Support Us

ލިޔުންތެރިޔާ: އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ އަދި މިހާރު ވެސް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ބަހާއި އަދަބުގެ ދާއިރާއިންނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ތިވެހި ތާރީޚާއި އިޖުތިމާޢި ދާއިރާއާއިން ގިނަ ލިޔުންތަކެއް ލިޔުއްވައިފައިވާ ޢަޒީޒު ޖަމާލަކީ އުނގަންނައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޤާނޫނީ ވަކީލެއް ވެސް މެއެވެ .