Support Us

އެޑްވަޓޯރިއަލް

ފޮޓޯ ފީޗަރ: މިއީ ވާ ފިހާރައެއް! ނެތް އެއްޗެއް ނެތް!

ސްކޫލް ޗުއްޓީއާ ދިމާކޮށް އާއިލާއާ އެކު ރާއްޖެތެރެއަށް ޖައްސައިލުމުގެ ކުރިން ދަތުރަށް ތައްޔާރުވެލަން ބޭނުންވިއެވެ. އެހެންވެ ކުޑަކޮށް ބާޒާރުކޮށްލުމަށް ނުކުތުމުގެ ކުރިން، ވަގުތު ކުޑަތަންވެފައިވާތީއާ ވެސް އެކު، ބާނުންވާ ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭނޭ ގޮތަކާ މެދު ވިސްނާން ޖެހިއްޖެއެވެ. އެވަގުތު ފުރަތަމަ ވެސް ހިތަށް އެރީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ފިހާރަމަތިންނެވެ.

"މަންޝާ އޮންލައިން" އަކީ މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ ފިހާރައެކެވެ. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުރެއެވެ. ނޫނިއްޔާ ރާއްޖެތެރޭ ރަށަކަށް ދާން ބޭނުންވިޔަސް އަދި ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ބޭނުންވާ ހުރިހައި ބާވަތެއްގެ ހަދިޔާ އާއި ގޭތެރޭގެ ހުރިހައި ސާމާނެއް، އަތްފޯރާފަށުގައި މިތަނުން ލިބޭނެއެވެ.

އޮންލައިންކޮށް ބާޒާރުކުރުމުގެ ބަދަލުގައި، އެ ފިހާރައަށް ގޮސް ވަނީއެވެ. އެ ފިހާރަ ހުރީ ފަރީދީ މަގުގައި، އެފް.ޑީ.އައިގެ ބިއްދޮށުގައެވެ.

މަންޝާ އޮންލައިން ފިހާރައަށް ވަނުމާއެކު ފުރަތަމަވެސް އަޅައިގަތީ ޓައިލްސްމަތީގައި އަތުރައިފައި ހުރި އެކި ސައިޒުގެ، އެކި ކުލަކުލައިގެ ފޮށިތަކުގައެވެ. ނަގާނެ ނުނަގާނެއެއް ނޭނގުނެވެ. ހެދުން އަޅާނެ ފޮއްޓަކާއި އަތްދަބަހެއް ނަގަން ބޭނުންވިއެވެ. އަދި ކުދިވެރިންނަށް ވެސް ފޮއްޓެއް ނަގަން ބޭނުންވިއެވެ.

ފޮށި ނެގުމަށްފަހު ދެން އެތެރެއަށް ހިނގައިގަތީ، ފޮއްޓަށް އަޅާނެ ސާމާނު ހޯދާށެވެ. ދާން މި އުޅެނީ ރާއްޖެތެރޭގެ ރަށަކަށް ކަމަށްވެފައި، އެ ރަށުގައި ތިބޭ ރަހުމަތްތެރިންނަށް ހަދިޔާއެއް ނުލާ މިހާ ދުވަސްކޮށްފައި ދާން ނުކުރޭނެތީ، އެ ވެރިންނަށް ދޭނެ ހަދިޔާކޮޅެއް ވެސް ބޭނުމެވެ. އެހެންވެ އެ ރަށުގައި އާއްމުކޮށް ލިބެން ނެތްހެން ހީވާ އެއްޗެތި ފެނޭތޯ ހޯދާލީމެވެ.

އެންމެ ފުރަަތަމަ ވެސް ލޮލުގައި އަޅައިގަތީ ހިތްގައިމު ޕްލާސްޓިކް ތަށިތަކެއްގައެވެ. ބަލައިބެލުމަށް އެހާ ރީތިވެފައި އުފުލާ ހަދަން ވެސް އެހާ ލުއި މި ތަށިތަކުން ދެ ތައްޓެއް ނަގައިގެން ހިނގައިގަތީމެވެ. އެއީ ފާތުންނަށާއި އައިންތުއަށެވެ.

ދާން މި އުޅޭ ރަށުގައި އަހަރުމެން ތިބޭ ގޭގައި ލޯބިލޯބި ދެތިން ކުޑަކުދިން ވެސް އުޅެ އެވެ. ކައިލް އާއި ކައިރާ އާއި ޒައިކެވެ. އެ ކުދިންމަތިން ހަނދާންވީ އެނބުރިލިތަނާ ފެނުނު ކުޑަކުދިންގެ ލޯބިލޯބި ނިދާ ހެދުންތައް ފެނިގެންނެވެ. ވަރަށް ވެސް ތަފާތު ޑިޒައިންތަކުގެ ނިދާ ހެދުންތައް އެތަނުގައި ހުއްޓެވެ. ކަމުދާހެން ހީވާ ދެތިން އެއްޗެއް ނަގައިފީމެވެ.

ރަށަކަށް ގޮސްފިއްޔާ ދާން އޮންނާނެ ތަނަކީ ރަށްޓެހިންނާ އާއިލާގެ ކުދިންނާ އެކު މަޖާކޮށްލަން ކުޅިއަށާއި ފިނޮޅަށެވެ. އެހެންވެ ޕިކްނިކް ދާން ބޭނުންވާނެހެން ހީވާ އެއްޗެހި ފެނޭތޯ އަރިއަރިއަށް ނަޒަރު ހިންގައިލައިފީމެވެ. ދުވަސްކޮޅުގެ ގޮތުން، މިއީ ހޫނު ގަދަ ދުވަސްވަރަކަށްވާތީ އެ ރަށުން އެނބުރި އަންނައިރު މީހާ އަނދާ ބޮލިކައިފާނެ ކަމަށް ބަލައި އެންމެ ފުރަތަމަ ވެސް ބޭނުންވީ އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ. އެހެން ހިތާ ބަލައިލިއިރު ބޯމަތީގައި އެލުވައިފައި ހުރި ވަރަށް ޗާލު ތޮފިތަކެއް ފެނިއްޖެ އެވެ. އެތަނުން ރީތި ތޮއްޕެއް އަޅައިފައި، ފަރިތޯ ބަލައިލީމެވެ. އަސްލުގައިވެސް ވަރަށް ފަރިއެވެ.

ކަމަކު ދާކަށް ނެތެވެ. މިހިރީ އެންމެ ބޭނުންވެގެން އުޅުނު ކަހަލަ އަވިއައިނެވެ. އައިނު އަޅައިލުމުން ވަރަށް ސަޅިއެވެ. ހިތަށް އެރިއެވެ. އެންމެ އައިނަކުން ނުވާނެއެވެ. ސަބަބަކީ އެ ރަށަށް ދާއިރަށް ރައްޓެހި ކޮފީ ގްރޫޕުގެ ކޮންމެ މީހަކު ވެސް މި އައިނު ބޭނުންވާނެތީއެވެ. އެހެންވެ މިތަނުން ދެތިން އައިނު ނަގަން ބޭނުންވިއެވެ. އެއީ އަހަންނަށް އެއްޗަކާއި ޝުވާ އަށާއި ބޮޑުޒީއަށާއި ފަނާރަށެވެ. ފަނާރަކީ އަބަދުވެސް އެކި ސްޓައިލްގެ އަވިއައިނު އެއްކުރާ މީހެކެވެ.

އެތަނުން އެނބުރިލި ވަގުތު ފެނުނީ ތަފާތު ޑިޒައިންތަކުގެ އެކިވަރުގެ ކުޑަތަކެކެވެ. މިއީ އަތްވާއި ވާރޭން ވެސް ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލު ކަަމަށް ބަލައި އެތަނުން އެންމެ ރީިތި ކުޑަ ނަގައިފީ އެވެ. މިއީ ކުދިވެރިންނަށް ވެސް ވަރަށް ކަމުދާނެ ކުޑައަކަށް ވާނެކަން ޔަގީނެވެ.

އަނެއްކާ ވެސް ހަދިޔާ ހަމަކުރަން ހިތަށް އެރިތަނާ ލޮލުގައި އަޅައިގަތީ އެންމެ ކޮލިޓީ ޗޮކްލެޓްތަކެވެ. އެކި ވައްތަރުގެ ޗޮކްލެޓް ޕެކެޓްތަކާއި ޔޭޔޭ ކޮފީ ޕެކެޓް ވެސް ހުއްޓެވެ. އެހެންވެ ދެތިން ޕެކެޓް ޗޮކްލެޓާއި ޔޭޔޭ ކޮފީ ޕެކެޓެއް ވެސް ނަގައިފީމެވެ.

ކުރިއަށް ހިނގައިގަތް ތަނުން ފެނުނީ އެ ތަނުގައި ހުރި ސޮފްޓް ޓޯއީސް ތަކެއްގައެވެ. ކަފައިން ހަދައިފައި ހުރި ވެލާތަކެއްގައެވެ. އެއީ ވެސް ކުޑަކުދިންނަށް ހަދިޔާއަށް ދޭން ވަރަށް ފައްކާ އެއްޗެކެވެ. އެހެންވެ މިކްޔާލަށާއި އަލްޔާއަށް ދޭން އޭގެން ދޭތިވެސް ނަގައިފީމެވެ. ކޮންމެ އެއްޗެއްގައި "މޯލްޑިވްސް" ޖަހައިފައި އޮތެވެ.

މިތަނުގައި ނުނަގާ ދޫކޮށްލާނެ އެންމެ އެއްޗެއް ވެސް ނެތެވެ. ނަމަވެސް މިއަދު މިއައީ ކުޑަކުޑަ ބާޒާރެއް ކޮށްލުމުގެ ބޭނުމުގައި ކަމުން ސީދާ ފިހާރަ ހުޅުވާ ގަޑިއަށް ދިމާކުރުމުން ކަސްޓަމަރުންގެ ތޮއްޖެހުން ވަރަށް ކުޑަ އެވެ. އެހެންކަމުން ގަދަޔަށް ފިނިކޮށްފައި ހުރި ފިހާރަތެރެ ބަލައިލައި، ބޭނުންވާ އެއްޗެއް ހޯދައިލުމުގެ ފުރުސަތު ވަރަށް ފަސޭހަކަމާ އެކު ލިބުނީތީ ވަރަށް އުފާވިއެވެ.

ފިހާރައިގައި ހުރި މުދާތައް ބަލަމުން ދަނިކޮށް އަނެއްކާ ވެސް މިއޮތީ ރަނުގެ ފުރުސަތެއް ލައްވައިލައިފަ އެވެ. ސްކޫލްތައް ހުޅުވެންވާއިރަށް ކުރަންޖެހޭ ސްކޫލް ބާޒާރު މިތަނުގެ ތެރެއިން މި ފެނުނު ހިތްގައިމު ސްކޫލް ދަބަސްތަކުން އެތައް ތަނެއް ލުއިވެގެން ހިނގައްޖެއެވެ. އެންމެ ހޯދަން އުނދަގޫވާ އެކައްޗަކަށް ވެފައި އޮންނަނީ އަބަދުވެސް ސެޓް ހަމަވާ ސްކޫލް ދަބަހެވެ. އެކަން ވެސް މަންޝާ އޮންލައިންއިން މިއޮއް ކޮށްލެވުނީ އެވެ.

މިހާރު ހަދިޔާ ނަގަމުން މި ދަނީ ކޮންމެހެން ވެސް ހަދިޔާ ދޭންޖެހޭ މީހުންނަށެވެ. ކުޑަ އަންހެން ކުދިން އެންމެ ބޭނުންވާ ބާބީތައް ފެނުމުން ލިލީމަތިން ވަރަށް ހަނދާންވެއްޖެއެވެ. އެ މަންޖެ އަބަދުވެސް ބާބީއަކާ ހެދި އުޅޭވަރުންނެވެ. އެހެންވެ ބާބީތައް ގިނަކަމުން ނަގާނެ ނުނަގާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. އެންމެ ފަހުން އެންމެ ބޮޑު ސެޓް ނެގީމެވެ.

ފިހާރަތެރޭގައި މަޑުމަޑުން ހިނގަމުންދިޔަ ވަރަކަށް ބޭނުންވާ އެއްޗެހި ނޫން އެއްޗެއް ނުފެނެ އެވެ. ކޮންމެ އެއްޗެއް ފެންނަ އިރަށް ކޮންމެވެސް މީހެއްގެ މަތީން ހަނދާންވެއެވެ. ބަދިގޭގައި ބޭނުންކުރާ ސާމާނުން ފެށިގެން ގޭތެރޭގައި އެންމެ އާއްމުކޮށް ހިފައިގެންގުޅޭ ސާމާނުތަކެވެ. އަދި ކަރަންޓާއި އެ ބާވަތުގެ މަސައްކަތަށް ބޭނުންވާ ސާމާނުވެސް މެއެވެ. މިއީ އާދައިގެ ތަނެއް ނޫނެވެ.

އަސްތާ މި ފެނުނީ އަދި މާ މުހިންމު އެއްޗެކެވެ. ޝަހޫ މޮޔަވާނެ ކަހަލަ އަތްދަބަހެކެވެ. ހަމަ ބްރޭންޑަޑް އަތްދަބަހެކެވެ. އަވަހަށް ޝަހޫގެ ހަދިޔާ ނަގައިފީމެވެ.

އަދި ކޮބައިހެއްޔެވެ؟ ރީތި އަތްފޯރާފަށުގައި މިހުރީ ކޮން ކަހަލަ ރީތި އަތުކުރީ ގަޑިތަކެއް ހެއްޔެވެ؟ ރިންޒީ އާއި ފާތިހުގެ ވެޑިންގައި މި ދިނުމުން އެ ދެ މީހުން ހަމަ މޮޔަވާނެކަން ޔަގީނެވެ. އެހެންވެ އެ ދެ މީހުންނަށް އެންމެ ރަނގަޅު ހަދިޔާ ނަގައިފީމެވެ.

މި އާދެވުނީ ސެންޓު ހަރު ކައިރިއަށެވެ. އެކި ވަސްވަހުގެ، ބްރޭންޑަޑް ސެންޓުތައް ހަމަ ބައިވަރެވެ. އަގުވެސް ހަމަ އަތްފޯރާފަށުގައެވެ. އެހެންވެ ހައެއްކަ ފުޅި ސެންޓު ނަގަން މަޖުބޫރުވެއްޖެއެވެ. އެއީ، ޒަހީނާއަށާއި ފިރާޝާއަށާއި މީރު ރިހަ ކައްކާ އައިސައަށާއި އަންމިއަށާއި ސަނާއަށާއި ހައްވަޅޭއަށާއި ޝަކީބާއަށެވެ. ދެން ބޮޑީ ލޯޝަން ކޮޅަކާއި ރޫމް ސްޕްރޭކޮޅެއް ވެސް ނެގީމެވެ. ކޮންމެވެސް މީހަކަށް ދޭން ހުރެދާނެނޫންހެއްޔެވެ؟

ދެން މި ފެނުނީ އަދި މާ މުހިންމު އެއްޗެކެވެ. ކުޑަ ގޮނޑިއެކެވެ. މިއީ ޔައިކް އަބަދުވެސް ބޭނުންވެގެން އުޅޭ ވައްތަރުގެ ގޮނޑިއެކެވެ. އެހެންވެ މިތަނުން ރަތްކުލައިގެ ގޮނޑިއެއް ޔައިކަށް ނަގައިފީމެވެ.

މިހިރީ ކަރުގައި އަޅާ ފަށެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް ހަމަ އެއްވަނައެވެ. އެހެންވެ، ކޮންމެވެސް ބަޔަކަށް ދޭން މީގެ ދެތިން ހަތަރު ފަށް ވެސް ނަގައިފީމެވެ.

މިއީ ހަސަން މޫދަށް ދާން ބޭނުންވެގެން އުޅޭ ކަހަލަ ސޯޓެކެވެ. އަދި ހަމަ އޭނާ އެންމެ ގަޔާވާ ވައްތަރުގެ ޓީޝާޓެވެ. އެހެންވެ ދެތިން ހަތަރު ސޯޓާއި ޓީޝާޓްކޮޅެއް ވެސް ނަގައިފީމެވެ.

މިހާރު މި ހުއްޓެވުނީ މާ ސަޅި ހިސާބެއްގައެވެ. މިއީކީ ކޮންމެހެން ޓޫރިސްޓުންނަށް އެކަނި ކަމުދާ އެއްޗިއްސެއް ނޫނެވެ. ދިވެހިންނަށް ވެސް ވަރަށް ކަމުދާނެއެވެ. ރާއްޖޭގެ މަންޒަރުތައް ކުރަހައިފައި ހުރި ގަޑި އާއި ފިލާކޮޅުކޮޅާއި މަގެވެ. މީގެން ވެސް ދެތިން އެތި ނަގައިފީމެވެ.

މިއީ ހެލްމެޓެކެވެ. އަބަދު ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާއިރު އިތުރު ހެލްމެޓެއް ބޭނުންވެގެން އުޅޭތާ ލައްކަ ދުވަސްވެފައި ވާތީ، ހެލްމެޓެއް ވެސް ނެގީއެވެ.

ގޭގައި އެއް މުސައްލަ އޮންނާތީ ކުދިވެރިން އަބަދުވެސް މައްސަލަ ޖައްސައެވެ. އެހެންވެ ރީތި މުސައްލަތައް ފެނުމުން، ދެ ސައިޒުގެ ދެ މުސައްލަ ވެސް އަވަހަށް ނެގީމެވެ.

މި ޗުއްޓީތެރޭގައި ނާސިހު ހިތާނުކުރާނެއެވެ. އެހެންވެ އެ ގެއަށް ގެންދަން ވެސް ރަނގަޅު ހަދިޔާއެއް ފެނުމުން މީގެ ދަމާއެތިކޮޅެއް ވެސް ނަގައިފީމެވެ.

ފްލައިޓުގައި ދާއިރު ކަނދުރާއަށް ތަދުވާ މައްސަލައަކީ ބޮޑު މައްސަލައަކަށް އަބަދުވެސް އޮންނަނީ ވެފައެވެ. މީގެ ނެކްޕިލޯއެއް ގަންނަން އަބަދުވެސް ބޭނުމެވެ. ހަމަ ނުގަނެވި ދަނީއެވެ. އެހެންވެ މި ފަހަރުގެ ދަތުރަށް އެރުމުގެ ކުރީން މީގެ ހަތަރު ނެކްޕިލޯ ނެގީއެވެ. ކުދީންނަށާ ވެސް އެކުގައެވެ.

މިއީ ޖީޕާސް ރައިސް ކުކަރެކެވެ. ރޯދައަށް ގަތް ގޭސް ކުކަރ މިހާރު ހުރީ ހަލާކުވެފައެވެ. ކޮންމެކޮންމެ ތަނަކުން ގަތީމާ ވާނީ އެހެންކަން އޭރު ވެސް އެނގެއެވެ. ހަމަ ގައިމު ވެސް މިއީ އުމުރު ދިގު ރައިސް ކުކަރަކަށް ވާނެކަން ޔަގީނެވެ. މަންޝާ އޮންލައިން ފިހާރައިން ގަތީމައެވެ.

މިއީ ވަރަށް އާސާރީ ސާމާނުގެ ހަރެކެވެ. އިތާމުތުގެ ދޯންޏާއި ވަޅި އާއި އެކަހަލަ ސާމާނެވެ. އަދި ވަރަށް މަދުން ނޫނީ މިހާރު ނުފެންނަ ބޮޑު އެންދެރިގަނޑެއް ވެސް އެބައޮތެވެ. އެކަމަކު މި ފަހަރު މީގެން އެއްޗެއް ނުގަންނާނަމެވެ. ލަންކާއަށް ދާ ފަހަރަކުން އަންނާނީއެވެ.

ފިހާރައިގެ ތެރޭގައި ބާޒާރުކުރުމުގައި އަަވަދިނެތި އުޅެނިކޮށް ކުއްލިއަކަށް ދިމާވީ ޔޫތުބޭބެއާ އެވެ. މިތާނގައި ކޮޮން ކަމެއްތޯ ކުރަނީ އަހާލީމާ ބުނީ މި އުޅެނީ އެ ރަށުގެ ކޮންމެވެސް ކުއްޖެއްގެ އުފަންދުވަހުގެ ހަދިޔާއަކަށް ގެންދަން ރަނގަޅު އެއްޗެއް ހޯދާލަން ކަމަށެވެ. އެހެންވެ މި ތަނުގައި ހުރި އަންހެންވެރިން އެންމެ ބޭނުންވާނެހެން ހީވާ ކަހަލަ މޭކަޕް ސެޓްތައް ބޭބެއަށް ދައްކާލީމާ ބޭބެ ވަގުތުން އެ ނަގައިފި އެވެ.

އެކަނިވެރިކަމުގައި ހޭދަކުރި ބާޒާރުކުރުމުގެ ވަގުތުތައް ދެން ބޭބެއާ އެކު ކުރިއަށް ގެންދަނިކޮށް ބޭބެގެ ލޮލުގައި އަޅައިގަތީ ޗާލު، ކޮލިޓީ ބެޑްޝީޓްތަކެކެވެ. ބޭބެ ވެސް ވަކި ދުލެއް ނުކުރިއެވެ. ހަދިޔާ ފޮށި ބޮޑުކޮށްލަން ބޭނުންވެގެން އެތަނުން ޗާލު ބެޓްޝީޓް ސެޓެއް ވެސް ނަގައިފި އެވެ. ކާކަށް ދޭން ކަމެއް ނޭނގެއެވެ.

ދެންވެސް ފެންނަ ކޮންމެ ތަނަކަށް ބޭބެ ވެސް ހުއްޓި އޭނާ ބޭނުންވާ ސަމާނުތައް އެއްކުރަމުން ދެއެވެ.

މަންޝާ އޮންލައިން މިއީ ކަނބަލުންގެ އިިތުރުން ފިރިހެންވެރިން ވެސް ބޭނުންވާނެ އެތައް ގިނަ ސާމާނުތަކެއް ލިބެން ހުރި ތަނެކެވެ. ފިރިހެން ވެރިން މޫދަށްދާ ސޯޓާއި ހަވީރީ ސޯޓުން ފެށިގެން ގޮސް ފައިވާން ވެސް ތަފާތު ޑިޒައިންތަކުން އެބަހުއްޓެވެ.

ގޭގެ އިސްތިރި ހަލާކުވީ އިއްޔެއެވެ. އެހެންވެ އިސްތިރިއެއް ވެސް ވަރަށް މުހިންމެވެ. އެހެންވެ އަވަހަށް އިސްތިރިއެއްވެސް ނަގައިފީމެވެ.

މިހާރު ލައްކަ ސާމާނު ގަނެވިއްޖެ އެވެ. މި ފަހަރަށް ބޭނުންވާ ވަރަށްވުރެ އިތުރުވެސް ވެއްޖެ އެވެ. ފޫހިކަމެއް ނެތި ކުރަމުން ދިޔަ ބާޒާރު މެދުކަނޑާލަން ނިންމީ ބޭބެ ސައިބޯން ދާން ބުނުމާ އެކު ބަނޑަށް އެއޮއް ވާންފެށި ގޮތެއްގެ ސަބަބުންނެވެ.

އަހަރެމުން ކުރި ބާޒާރަށް މާބޮޑު އެއްޗެއް ނޭރި އެވެ. ވީ އުފަލެއްގެ ބޮޑުކަމުން ހިނގައިގަތްތަނާ ސޭޓު ގޮވައިލިއެވެ. އަދި ވަރަށް ރީއްޗަށް ބަންދުކޮށްލައިފައި އޮތް ކުޑަ ޕާރުސަލެއް ދިއްކޮށްލިއެވެ. ސޭޓު ބުނީ އެއީ އެހާ ގިނަ ސާމާނު ގަތުމުން، މަނިކު ސޭޓުގެ ފަރާތުން ދެއްވާ "ސަޕްރައިޒް ގިފްޓެއް" ކަމަށެވެ. އެހެންވެ އެ ހަދިޔާ އަށް ޝުކުރު އަދާކޮށް، ފިހާރައިގެ ހުރިހާ ސޭލްސްމަނުންނާއެކު ފޮޓޯއެއް ނެގީއެވެ.

އެހާ ހިސާބުން، މަޝްހޫރު މަނިކުސޭޓާ ބައްދަލުކޮށްލަން ބޭނުންވިއެވެ. އެކަމަކު ފިހާރައިގެ ސޭޓު ބުނީ މަނިކު ސޭޓު މިވަގުތު ހުންނެވީ ބެންގަލޫރުގައި ކަމަށެވެ. ނަމަވެސް ފިހާރަތެރޭގެ ހަރަކާތްތައް މަނިކު ސޭޓަށް ވަގުތުން ވަގުތަށް ފެންނާނެ ކަމަށެވެ.

"މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް ހަމަޖެހޭނެ ކަމަށް ސޭޓު ބުންޏެވެ.

"މަންޝާ އޮންލައިން" ފިހާރައަށް ކުރި ޒިޔާރަތުގައި އެންމެ ބޮޑަށް ފާހަގަވީ ތަނުގެ މުވައްޒަފުންގެ ހިތްހެޔޮކަމާއި މެހެމާންދާރީއެވެ. ކޮންމެ މުދަލެއްގެ ވެސް ތަފްސީލް ކިޔައިދޭ ކަމަށެވެ. މިކަމުން އެނގުނީ މަނިކު ސޭޓް ވަނީ އޭނާގެ މުވައްޒަފުންނަށް ކަސްޓަމާ ކެއާ ވޯލްޑްކްލާސް ފެންވަރަށް ކިޔައިދީފައި ކަމެވެ. އެ މުވައްޒަފުންގެ ހީވާގި ކަމާއި ކަސްޓަމަރުންނަށް ދޭ އަހައްމިއްޔަަތަށް ޝުކުރު އަދާކުރުމަށްފަހު ބޭބެއާ އެކު ސައިބޯން ދާން އަވަހަށް ނައްޓާލީ އެވެ. އެހެން ފަހަރަކުން ނަމަވެސް މަނިކު ސޭޓާ ބައްދަލުވުމުގެ ފޮނި އުންމީދުގައެވެ.

މަނިކު ސޭޓުގެ ލޯބި ހަދިޔާ ކަނޑާނީ ޗުއްޓީގައި އެ ރަށަށް ގޮސްފައެވެ. އެހާތަނަށް އެ ބާއްވާނީ ހަމަ ސަޕްރައިޒްއަކަށެވެ.