ތިކިތިކިތަކެއްހެން ޗާޓުގައި ވަކިވަކި ގޮތެއްގައި ފެންނަނީ
ހިކިފަސް ތަނެއްގައި ދިރިއުޅޭ، ދިވެހީންގެ ވާސައަކަށް ވަނީ
ތިލަ ފަޅުތަކާ ނޫ ވިލުތަކާ ބިލަކަޅުމަހާ މާ ކަނޑުތަކާ
މިލަކުން ބަޔާންނުވެވޭނެހައި ގިނަ ނިޢުމަތުން ފުރިފައި ވަނީ
ފެހިފެހި ޖަވާހިރު ރަމްޒަކުން ނޫ ސާލުގައި އަތުރައިލުމުން
މެހިފައިވިހެން ހުދު ވެއްޓަކުން، ހުރިހާ ޖަޒީރާ އެތުރުނީ
އަޑުބަޑު ހިމޭންވީ ވެއްޓަކުން މަޑު ރޯޅި ލިބިވާ ޖައްވަކުން
ކަނޑުމަޑުވެފައި ނޫ ކުލަތަކުން، އުދަރެސް ގުޅައިލެވިފައިވަނީ
ދުވަހާއި ރޭތައް އެއް ވަރަށް މުޅި އަހަރު ލިބިދޭ މިންވަރަށް
ދުވަހަކު ދެ ގޮތް ނެތް ފިނި-ހޫނު މޫސުން މިތާ ދެމިއޮންނަނީ
މީ ރާއްޖެޔޭ ދިވެހީން އުޅޭ "މާލްދީފު" ނަމަކަށް ބުނެ އުޅޭ
މީރާ ލިބޭ ފަދަ ރުއްތަކުން، މަލަމަތި ޖަރީވެވިފައި ވަނީ
ޣާޒީ ރަދުން ޝަރަފާއެކީ ފަރުމާކުރެއްވެވި ރާއްޖެއޭ
"މާޒީ" ދުލުން ސިފަކޮށް ދިނުން ނުކުޅެދި ތެދޭ ޢާޖިޒު ވަނީ