Support Us

ގުޑުންއެރުމުން ނަވުގެ ފަތޮޅަށް

އެހީތެރި މިތުރަކާ ދެކޮޅަށް ގުޅައިލާ އިއްތިޙާދު ކޮޅަށް
އެހީއަށް އެދި އަރައި ގުޅުނަސް ތިބޭނީ އަބަދުވެސް ދެކޮޅަށް

ދުކެއް އައި ނަމަ އައީ އެ ކޮޅުން، މިއީ ތާރީޚު ދައްކާ ގޮތް
ފުކެއްވެސް ދޫނުކޮށް އެވެރިން، އަޑިން ތިބެނީ އަބަދު ދެކޮޅަށް

ސަލާމަތްކަން އަދައި މަސްހުރި ކޮށާރެއް ބުޅަލަކަށް ދިނުމުން
މަލާމާތެއް ކަމަށް ނޫންތޯ އެ ވާނީ ހަމަ ވެވޭ ދެކޮޅަށް

ވަގެއްގެ އަތަށް ތިޖޫރީ ދީ، އެހީތެރިވާން އެދޭ ނަމައީ
މަގެއް ނޫންތޯ އެއީ ހުޅުވާ، ލިބޭނީ ދޫކަމޭ މުކޮޅަށް

ސަލާމަތްކަން ދެވޭނޭހޭ މަލާމާތްކޮށް ހަދާ ބަޔަކަށް
ފަލާޙާ ކާމިޔަބު އޮތީ ޖަހަން ދިނުމުންހެ ތަން އުކުޅަށް

ސަލާމަތް ކޮށްދެވޭނެންޏާ މިކަންކަން ކޮށްދެވެން ވާނޭ
ބަލާށޭ! ދަފުޢު ކޮށްދޭށޭ ބަލައި ލިސްޓަށް ނިކަން ރަނގަޅަށް

ހިޔާވަހިކަން އޮތީ ފުރަތަމަ، އެއާ ވިދިގެން ގިރުން ރަށްތައް
މިޔާ  އެކުގައި  ދަތުރުފަތުރުގެ  ފަސޭހަތަކޭ ލިބުން އަތޮޅަށް

އަމަލުވާ އެއްޗެހީގެ ވަބާ ގުނޭނޭ އެންމެ ބޮޑު ކަމަކަށް
ޙަމަލަތައް ވެސް ޢަޤީދާއަށް ދެވޭ، ހުއްޓާން ޖެހޭ ރަނގަޅަށް

ބިދޭސީން ގިނަވުމާ ދެކޮޅަށް އޮތީ ޙައްލެއް ލިބޭންޖެހިފައި
އެދޭހެން ފަހެލި ޙައްލެއް ވެސް ލިބޭން ޖެހެޔޭ އުޅޭ އަތޮޅަށް

ކުނީގެ ނުރައްކަލާ ގެއްލުން މިއީވެސް އެންމެ ބޮޑު ކަމެކޭ
ގުނީ ވެސް އިސް ކަމެއް ދީގެން ސަމާލު ކަމެއް ލިބޭށަ އޮޅަށް

ތަނުގެ މުޅި އިޤްތިޞާދިއްޔަތު އޮތީ ފުން ވަޅުގަނޑެއްގެ ތެރޭ
ކަނުވެ މި ގޮތަށް ނުތިބެ ކަންކަން ޖެހޭ ގެންނަން އަލުން މިކޮޅަށް

މިއަދު "މާޒީ" މި ދޭ އިރުޝަދުތައް ނުބަލައި ދުރަށް ލުމަކީ
ދިޔަވެ ޤައުމީ މި ނާ ފެތުމޭ، ގުޑުން އެރުމުން ނަވުގެ ފަތޮޅަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *