Support Us

ޓްރަމްޕްގެ އިސްތަށިފުޅާމެދު ބައިޑަން މަލާމާތް ކުރައްވައިފި

އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހޫނުވެފައި ވަނިކޮށް މިހާރުގެ ރައީސް ޖޯ ބައިޑަން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްގެ އިސްތަށިފުޅާމެދު މަލާމާތް ކުރައްވައިފިއެވެ.

މި ދެ ބޭފުޅުން ވެސް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިފައެވެ. އަދި ދެ ބޭފުޅުންގެ އަމާޒަކީ ވެސް ދެވަނަ ފަހަރަށް އެމެރިކާގެ ރައީސްކަން ކުރެއްވުމެވެ.

ބައިޑަންގެ މަލާމާތް ރައްދުވީ ކޮވިޑް-19ގެ ބަލިމަޑުކަން ނައްތާލުމަށް ވެކްސިނެއްގެ ގޮތުގައި ބްލީޗް އެކުލެވޭ އިންޖެކްޝަން ޖެހުން ރަނގަޅު ވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ވިދާޅުވުމަކާއެވެ.

އުމުރުން 77 އަހަރުގެ ޓްރަމްޕަކީ "ބްލޮންޑް"އެކެވެ. މާނައަކީ އިސްތަށިގަނޑު ރީނދޫ ކުލައިގައި ހުންނަ ބޭފުޅެކެވެ. ގުދުރަތީ ގޮތުންނެވެ. އިސްތަށިގަނޑު ރީނދޫ ކުލައަށް ބަދަލު ކުރަން ބްލީޗްގައި ހިމެނޭ ކެމިކަލްގެ ބާވަތެއް ވިއްކަން ހުރެއެވެ.

"ބްލީޗް އެކުލެވޭ އިންޖެކްޝަނެއް ޖެހުމުން އެ ހުރިހާ ބްލީޗެއް ފޯރީ ޓްރަމްޕްގެ އިސްތަށިފުޅަށް،" ވޮޝިންޓަންގައި ކެމެޕޭން ކުރައްވަމުން ބައިޑަން ޓްރަމްޕަށް މަލާމާތް ކުރެއްވިއެވެ.

"ބްލީޗް އެކުލެވޭ އިންޖެކްޝަނެއް ނުޖަހާތި. އަދި ބްލީޗް އެކުލެވޭ އިންޖެކްޝަން ޖަހަން އެދިވަޑައިގަތް ލީޑަރަށް ވެސް ވޯޓު ނުދޭތި،" އުމުރުން 81ގެ ބައިޑަން އެކްސްގައި ވިދާޅުވިއެވެ.

ބްލީޗަކީ ކޮވިޑްގެ ފަރުވާއެއް ކަމަށް ވިދާޅުވެ، މީގެ ހަތަރު އަހަރު ކުރިން، އެޕްރީލް މަހުގެ 23 ގައި ޓްރަމްޕް ދެއްކެވި ވާހަކައިގެ ވީޑިއޯއެއް ވެސް ބައިޑަންގެ ޓްވީޓްގައި ހިމަނުއްވައިފަވެއެވެ.

އިންތިހާބު ކައިރިވާ ވަރަކަށް ދެ ބޭފުޅުންގެ ވާދަވެރިކަން ދަނީ އެންޓި-ކެމްޕޭން ކުރުމަކަށް ބަދަލުވަމުންނެވެ. އެ ގޮތުން ބައިޑަން އާއި ޓްރަމްޕް މިހާރު ވަނީ ކެމްޕޭން ކުރެއްވުމުގައި ޒާތީ ވާން ވެސް ފައްޓަވައިފައެވެ.

ޓްރަމްޕް އާއްމު ގޮތެއްގައި ބައިޑަނަށް ކުރައްވާ މަލާމާތުގައި ބައިޑަން ވާހަކަ ދެއްކެވުމުގައި ހުންނަ އައިބަކަށް އިޝާރާތް ކުރައްވައެވެ. އަދި ބައިޑަންއަކީ "ނިދިފައި" ހުންނަވާ ބޭފުޅެއް ކަމަށް ވެސް ސިފަކުރައްވައެވެ.

މި ދަނޑިވަޅުގައި ބައިޑަން ބޮޑަށް މަލާމާތް ކުރްވަނީ ޓްރަމްޕްގެ މާލީ މައްސަލަތަކަށެވެ. އެ ގޮތުން ޓްރަމްޕަކީ "ބަނގުރޫޓު" ވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ މަލާމާތް ކުރައްވައެވެ. ބައިޑަންގެ މި އިޝާރާތަކީ ހަށިވިއްކާ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިލްސް އާ ޓްރަމްޕް ބޭއްވި ގުޅުން ފަޅާއަރައިފާނެތީ ސްޓޯމީ "ހަމަހިމޭނުން" ބެހެއްޓުމަށްޓަކައި ފައިސާ ދިނުމަށް ޓްރަމްޕް ކުރެއްވި މާލީ ރެކޯޑުތަކެއް އޮޅުވާލުމުގެ މައްސަލައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *