Support Us

މަރުވުމަށްފަހު، ކަލަކު ވޮޑިގެންވާކަން އެނގުމުން ގެއްލުންވާނީ ކާކަށްތޯއެވެ؟

ޑރ. ހަރޭޝް ކުމާރު އަކީ ފިޒިކްސުން ޑޮކުޓްރޭޓު ޑިގުރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. މިހާރު އޭނާ އަކީ އިންޑިޔާގެ މުހިއްމު ޔުނިވަސިޓީ އެއްގައި ލެކްޗަރަރެކެވެ. ލަންޑަންގައި ކިޔަވަން އުޅުނު ދުވަސްވަރު ސްޓެފަން ހޯކިންގެ ފޮތްތައް ކިޔައި، އޭނާގެ ލެކްޗަރ އަޑު އަހަން ފެށުމުން ސްޓަފަން ހޯކިންގެ އިލްހާދީ (އެތިސްޓު) ފިކުރަށް ހިތްޖެހި ކަލަކު ވޮޑިގެންނުވާ ކަމަށް ގަބޫލުކުރެވެން ފެށިއެވެ. އަދި ދުނިޔެވީ ހަޔާތުގައި ތަބާވާންޖެހޭ ދީނެއް ނެތްކަމަށް ވެސް ގަބޫލުރެވެން ފެށިއެވެ. އެހިސާބުން ޑރ. ހަރޭޝް ކުމާރުގެ ހިތުގައި ހިންދޫ މަޒުހަބާ މެދު ނަފުރަތު އުފެދި އެ ދީނުން ބޭރުވިއެވެ.

ޑރ. ހަރޭޝް ކުމާރު ވިދާޅުވެފައި ވެއެވެ. އިލްހާދިއްޔަތުގެ ފިކުރަށް ތަބާވެއްޖައީމެވެ. ކަލަކު ވޮޑިގެންނުވާ ކަމާމެދު ޢީސާއީ ދީނުގެ އިލްމުވެރިންނާއި ޔަހޫދީ ދީނުގެ އިލްމުވެރިންނާ ބަހުސް ކުރީމެވެ. އެފަދަ ބަހުސް ޑރ. ޒާކިރު ނާއިކު އާއެކު ވެސް ކުރީމެވެ. ދެންވެސް އިލްހާދިއްޔަތުގެ ފިކުރު ދޫކޮށްލުމުގެ ވިސްނުމެއް ނައެވެ.

ޑރ. ހަރޭސް ކުމާރު ވިދާޅުވެފައިވެއެވެ. ދެހާސް ފަސް ވަނަ އަހަރުގެ ޗުއްޓީ ތެރެއިން ދުވަހެކެވެ. ގޭގެ ބެލްޖެހި އަޑަށް ދޮރު ހުޅުވައިލި އިރު، އެހުރީ ތަރުކާރީ ވިއްކާ މީހާއެވެ. އާދައިގެމަތިން ތަރުކާރީ ވިއްކަން އައިހެވެ. އޭނަ އަތުން ތަރުކާރީ ގަންނަމުން އަންނަނަތާ ވިއްސަކަށް އަހަރު ވެދާނެއެވެ. އޭނައަކީ ސާދާ މިޒާޖެއްގެ މުސްލިމެކެވެ. ފަސްވަގުތު ނަމާދުކޮށް އުޅޭ މީހެކެވެ. ގަނެވިއްކުމުގައި މަކަރު ހަދައެއް ނޫޅެއެވެ. އޭނަ ތަކެތި ވިއްކާ އުޅެނީ އެކަށީގެންވާ މުނާސިބު އަގަކަށެވެ.

މިދުވަހު، އޭނައަށް ސަޔަކަށް ދައުވަތު ދިނުމުން ގެއަށް ވަދެއްޖެއެވެ. ސައިމޭޒު ދޮށުގައި މިދުވަހު ވެސް ދެއްކި ވާހަކައަކީ ކަލަކު ވޮޑިގެންނުވާ ކަމާމެދު، އައިދާގެމަތިން އަހަރެން ކުރަމުން އަންނަ ބަހުސާ ބެހޭގޮތުންނެވެ.

ވާހަކައިގައި ބައިގަޑިއެއް ހާއިރު ތިބެވުނެވެ. ތެދުވެގެން ދަމުން ތަރުކާރީ ވިއްކާ މީހާ އެބުނެލި ވާހަކައަކުން، އެކަމާމެދު ފަށްފަށުން ވިސްނަން އަހަރެންނަށް މަޖުބޫރުވިއެވެ. މުޅި ޙަޔާތް ބަދަލުކޮށްލި ވާހަކަޔަކަށް ވިއެވެ.

ތަރުކާރީ ވިއްކާ މީހާ ބުންޏެވެ. "ދެގޮތުން ކުރެ ކޮންމެސް އެއްގޮތެއް ދޮގެއް ނުވާނެއެވެ. އެއްގޮތަކީ ކަލަކު ވޮޑިގެންވުމެވެ. އަނެއް ގޮތަކީ ކަލަކު ވޮޑިގެން ނުވުމެވެ. މަރުވުމަށްފަހު، ކަލަކު ވޮޑިގެން ނުވާކަން އެނގުމުން އަޅުގަނޑަކަށް ގެއްލުމެއް ނެތެއެވެ. ޑޮކްޓަރަކަށް ވެސް ގެއްލުމެއްނެތެއެވެ. ދެމީހުން ހަމަހަމަ ވާނެތާއެވެ. ކަލަކު ވޮޑިގެންނުވާނަމަ މަޙުޝަރުކުރުމެއް ނޯންނާނެ ތާއެވެ. އެކަމަކު މަރުވުމަށްފަހު، ކަލަކު ވޮޑިގެންވާކަން އެނގުމުން ގެއްލުމާއި ހަލާކު ހުރީ ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ މީހާއަށެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހަކަށް އެއްވެސް ގެއްލުމެއް ނެތެވެ. މި ދެ ހާލަތުގައި ވެސް ސަލާމަތްކަން އޮތީ ކާކަށްތޯއެވެ؟ ނިކަން ރަނގަޅަށް ޑޮކްޓަރ ވިސްނާލާށެވެ." މިހެން ބުނެފައި ތަރުކާރީ ވިއްކާ މީހާ ހިނގެއްޖެއެވެ.

ޑރ. ހަރޭޝް ކުމާރު ވިދާޅުވެފައިވެއެވެ. އަހަރެން ހިތަށް އެރިއެވެ. މުޅި އުމުރު މިދެނީ "Probability" އާ ބެހޭ ލެކްޗަރުތަކެވެ. އެކަމަކު އެބުނި އިހުތިމާލަކީ މީގެކުރިން، އަހަރެން ހިތަށް އެރި އިހުތިމާލެއް ނޫނެވެ.

ޑރ. ހަރޭޝް ކުމާރު ވިދާޅުވެފައިވެއެވެ. ސަމާވީ ދީންތަކުގެ މައުލޫމާތު ކުރިންވެސް ހޯދީމެވެ. ހުރިހާ ދީނެއް ވެސް ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާކަން ދެނެހުރީމެވެ. އެކަމަކު ކީރިތި ޤުރުއާނަކީ ސަމާވީ ފޮތްތަކުގެ ތެރެއިން 1400 އަހަރު ވެފައިވާ، އެފޮތުގެ އަކުރަކަށް ފިއްޔަކަށް ބަދަލެއް ނައިސް އޮތް ހަމައެކަނި ފޮތް ކަމަށް ޑރ. ޒާކިރު ނާއިކުގެ ލެކްޗަރަކުން އަޑުއެހީމެވެ. މިވާހަކައިގެ ހަގީގަތް ދެނެގަތުމަށް އިންގްލޭންޑުގެ ކުރިސްޓިއަން މެޝިނަރީ އިދާރާއަށް ދިޔައީމެވެ. ޑރ. ޒާކިރު ނާއިކުގެ މިވާހަކަ އެމީހުންވެސް ގަބޫލުކުރިއެވެ.

ޑރ ހަރޭޝް ކުމާރު ވިދާޅުވެފައިވެއެވެ. އިސްލާމްދީން ގަބޫލުކުރިތާ 15 އަހަރު ވެއްޖެއެވެ. ދިރިއުޅުން ކެރެއްލާ ބަދަލުކުރީ ދަރިންގެ އިސްލާމީ ތަޢުލީމަށް ޓަކައިއެވެ. ލިބިވަޑައިގެންނެވީ ތިން އަހެން ކުދިންނެވެ. ހުރިހާ ކުދިންނަކީވެސް ޤުރުއާން ހިތުދަސް ކުދިންނެވެ.

އެދުވަހަށް ފަހު، ތަރުކާރީ ވިއްކާ ޢަބްދުލް އަޙަދުއާ ދިމާވެފައި ނުވެއެވެ. އޭނައަކީ ތެދުވެރި އަޅުވެރި މުސްލިމެކެވެ. ޑރ. ހަރޭޝް ކުމާރު އިސްލާމް ވުމަށްފަހު، ކީނަމަކީ ޢަބްދުލް އަޙަދު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *