Support Us

މުސްކުޅިވެއްޖެ

ބޮލުގެ ކަޅުކަން ގެއްލިގޮސް، މުޅި ބޯ އެކީ ހުދުވެއްޖެއޭ
ލޮލުގެ އަލިކަން ފަނޑުވަމުން މުޅި ލޯ އެކީ ފުސްވެއްޖެއޭ

ހިނގުމުގައި ހުރި ޗާލު ނަލަކަން ގެއްލި ޖެހެމުންދާ ކޮރުން
ހިނގުމަކަށް ނުވެ، އުޅުމުގައި އައިބެއްކަމަށްވެ ނިމިއްޖެއޭ

ކޮންމެ ރާގެއް ރީތިކޮށް ވިރުވައި އަޅައިންދިން އަޑު މުޅީން
އޮންނަ ތާލުގެ މިއުޒިކީ ފަރިކަން މުޅިން ގެއްލިއްޖެއޭ

ބަސްބުނާ އަޑު ސާފުނުވެ، ތަކުރާކޮށްލަން އެދުމަކީ
އަސްލުގައި ކަންފަތުގެ ކޮށިކަމުގައި މިއަދު ހީވެއްޖެއޭ

ވިސްނުމާ ފިކުރާ ޚިޔާލާ އޭގެ ފުރިހަމަކަންމަތީ
ހިއްސުތައް ދެމި އައި ރިވެތި ގޮތްތައް ނެތިވެ، ބީވެއްޖެއޭ

އުޅުމުގައި ހަރަކާތްވެ ކަންކަމުގައި ފެނުނު އެ ހަލުއިކަމާ
ގުޅުވަމުން ތަމްސީވީ މަންޒަރު އެކީ ގެއްލިއްޖެއޭ

އަތް ހިނގާ ކަންކަމުގެ ތެރެއިން، އޭރު ފާހަގަވެވުނަކަސް
ހިތްވަރާ ކެރުމަށް ބުނަން ނޭނގި ތަފާތެއްވެއްޖެއޭ

އަދަކު ނެތް ބުނެވޭނެ އެއްޗެއް ކަން ހިނގާ މި އުސޫލެކޭ
ގަދަ އެ ދަތްތައްވެސް މަށާ ހަމަ ގައިމުވެސް ރުޅިވެއްޖެއޭ

ކީއްވެގެނަބާއޭ މި ވާގޮތް ވިސްނުމަށް ހަމަ ނާންނަނީ
ކީއް ކުރާނީ ހާލަތަށް މި ބަދަލު މިއަދު އަތުވެއްޖެއޭ

ދޭހުގާ ކަން ހުރި ގޮތޭ މީ، އުމުރު ފާއިތުވާގޮތުން
ހިނގާ ދުނިޔޭގެ ސުންނަތަކީ، އެކަން ވިސްނިއްޖެއޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *