ވަހުމުން ހިތެއް ފުރިއްޖެ ތަ، އަސްތާ އެ ވާ ގޮތެއް
ފަހުމެއް ނުވާނެ އެއްކަމަކުން ވެސް ރަގަޅުކަމެއް
މަތިހަށިނަގައި އުޅޭއިރު އެކި ގޮތްގޮތަށް ހިނގައި
ކަތި ފިޔަވަޅެއް އެޅޭއިރު ވާނޭ ތަ މޭރުމެއް
ޢިއްޒަތުގެ ތާޖަކުން އެޅި މުޅި ބޯ ނިވާވުމުން
ޢިއްޒަތްތެރީންގެ ނަން ނޫނީ ނެތް ލިބޭކަށެއް
ހޭލައި ތިބުން ޒަމާނުގެ ފުރޮޅުންތަކަށް ބަލައި
ހޭލައިފި ނަމަ ހިތެއް ހާސްވާނެ އަލިމަގެއް
ރަޙުމެއް ނުވާނެ ހިލަ ހިތަކުން ގައިމުވެސް ނެތޭ
ޒަޚުމުން އުފެއްދި ވޭނުގެ ހިތި ނޫން ލިބޭކަށެއް
ދަތިކަން ހިތަށް ލިބޭ ފިލުވޭބާ މި މޭރުމުން
ކަތި މަގުތަކުން ފިލައި ކުރުމުން ހިތް އެދޭ ކަމެއް
ވިސްނުމުގެ ތިލަފަތުން ނުކިރޭނަމަ މިވާގޮތެއް
ދަސް ވާނެކަން ޔަޤީނެ ފަހުން ވީނުވީ ގޮތެއް
އިންސާނުނަށް މި ދެއްވެވި ޒިހުނެއްގެ މޮޅުކަމުން
އިންސާފުކޮށް ބަލާނެ ކަމަށް އެންމެ މޮޅު ގޮތެއް