ސްޕޯޓުސް ޑުރިންކޭ ކިޔައި އިއްޔެ ގޮވިއޭ
އެ ބޯށޭ، ހަކަތައޭ ކިޔައި ނަންއެރުވިއޭ
އެތައް އިސްތިހާރެއް ބަހައި ރަށުތެރޭގައި
ހިތަށް އޭގެ ވަސްވާސް ދެމުންވެސް ހިނގީއޭ
ޒުވާނުންގެ ރޫހެއް ކަމަށް ނަން އެ ފަތުރައި
ޒުވާނުން މަށާ ދޯޅުވާން ތަންދީނީއޭ
+ + + + + +
މިއަދު ވެއްޖެ ޒަހަރެއްކަމަށް ވެސް ބޮވޭ ހިތި
މިއަދު ވާށެ ދުރުހެލި އެތިބަ އަންގަނީއޭ
ޖެހޭ ކޮންމެ ބައްޔެއްގެ އަސްލެއް ކަމަށް ބުނެ
ޖެހޭ ބަލިތަކާވެސް މަށާ ގުޅުވަނީއޭ
މިނުން ކެހި އެ މަތިވެއްޖެ ނަމަ ލޭ، ހަކުރު ވެސް
މިނޫން ސަބަބަކަށް ޝައްކު ވެސް ނުކުރަނީއޭ
ޖެހޭ ކޮންމެ ބަލިހާލަކަށް ނޭނގުނަސްވެސް
ޖެހޭ އަސްލަކީ މީ ކަމަށް ނިންމަނީއޭ
އުމުރު ހުސްވެގެން މަރުވިޔަސް ހެޔޮ މިދުނިޔޭން
އެ މަރުވުމުގެ ޒިންމާ މަށާ މަތިވަނޭއޭ
ބަހުން އެކި މަލާމަތް މަށަށް ރައްދުވާހެން
ރަޙުމް ނެތި ޅެމާ ލަވަ ހަދައި އިއްވަނީއޭ