މަރުވެ ގޮސްފައިވާ ފަރާތެއް ދެކެ ލޯބިވާ ކަމަށް ދަޢުވާކުރާއިރު ހިތާމައަކީ މި دُعَاءُ ކިޔާލާ އެހެން ފަރާތްތަކަށް ޝެއަރ ކޮށްލާނެ ވަޤުތުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނުވާކަމެވެ. سبحان الله
دُعَاءُ އަކީ ފަރުވާއެކެވެ. އަދި ބާރުގަދަ ހަތިޔާރެކެވެ. ތިރީގައި މި ލިޔެލަނީ އަޅުގަނޑަށް ފެނުނު އަދި ބޭނުންކުރާ ވަރަށް އަސަރުން ފުރިފައިވާ ރީތި دُعَاءُއެކެވެ. ރައްދުވާ ފަރާތް ބަދަލު ކޮށްލެއްވުމަށްފަހު ތިޔައިން ކޮންމެ ބޭފުޅަކަށްވެސް މި دُعَاءُ ބޭނުންކުރެއްވިދާނެއެވެ. ﷲ ތިޔަ އެންމެ ބޭފުޅުންނަށް ހެޔޮ رحمة ލައްވާދޭނވެ. އަދި މިދުނިޔެ ދޫކުރައްވާ ވަޑައިގެންފައިވާ ތިޔަ އެންމެ ބޭފުޅުންގެ ގާތްތިމާގެ އަދި އެކުވެރި ރަހުމަތްތެރީންނާއި އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާދޭނވެ. އަދި އަޅަމެން މަރުވެ ދިއުމަށްފަހު އަޅަމެންނަށް މިފަދަ ރީތި دُعَاءُ ތަކުން دُعَاءُ ކޮށްދޭނޭ ބަޔަކު މިދުނިޔޭގައި ލައްވާދޭނވެ. اَمِين
ياﷲ،
އެންމެހައި حمد ސަނާ މިލްކުވެ ވޮޑިގެންވަނީ އިބަ ﷲ އަށެވެ.
އަޅަމެންނަށް އިސްލާމް ދީނުގެ ނޫރުން ތެދުމަގު ދެއްކެވި ހުސްތޯހިރުވަންތަ ﷲ އަށް حمد ހުއްޓެވެ. އަދި އަޅަމެން މިއަދު މިވާ ހާލުގެ ވެރި ރަސްކަލާނގެ އަށް حمد ހުއްޓެވެ.
އިބަ ﷲގެ ކުޅަދުންވަންތަ ކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކަަށްވުރެ ބޮޑެވެ. އިބަ ﷲއީ ގަދަރާއި އިއްޒަތުގެ ވެރި ރަސްކަލާނގެއެވެ.
ياﷲ،
مُحَمَّد رَسُولُ الله ﷺ މާތް ނަބިއްޔާ އަށާއި އެމާތް ނަބިއްޔާގެ އެންމެހައި އާލު އަސްހާބުންނާއި މިތުރު ސަހާބީންނަށް صَلَوَات އާއި سلام އާއި بركات ލައްވާ، އަދި އިބަ ﷲގެ ދީލަތިވަންތަކަމުން އަޅަމެންނާއި ކައުއިތުރު مُحَمَّد رَسُولُ الله ﷺ އާއި ބައްދަލުވާނޭގޮތް މިންވަރު ކޮށްދެއްވާދޭނވެ.
ياﷲ،
ياحنّان
يامنان
އުޑުތަކާއި ބިމުގެ ވެރި ރަސްކަލާކޮ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ހެޔޮ އަމަލުތަކަށް ހެޔޮކަމުން ބަދަލު ދެއްވައި، ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ އިހުމާލު ތަކަށާއި ކުށްތަކަށް އިބަ ﷲގެ ފުއްސެވުމާއި، އަފޫކުރެއްވުމާއި ރުއްސެވުމުން ބަދަލު ދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކަށްވަޅަކީ ސުވަރުގޭގެ ތަނަވަސް ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމުގައި ލައްވަވައި، އަދި އަނދަ އަނދާ ހުރި ނަރަކައިގެ އަލިފާނުގެ ފުންވަޅުގަނޑެއް ކަމުގައި ނުލައްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން، ކެތްތެރީންނާއި ތެދުމަގު ލިބިގެންވާ އަޅުތަކުންނާއި ދީންވެރީންނާއި ތެދުވެރީންނާއި ޝަހީދުންނާއި އަދި ބައިވެރީންގެ ގޮތުގައި އެންމެ ހެޔޮލަފާ މީހުންނާ އެކު ލައްވަވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކަށްވަޅު ލޮލުކޮޅަށް ފެންނަ ހިސާބަށް ތަނަވަސް ކުރައްވައި، ސުވަރުގޭގެ ފެތުރެއްވެވުމަކުން އެކަށްވަޅުތައް ފަތުރުއްވަވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ކަށްވަޅުގެ އަޒާބުން މިންޖު ކުރައްވާ، އެކަށްވަޅުތައް ހުރިހާ ދިމާލަކުން ތަނަވަސްކުރައްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ކަށްވަޅުގެ ފިއްތާލުމުންނާއި އަނދިރިކަމުންނާއި ފަނިފަކުސާގެ ބިމުން، އެތަނެއްގައި ކަށިނެތް ލޫތު ގަސްތަކާއި ބަރިބަރިޔަށް ދޮންކޭލާއި މޭވާ އަޅާފުރިފައިވާ ގަސްތަކާއި، ނިމުމެއް ނުވާ ހިޔާވަހިކަން ލިބިގެންވާ ގަސްތަކާއި، ފެންއާރު ތަކާއި، ވަކި މޫސުމެއް ނެތްގޮތަށް އަޅާ ފުރިފައިވާ އަދި އެއިން ކެއުމަށް މަނާވެގެންނުވާ މޭވާތަކާއި، އުފުލިގެންވާ ދާންތަކުގައި އަބަދަށް ދެމިތިބޭ ސުވަރުގެއަށް ބަދަލުކޮށްދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކުށްފާފަތައް قيامة ދުވަހު ބިމު އަޑީގައި ފޮރުއްވާދޭނވެ. އަދި އެންމެހައި މީސްތަކުންނަށް އެދުވަހަކުން މުދަލާއި ފައިސާ އަދި ދަރީންގެ ކިބައިން އެއްވެސް ފައިދާއެއް ނުކުރާ، إِيمَانތެރި ސާފު ހިތަކައިގެން އަންނަ މީހަކަށް މެނުވީ ރައްކައުތެރިކަމެއް ނުވާ مخشرގެ ބިމަށް އެއްކުރައްވާ ދުވަހު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކުށްފާފަތައް ވަންހަނާކުރައްވާ ފަލީހަތް ނުކުރައްވާދޭނވެ.
ياﷲ،
مخشرގެ މައިދާނުގެ ބިރުވެރިކަމާއި ނާމާންކަމުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ރައްކާތެރިކުރައްވާ ސަލާމަތް ކުރައްވާ އަދި ހިސާބު ބައްލަވާ ވަގުތުގައި ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ސާބިތުކަން ދެއްވާދޭނވެ.
ياﷲ،
ހިސާބު ބައްލަވާ ވަގުތު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކާނާއަތަށް ފޮތް ދެއްވަވާ، ހިސާބު ބެއްލެވުން ލުއިކޮށްދެއްވާ، ހެޔޮ أمل ތަކުން މީޒާން ބަރުކޮށްދެއްވާ، ތެދުމަގުގައި ފައިތިލަ ސާބިތުކޮށްދެއްވާ، ކައު އިތުރު مُحَمَّد رَسُولُ الله ﷺ ފެންނަ ހިސާބުގައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައިގައި ލައްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން مخشر ކުރައްވާ އިބަ ﷲގެ ނޫރުފުޅުން އަލިކަން ދެއްވާ ރައްކާތެރިކަން ދެއްވަންދެން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކަނާއަތް ފަރާތުގައި ނޫރެއް، ވާއަތް ފަރާތުގައި ނޫރެއް، މަތިންނާއި ތިރިން އަދި ފުރަގަހުންނާއި ކުރިމަތިން ނޫރެއްލައްވާ އިބަ ﷲގެ ނޫރުފުޅުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކަށްވަޅު އަލިކުރައްވާދޭނވެ.
ياﷲ،
އިބަﷲއީ އެންމެ އޯގާވެރިވަންތަ އެންމެ رحيم ވަންތަ އެންމެ رحمان ވަންތަ ގިނަ ގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ވަނީ އިބަ ﷲ އަށް ރުޖޫއަވެ އިބަ ﷲ އަށް ސަޖިދަ ޖަހާފައެވެ. ޔާﷲ، ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ރަހުމަތުގެ ބެއްލެވުމުން ބައްލަވާ، އޯގާތެރިވެލައްވާ، އިބަ ﷲގެ އޯގާވަންތަކަމުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް عفو ކުރައްވާދޭނވެ.
ياﷲ،
އިބަ ﷲގެ ފުއްސެވުމާއި ރުއްސެވުން އެހެން ހުރިހައި އެއްޗަކަށްވުރެ މަތިވެރިއެވެ. ޔާﷲ، ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ފުރާނަ އަށާއި ލޮލަށް ސާބިތުކަން ލިބޭފަދަ ރަހުމަކުން ރަހުމް ކުރައްވަވާ ފާފަ ފުއްސަވާދޭނވެ. އިބަ ﷲ ވަހީ ކުރައްވާފައި ވެއެވެ. ތިމަން ﷲއީ ގިނަގިނައިން ފާފަފުއްސަވާ އެންމެ رحيم ވަންތަ رحمان ވަންތަ ރަސްކަލާނގެއެވެ.
ياﷲ،
ތެދުމަގު ލިބިގެންވާ މީސްތަކުންނާ އެކު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން مخشر ކުރައްވާދޭނވެ.
ياﷲ،
އިބަ ﷲއާއި އެންމެ ކުއްތަން ކުރައްވާ މީސްތަކުންނާ އެކު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން مخشر ކުރައްވާދޭވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް އުފާވެރިކަމުގެ ޚަބަރުން ޚަބަރު ދެއްވާ އުފާވެރިކަމުގެ ބަގީޗާއެއް ދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ކިޔަމަންތެރި ހެޔޮލަފާ ސާލިހު އަޅުތަކުންނާ އެކު مخشر ކުރައްވާ، އަދި އެންމެ ރިވެތި ސަލާމުން ސަލާމް ކުރާ ހެޔޮލަފާ ސާލިހް އަޅުތަކުންނާ އެކު ލައްވާދޭނވެ.
ياﷲ،
އިބަ ﷲ وهي ކުރައްވާފައިވެއެވެ. ތިޔަބައި މީހުންގެ އަމަލުތައް ބެހެއްޓި ގޮތުން ތިޔަބައިމީހުންނަށް އުފާވެރި ކަމުގެ ޚަބަރު ހުއްޓެވެ. ތިޔަބައިމީހުން ހިތްހަމަޖެހިގެން މިސުވަރުގެއިން ކައިބޮއި ހަދާށެވެ. ޔާﷲ، މިފަދަ އުފާވެރި ޚަބަރަކުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ޚަބަރު ކުރައްވާދޭނވެ.
ياﷲ،
އިބަ ރަސްކަލާނގެ މަތިވެރިކުރައްވާފައިވާ ނަބިއްޔާ ކައުއިތުރު مُحَمَّد رَسُولُ الله ﷺ ގެ ޝަފާއަތް ލިބިގެންވާހާލު އެ މާތް ނަބިއްޔާ ﷺ ގެ ދިދައިގެ ދަށުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން مخشر ކުރައްވާ، އެ އާރަކުން ފެންބުއިމުން ދުވަހަކުވެސް ކަރުހިއްކުމެއް ނުވާ މާތް ނަބިއްޔާ ﷺ ގެ ފެންއާރުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ފެންބޯންދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންވަނީ މިދުނިޔޭގައި ﺍِﻣﺘِﺤَﺎﻥ ކުރެވުނު ކަންތައްތަކައް ކެތްތެރިވެގެންނެވެ. އަދި އެއިން އެއްވެސް ކަމަކަށް ނުރުހި އިބަ ރަސްކަލާނގެ މަގުން އެކަހެރިވެ ގޮސްފައި ނުވެއެވެ.
ياﷲ،
ކެތްތެރީންނަށް ދެއްވުމަށް އިބަ ﷲ ވައުދުވެވޮޑިގެންފައިވާ ދަރަޖަ، ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ދެއްވާދޭނވެ. އިބަ ﷲ وحى ކުރައްވާފައިވެއެވެ. ހަމަ ކަށަވަރުން ކެތްތެރީންނަށް ހިސާބުބެއްލެވުމެއް ނެތި ހެޔޮޖަޒާ ދެއްވާނެތެވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންވަނީ އިބަ ﷲއަށް އަޅުކަން ކުރުމުގައި ރޭދުވާ ހޭދަކޮށްފައެވެ. ފައިތިލަތައް ކައްސައިލައިގެންދާ قيامة ދުވަހު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ފައިތިލަ ސާބިތު ކޮށްދެއްވާދޭވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންވަނީ އިބަ ﷲއަށް ރޯދަ ހިފާފައެވެ. ވީމާ الريانއެވެ ކިޔުނު ދޮރުކޮޅުން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ސުވަރުގެ ވައްދަވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންވަނީ قرآن ކިޔަވާ މީސްތަކުންގެ ތެރެއިންނެވެ. އަދިقرآن ކިޔެވުމުގައި ރޭދުވާ ހޭދަކޮށްފައެވެ. ވީމާ އެ قرآن އެއީ ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ޝަފާއަތްތެރިވެ ނަރަކައިގެ އަލިފާނުން ރައްކައުތެރިކޮށްދޭ އެއްޗެއް ކަމުގައި ލައްވާ އަދި އެ قرآنން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ކިޔެވި އެންމެފަހު އާޔަތާ ހަމަޔަށް ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ދަރަޖަ މަތިވެރިކުރައްވާ އުފުއްލަވާދޭނވެ.
ياﷲ،
އެ قرآنން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ކިޔަވާފައިވާ ކޮންމެ އަކުރެއް އަދި ފިއްޔެއްގެ ފޮނިމީރުކަން، އަދި ކޮންމެ ބަހަކަށް މަތިވެރި ދަރަޖަ، ކޮންމެ އާޔަތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން، ކޮންމެ ސޫރަތަކަށް ރައްކައުތެރިކަން, އަދި ކޮންމެ ޖުޒޫ އަކަށް ހެޔޮ ދަރުމަ އާއި ސަވާބު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް ދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ވަނީ އިބަ ﷲއަށް ޒިކުރު ކުރުންމަތީ ރޭދުވާ ހޭދަކޮށްފައެވެ.
ياﷲ،
يارحيم
يارحمٰن
އެދުވަހެއްގެ ބިރުވެރި ކަމާއި ނާމާންކަމުން ފުރިގެންވާ قيامة ދުވަހު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން މަތިން އިބަﷲ ހަނދުމަނެތި ނުކުރައްވާދޭނވެ.
ياﷲ،
މާތް ނަބިއްޔާ مُحَمَّد رَسُولُ الله ﷺ ގެ ޖަމާއަތުގައި ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ސުވަރުގޭގައި ލައްވާދޭވެ.
ياﷲ،
އެންމެ ބަރަކާތްތެރި ވެގެންވާ ތަނެއްގައި ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ލައްވާދޭނވެ. ހަމަ ކަށަވަރުން އެންމެ ބަރަކާތްތެރި ތަންތަން މިލްކުވެ ވޮދިގެންވަނީ އިބަ ﷲއަށެވެ. އަދި އިބަ ﷲ ފިޔަވައި ނިކަމެތި އަޅާގެ މައިން ބަފައިންނާއި އަންހެނުންނަށް އެންމެ ރިވެތި ބަރަކާތްތެރި ތަން ކަނޑައަޅާދޭނޭ އިތުރު އެހެން ފަރާތެއް ނުމެވޭމެއެވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ކެތްތެރި، ތެދުމަގު ލިބިގެންވާ އަޅުތަކުންނާއި ދީންވެރީންނާއި ތެދުވެރީންނާއި ޝަހީދުންނާއި ބައިވެރީންގެ ގޮތުގައި އެންމެ ހެޔޮލަފާ މީހުންނާ އެކު ލައްވަވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ކަށްވަޅަކީ އަމާން ތަނެއް ކަމުގައި ލައްވާދޭނވެ. އަދި އެދުވަހެއްގައި ހެކިތައް ޖަމާކުރައްވާ ދުވަހު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ރައްކާތެރި ކުރައްވާ، އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ސާބިތުކަން ދެއްވާ، އެންމެ މަތީ ދަރަޖަ ދެއްވާ އެންމެކުރީ ސަފުގައި ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުން ލައްވަވާދޭނވެ.
ياﷲ،
އިބަ ﷲއީ ދިރިދެމި ވޮޑިގެންވާ އިލާހެވެ.
ياﷲ،
އިބަ ﷲއީ ފެށުމެއް އަދި ނިމުމެއްނުވާ އިލާހެވެ.
އިބަ ﷲއީ ހުރިހާ ޝަރަފަކާއި މަތިވެރިކަމެއް މިލްކުވެ ވޮޑިގެންވާ އެންމެ މަތިވެރި އިލާހެވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށާއި އަޅަމެންނަށް އިބަ ﷲގެ ތަނަވަސް ރަހުމަތުން ހެޔޮ ރަހުމަތް ލައްވާދޭނވެ.
ياﷲ،
مخشر ދުވަހުގައި ހެޔޮލަފާ ސާލިހު އަޅުތަކުންނާ އެކު ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނާއި އަޅަމެން ސުވަރުގޭގެ ތަނަވަސް ބަގީޗާތަކުގައި ލައްވާ، އިބަ ﷲގެ رحمتهގެ ދޮރުކޮޅުތަކުން އަޅަމެން ފޭނުކުރައްވާ، އަބާއްޖަވެރިންގެ ތެރޭގައި އަޅަމެން ނުލައްވާދޭނވެ.
ياحنّان
يامنان
އިބަ އިލާހީ އެންމެ رحيم ވަންތަ رحمان ވަންތަ ގިނަގިނައިން عفو ކުރައްވާ އެންމެ އޯގާވެރި ވަންތަ ރަސްކަލާނގެއެވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް عفو ކުރައްވާ ފާފަ ފުއްސަވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް މަތިވެރި ޝަރަފެއް ދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ މައިން ބަފައިންނާއި އަންހެނުންގެ ކަށްވަޅު ތަނަވަސް ކުރައްވާ، ތޯހިރު ފެނަކުން ތޯހިރު ކުރައްވާ، ހުދު ފޮތިގަނޑެއް ނުތާހިރު ކަމުން ސާފުކުރާ ފަދައިން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ފާފަތައް ސާފު ކުރައްވާދޭނވެ.
ياﷲ،
އިބަ ﷲ އީ އެންމެ އޯގާވެރިވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.
ياﷲ،
އަޅަމެންގެ ތެރެއިން މަރުވެ ގޮސްފައިވާ އަޚުންނާއި އުޚުތުންގެ ތެރެއިން އެބައިމީހުންނަށް ހެޔޮ دعاء ކޮށްދޭނޭ ބަޔަކުނެތް މީސްތަކުންނަށް އިބަ ﷲގެ ތަނަވަސް ރަހުމަތުން ހެޔޮ رحمته ލައްވާ، ފާފަ ފުއްސަވާ، ކަށްވަޅުގެ عذابން ސަލާމަތް ކުރައްވާ، ނަރަކައިގެ ގަދަފަދަ عذابން މިންޖުކުރައްވާ، ސުވަރުގޭގެ ދައިމީ ނިއުމަތް މިންވަރު ކުރައްވާ، އެބައިމީހުންގެ ކަށްވަޅަކީ ސުވަރުގޭގެ ތަނަވަސް ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމުގައި ލައްވާ، އިބަ ﷲގެ ނޫރުފުޅުން އަލިގަދަ ނޫރެއް އެ ކަށްވަޅުގައި ލައްވާދޭނވެ.
يا رحمان
يا رحيم
يا غَفُوْر
ياﷲ،
ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންގެ ގޮވަތި ބަރުޒަގުގައިވާ ގޮވައްޗަށްވުރެ ރަނގަޅު ގޮވައްޗަކަށް ބަދަލު ކުރައްވާދޭނވެ، އަދި ނިކަމެތި އަޅާޔަށް ނަމާދު ޤާއިމް ކުރުމުގައާއި، ހެޔޮއަމަލު ކުރުމުގައި ސާބިތުކަން ދެއްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާގެ އަޖަލުޖެހި އިބަ ﷲގެ ހަޟްރަތަށް ނިކަމެތި އަޅާގެ ފުރާނަ އުފުއްލަވަންދެން ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނަށް އެންމެ ރިވެތި دعاء ތަކުން دعاء ކުރުމަށް ނިކަމެތި އަޅާގެ ދޫ ފަސޭހަ ކުރައްވާދޭނވެ.
ياﷲ،
ނިކަމެތި އަޅާއާއި ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނާ މި ދުނިޔޭގައި ބައްދަލުވި ބައްދަލުވުމަކީ އަޅަމެންގެ އެންމެފަހު ބައްދަލުވުން ކަމުގައި ނުލައްވާ، ނިކަމެތި އަޅާއާއި ނިކަމެތި އަޅާގެ މައިންބަފައިންނާއި އަންހެނުންނާ جنۃالفردوسގައި ބައްދަލުވާނޭ ގޮތް މިންވަރު ކޮށްދެއްވާދޭނވެ.
ياﷲ،
އަޅަމެންނަށް އިބަ ﷲ ފުދެއެވެ. އިބަ ﷲއީ އެންމެހައި ކަންތައްތައް އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އަދި އެންމެ މޮޅަށް ރާއްވަވާ އިލާހެވެ. ހުރިހައި ރިވެތި حمدއާއި سناء މިލްކުވެ ވޮޑިގެންވަނީ އިބަ ﷲ އަށެވެ. އިބަ ﷲ ފިޔަވައި އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި ކައު އިތުރު މާތް ނަބިއްޔާ مُحَمَّد رَسُولُ الله ﷺއީ އިބަ ﷲގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.
ياﷲ، އިބަ ﷲއަށް ނިކަމެތި އަޅާ تَّوْبَة ވަމެވެ.
ياﷲ، ނިކަމެތި އަޅާގެ تَّوْبَة ޤަބޫލްކުރައްވާ ފާފަ ފުއްސަވާ ނިކަމެތި އަޅާގެ دُعَاءُ އިޖާބަކުރައްވާދޭނވެ.
اَمِين يَا رَبَّ الْعَالَمِيْن
- ނޯޓު: މި ދުޢާތައް ވިދާޅުވުމަށްފަހު ވީހާ ގިނަ ބޭފުޅުންނަކަށް ޝެއާކޮށްލައްވާށެވެ! މާތް ﷲ ތިބާއަށް ހެޔޮ ރަހުމަތް ލައްވާށި! އާމީން
One Response
ފުރިހަމަ ލިއުމެއް ސާބަހޭ އަދިވެސް ޓީމް
ފުރިހަމަ ލިއުމެއް….ސާބަހޭ އަދިވެސް ޓީމް