ހިތް ނުބައި ނުކުރާނެ އަނެކާއަށް އެއީ ބޮޑު ގޯހެކޭ
ހިތް ރަނގަޅު ނުވެ ކަން ރަނގަޅުވޭބާ، އެއީ ހަމަ ގޯހެކޭ
އަބަދު އެއް ހަމައެއްގައެއް ދުޅަހެޔޮ ކަމެއް ވެސް ނޯވެއޭ
އެ ބަދަލަށް ނުރުހުންވުމީ ހަމަ ކަށަވަރުންވެސް ގޯހެކޭ
ކޮންމެ ވަގުތަކު ހިތްއެދޭ ވާހަކަތަކެއް އަނެކާ ފުށުން
ކޮންމެ ދުވަހަކު ނީވުނަސް، ހިތް ބުރަވުމީވެސް ގޯހެކޭ
އެއްގޮތެއްގައި ދެ ދުވަހެއް ނުފެނުން އެއީވެސް ގާތްކަމެއް
އެއް ކަމެއްވެސް ގޯހެކޭ ހީކުރުމަކީ އޮތް ގޯހެކޭ
ހިތުގެ އިޚުލާސްތެރިކަމާމެދު ޝައްކު އުފެދޭ މިންވަރަށް
ފިތުނަ ކުރިއަށް ނެރުމަކީ ޝައްކެތް ނެތޭ ބޮޑު ގޯހެކޭ
ޙުރުމަތަށް އަނެކާގެ ބެލުމެއް ނެތި ވެވޭ ކުށްހީއަކުން
ނުރުހުމާ ނަފުރަތުގެ ކަޅި އެޅުމީ އެއީ ރޯ ގޯހެކޭ
އަޚުކަމާ ގުޅުމަށް ބުރޫއަރަމުން ގުޅުން ކެނޑިދާނެހެން
ވަހުމުގައި ނުނިޔަތް ލުމީ ހަމަ ކަށަވަރުންވެސް ގޯހެކޭ
ނުރުހުމާ ރުހުމާ އެއީ ދުނިޔޭގެ މިހިނގާ ދައުރުގައި
ދުރުވެވެން ނެތް އެއްޗެކޭ، ވެވުމީ ދެބަސް ބޮޑު ގޯހެކޭ