Support Us

ލިޔުންތެރިޔާ: ރޯނުގޭ ހަސަންމަނިކު

ޅެންވެރިކަމުގެ ދާއިރާއަށް 1975ވަނަ އަހަރުން ފެށިގެން ޚިދުމަތްކުރައްވަމުން ގެންދަވާ ހަސަން މަނިކަކީ، ކުޑަކުދިންނަށް ޚާއްޞަ ޅެމާއި، ޤައުމީ އެކިއެކި މުނާސަބަތުތަކަށް ހައްދަވައިދެއްވާފައިވާ ޅެމާއި، މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށް ރީތި ލަވަތަކެއް ހައްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. ތަމްސީލު ކުޅެއްވުމާއި ޑްރާމާ ކުޅުއްވުމަކީ ހަސަންމަނިކުގެ ތަފާތު ހުނަރެއް ފެނިގެންދާ ފަންނެކެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 2005ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. ހަމަ އެހެންމެ ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 2014ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.