަޅެއް ލިބުމަށް ހުޅުވޭ ފުރުސަތެކެވެ. ވީ ކަންތައްތަކާމެދު ވިސްނާށެވެ. ލިބުނު ފިލާވަޅަކީ ކޮބައިތޯ ބަލާށެވެ. ކުރިމަގުގައި ހަޔާތަށް ހަރުދަނާކަން ގެނައުމަށާއި ގޮންޖެހުންތަކަށް ކުރިމަތިލުމަށް އެ ލިބުނު ފިލާވަޅުގެ ބޭނުންކުރަން ދަސްކުރާށެވެ.
މި ބަލައިލި ފަސް ގޮތަށް ވިސްނުންތެރިކަމާއެކު އަމަލުކޮށްފި ނަމަ، ހަޔާތުގެ ގޮންޖެހުންތަކާ ފަސޭހަކަމާއެކު ކުރިމަތިލެވޭނެއެވެ. ތިބާ ކުރަން ޖެހޭނެ ކަމަކީ ފަހަރަކު ހައްލަކާމެދު ވިސްނައި، އަމަލުކުރަމުން ގޮސް، އަސްލު ހައްލު ލިބެންދެން މަސައްކަތްކުރުމެވެ.
ނޯޓު: ތަރުޖަމާއެއް
