ޒަމާން ދަައްކައިދެނީ ކަޅުފޮއިކަމުގެ އަނދިރީގެ ރޭތަކެކޭ
ސަމާލުވެ ހޭނުލައި ތިބިނަމަ ހިތާމަ ލިބޭނެ ރޭތަކެކޭ
ވިލާތަައް އުދަރެހުން ނަގަމުން އުޑަށްބަނަކަން ދެމުންއެެދަނީ
ހިލާލުގެ ނޫރު ފަރުދާވެވި ފޮރުވި އުޑުދާނެ ރޭތަކެކޭ
އިރުގެއަލިކަން ބިމަށްކެނޑިގޮސް ގަހާގެހި މަރުވެގެންދާހައި
ދިރުންކެނޑިދާ ނުރައްކާތެރި އަސަރު އެކުވާނެ ރޭތަކެކޭ
ބޮލެެއްހުރެގެން އެއަށްވިސްނައި ފިކުރުހިންގައި ހަދައިދީފައި
ލޮލެއް ހޭލައި ބަލަން ނެތްނަމަ ހިތާމަ ލިބޭނެ ރޭތަކެކޭ
ދޮށީ ވިސްނުންތަކުން ވިސްނައި ފިކުރުހިންގޭނެ މޮޅުފޮތްތައް
ފޮށީގައި ފޮރުވިފައި އޮވެގެން ނަފާ ނުކުރާނެ ރޭތަކެކޭ
ބޮލުގެ ދުރުމީ އަޅައިގެން ދުރު ބަލައިނުމެލައި ތިބޭ ފަދައިން
ލޮލުން ދެކެފައި އަޅައިނުލިޔަސް އައުން ނޭދޭނެ ރޭތަކެކޭ
