ޒަވާޖީ ހަޔާތަކީ ދެމަފިރިންގެ ދެމެދުގައި ހުރިހާ ކަމެއް ހަމަހަމަކޮށް ކިރިގެންދާ ގުޅުމަކަށް ވެސް ހެދިދާނެއެވެ. އެ ގޮތުން މި ފާހަގަކޮށްލަނީ މި ގޮތަށް ޒަވާޒީ ހަޔާތް ކާމިޔާބުކަމާއެކު ބިނާކުރުމަށް އަނބިމީހާއަށް އަމަލުކުރެވިދާނެ 18 ގޮތެކެވެ.
- އަނބިމީހާ ހިތްތިރިކޮށްފި ނަމަ، ފިރިމީހާއަށް އޭނާ ގުދުރަތީ ގޮތުން ރީތިކަމަށް ފެންނާނެއެވެ.
- އަނބިމީހާ ކިޔަމަންތެރިކަން ދައްކައިފި ނަމަ، ފިރިމީހާގެ ފަރާތުން ބޭނުންވާ ކޮންމެ އެއްޗެއް އަދި ކޮންމެ ކަމެއް ލިބޭނެއެވެ.
- އަނބިމީހާއަކީ އިތުބާރުކުރެވޭ މީހަކަށްވުމުން، ފިރިމީހާގެ މާލިއްޔަތު ބެލެހެއްޓުމަށް ހަވާލުވެވޭނެއެވެ.
- އަނބިމީހާއަކީ މެހެމާންދާރީ ރަނގަޅަށް އަދާކުރާ މީހެއް ނަމަ، ފިރިމީހާ މީހުންނާއެކު ބާއްވާ ބައްދަލުކުރުންތަކާ ހަވާލުވެވޭނެއެވެ.
- އަނބިމީހާއަކީ ރަހްމަތްތެރިކަމުގެ ސިފަ ހުންނަ މީހެއް ކަމަށްވާ ނަމަ، އޭނާ ވެގެން އަންނާނީ ފިރިމީހާގެ އެންމެ ގާތް ރަހްމަތްތެރިޔާ ނުވަތަ "ބެސްޓް ފްރެންޑް"އަށެވެ.
- އަނބިމީހާއަކީ ސަކަމިޒާޖެއްގެ އުފާވެރިކަމެއް ހުންނަ މީހެއް ނަމަ، ފިރިމީހާއަށް ލިބޭ ހިތާމަތައް ފިލައިގެން ދާނެއެވެ.
- އަނބިމީހާއަކީ ކަންތައްތައް ބަލައިގަންނަ މީހެއް ނަމަ، ފިރިމީހާގެ ފަރާތުން ހީނުކުރާ ހަދިޔާތައް ލިބޭނެއެވެ.
- ފިރިމީހާއަށް އިހުތިރާމް ކުރާ ނަމަ، އޭނާގެ ސަގާފީ ބައްދަލުވުންތަކުގައި އަނބިމީހާއަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
- އަނބިމީހާއަކީ ކަންތައްތައް ފަހުމްވާ މީހެއް ނަމަ، ބުނަން ޖެހިލުންވާ ކަންތައްތައް ވެސް ފިރިމީހާ ހިއްސާކުރާނެއެވެ.
- އަނބިމީހާއަކީ ސުލްހަވެރިކަން ހުންނަ މީހެއް ނަމަ، ފިރިމީހާ އަބަދުވެސް ހުންނާނީ ގެއަށް އަންނަން ކެތްމަދުވެފައެވެ.
- އަނބިމީހާއަކީ ހިތް މަޑުމައިތިރި މީހެއް ނަމަ، އޭނާގެ ދަރިންނަށް އޭނާ ވާނީ ވަރަށް ރަނގަޅު މަންމައަކަށެވެ.
- އަނބިމީހާއަކީ ރުންކުރުނޫން މީހެއް ނަމަ، ފިރިމީހާއާ މައްސަލައެއް ޖެހިގެން އުޅޭ ފަހަރުތަކުގައި ފިރިމީހާއާ މަޑުމައިތިރިކަމާއެކު ކުރިމަތިލާން އެނގޭނެއެވެ.
- އަނބިމީހާއަކީ ގަދަފަދަކޮށް އުޅޭ މީހެއް ނަމަ، ފިރިމީހާ އޭނާ ދެކެ ލޯބިވާނެއެވެ.
- އަނބިމީހާ ހުރިހާ ސިއްރެއް ކިޔައިދޭ ނަމަ، ފިރިމީހާ ވެސް އޭނާ ކުރާ ހުރިހާ ކަމެއް ކިޔައިދޭނެއެވެ.
- އަނބިމީހާއަކީ ދީނީ މީހެއް ނަމަ، އޭނާ ވެގެންއަންނާނީ ފިރިމީހާއަށް ލިބޭ ވަރުގަދަ ހިތްވަރުގެ ނިޒާމަކަށެވެ.
- އަނބިމީހާއަކީ މާތްﷲއަށް ބިރުވެތިވާ މީހެއް ނަމަ، އޭނާގެ ގެ ބައްޓަންވެގެން އަންނާނީ އެ ކަލާނގެ އުސޫލުތަކުގެ މައްޗަށެވެ.
- އަނބިމީހާއަކީ އަމިއްލަ އެދުމެއް ނެތް މީހެއް ނަމަ، އޭނާގެ މައްޗަށް ފިރިމީހާ އެއްކޮށް ބަރޯސާވާނެއެވެ.
- އަނބިމީހާއަކީ އުފެއްދުންތެރި ހިޔާލު ހުންނަ މީހެއް ނަމަ، ޒަވާޖީ ހަޔާތުގެ ކުރިމަގު ރޭވުމުގައި ދެ މީހުންގެ ވެސް ބައިވެރިވުން އޮންނާނެއެވެ.
މިއިން ސިފައެއް އަނބިމީހާގެ ނެތް ނަމަ ޒަވާޖީ ހަޔާތް ބާއްޖަވެރިކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ. މި ބަޔާންކުރި ކަންތައްތައް ހޯދައިގަތުމަށް ދުއާކުރާށެވެ. އެއީ އަނބިމީހާއަށް މި މޭރުމުން އަމަލުނުކުރެވިދާނެތީއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ހަސީލަތް ރަނގަޅު އަންހެނުންނަށް މާތްﷲގެ ރަހްމަތުން މި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، ޒަވާޖީ ހަޔާތް ކާމިޔާބުކުރެވިދާނެކަމެވެ.
ނޯޓު: ތަރުޖަމާއެއް

One Response
އަނބިމީހާ ހުރިހާ ސިއްރެއް ކިޔައިދޭ ނަމަ، ފިރިމީހާ ވެސް އޭނާ ކުރާ ހުރިހާ ކަމެއް ކިޔައިދޭނެއެވެ