Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަންހެނުންގެ 13 ސިއްރެއް

ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި ރަނގަޅު އަދި ތެދުވެރި އަންހެނަކު ހުންނަ ވާހަކަ އަހަރެމެން އަޑުއަހަމުއެވެ. މި ބަލައިލަނީ މި ކަމުގެ ހަގީގަތް ހާމަވެގެން އަންނަ އަންހެނުންގައި ހުންނަ 13 ސިއްރަށެވެ.

  1. އަންހެނެއްގެ ގާތަށް ރުޅިއައުމުން އޭނާ ބުނާ ދެބައިކުޅައެއްބައި އެއްޗެހީގައި ވެސް ސީރިއަސްކަމެއް ނުވާނެއެވެ. ވެގެންވާނެ ނަމަ އޭނާގެ ގައިގައި ބައްދައިލައިފައި އޭނާ މައިތިރިކުރާށެވެ.
  2. އަންހެނަކަށް އެންމެ އުނދަގޫވާނީ އޭނާގެ ލޯބިވެރިޔާއާ ދުރުގައި ހުންނަ ވަގުތުގައެވެ. އެ ކަމުން އޭނާ ވަރަށް ބޮޑަށް ސްޓްރެސް ވާނެއެވެ.
  3. ފިރިހެނަކަށް އިތުބާރުކުރަން އަންހެނަކަށް ވަގުތުނަގާނެއެވެ. ނަމަވެސް އިތުބާރު ލިބުމަށް ފަހު އެ އިތުބާރު ފުހެވިގެންދިއުމަކީ ނާދިރުކަމެކެވެ. އެހެނަސް ތިބާއަށް އޮތް އިތުބާރު ތިބާގެ އިހުމާލުން ގެއްލުވައިލައިފި ނަމަ، އަލުން އޭނާގެ އިތުބާރު ހޯދުން ހަނދާން ނައްތައިލައިށެވެ.
  4. އަންހެނަކީ އެހެން ހުރިހާ މަދްރަސާއަކަށްވުރެ ރަނގަޅަށް ތިބާއަށް ދަސްވެނިވެވޭނެ ތަނެކެވެ.
  5. ތިޔަ ދެމަފިރިންގެ ކައިވެނީގެ ސެޓްފިކެޓަކީ ވެހިކަލް ދުއްވަން ހުއްދަ ދޭ ލައިސަންސެއް ނޫނެވެ. އެއީ ދަސްކުރަން ދޭ ހުއްދައެކެވެ. އެހެންކަމުން އޭނާގެ ލޯބި ލިބިގަތުމުގައި ދެމިހުންނާށެވެ.
  6. ތިބާ އޭނާއާމެދު ހިތާ ގޮތަކުން ބައެއް ފަހަރަށް އޭނާ ހިތި މޫޑެއްގައި ހުރެދާނެއެވެ. އަދި އަނެއްބައިފަހަރު ލޯބި މޫޑެއްގައި ހުރެދާނެއެވެ. އެހެންކަމުން އޭނާއާމެދު އަބަދުވެސް ރަނގަޅަށް ކަންތައްތައްކުރާށެވެ.
  7. އަންހެނުންނަކީ ކަންތައްތައް ހަނދާން ނައްތައިލައި ބައެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް އޭނާއަށް ދޭ ދެރަތައް އޭނާގެ ހަނދާނުގައި ބިންވަޅުނެގެއެވެ. އެހެންކަމުން އޭނާގެ ހިތް ޒަހަމް ނުކޮށްލާށެވެ. ބަދު ބަސްތައް އޭނާއާ ދިމާއަށް ނުބުނާށެވެ. އަބަދުވެސް ރަނގަޅު ބަސްތައް އޭނާއަށް ބުނާށެވެ.
  8. އަންހެނުންނަކީ ކަންތައްތައް ސިއްރުކުރަން ކުޅަދާނަ ބައެކެވެ. ތިބާ އޭނާއަށް ދެރައެއް ދީފި ނަމަ އޭނާ ރޯނީ އޭނާގެ ރަހްމަތްތެރިންގެ ގާތަށް ގޮހެވެ. އެހެންކަމުން ތިބާގެ އެންމެ ގާތް ރަހްމަތްތެރިޔާއަކީ އޭނާ ކަމަށް ހަދައިށެވެ.
  9. އަންހެނުންނަށް އާދޭސްކުރުމަކީ އެ މީހުން ގަޔާވާ ސިފައެކެވެ. ގިނަ ފަހަރަށް ފިރިހެނުންނަށް މި ކަމަށް ސަމާލުކަމެއް ނުދެވެއެވެ. ބައެއް ފަހަރަށް އަންހެނުން ބޭނުންވާނީ އެ މީހުންނާ ދޭތެރޭ ކުޑަކުދިންނަށް ހިތާހެންހިތައިށެވެ.
  10. ހުރިހާ އަންހެނުންގެ ވެސް ހާއްސަ ސިފައެއް ވާނެއެވެ. ލޮނު ފަދައިން އެއީ އެ ސިފަ ހުރި ނަމަ ފާހަގަ ނުކުރެވޭ، ނަމަވެސް އެ ސިފަ ނެތް ނަމަ ފާހަގަ ކުރެވޭ ސިފަތަކެވެ.
  11. ތިބާ ދެކެ އަންހެނަކު ލޯބިވެއްޖެ ނަމަ ތިބާ އުފާވާނެހާ ކަމެއް އުފާވާނެހާ ވަރަކަށް އޭނާ ތިބާގެ ހިތްފުރޭވަރަށް ކޮށްދޭނެއެވެ. މިހެންވެ، އޭނާ ތިބާ ދެކެ ގަދަކަމުން ލޯބިވުމަށް މަސައްކަތްނުކުރާށެވެ.
  12. ތިބާ އޭނާއަށް އަޅައިލުން ކުޑަކޮށްފި ނަމަ، އޭނާއާމެދު ފަރުވާތެރިވާނެ މީހަކު އޭނާ ހޯދާނެއެވެ. ހަނދާނުގައި ބަހައްޓަންވީ ތިބާއަކީ އޭނާ އިހުތިޔާރުކުރި މީހެއްކަމެވެ.
  13. އަންހެނަކު ތިބާ ދެކެ ހަގީގީ ލޯބިވާ ނަމަ ތިބާގެ އަތުން ފައިސާ ފޮއްޗެއް ހޯދަން ވެސް އޭނާ ލަދުގަންނާނެއެވެ. އެހެންކަމުން އޭނާ އެ ކަމަށް އެދުމުގެ ކުރިން ތިބާ އަމިއްލައަށް އިސްނަގައިގެން އޭނާއަށް ހަރަދުކުރާށެވެ. އޭނާ ތިބާ ދެކެ ލޯބިވާ ނަމަ ތިބާ ބޭކާރު ހަރަދުކުރާކަށް އޭނާ ފުރުސަތެއް ނުދޭނެއެވެ.

އަންހެނުން ހާއްސަ ބަޔަކަށް ވަނީ މި ކަހަލަ ކަންތައްތަކާއި ސިފަތައް ހުންނާތީއެވެ. ތިބާގެ ހަޔާތުގައި ރަނގަޅު އަންހެނަކު ހުރި ނަމަ އޭނާއަށް ދޭ ސަމާލުކަން ކުޑަނުކޮށްލާށެވެ. އޭނާއަކީ އަގުބޮޑު ޖަވާހިރެކެވެ. އޭނާގެ ހިތް ޒަހަމް ނުކޮށްލާށެވެ. ސަބަބަކީ އޭނާ ފަދަ މީހަކު ލިބޭތޯ އެދި އެތައް ބައިވަރު ފިރިހެނުން ތިބެއެވެ.

ނޯޓު: ތަރުޖަމާއެއް