Support Us

ވިސްނައި، ތެދުވާންވީ ވަގުތު އައީއްޔޭ!

ޤައުމުގެ ޙުރުމަތް، ދީނުގެ ޝަރަފާ، ދޫކޮށްލާކަށް، ހެޔޮ ނުވެޔޭ
އައުދާނަ މި ފަސްގަނޑު، ބޭރުގެ ބަޔަކަށް ދޫކޮށްލާކަށް ނުވެޔޭ
ދައުލަތް، ދައުލަތުގެ ގޮތަށް ކުރިއަރަމުން ދިޔަތަންވެސް އެބަފެނެޔޭ
ފައުޅާ ކެރުމާއެކުގައި މި ސިޔާސަތު ދަމަހައްޓާން އެބަ ޖެހެޔޭ

ނިވަލެއް ނެތި މާސިންގާ ކަނޑުގެ ތެރޭ ދިވެހިން ތިބިއިރު ވެސް
ހެވަތެއް އެދިގެން އަތް ދިއްކޮށްލާނެ ބަޔެއް ނުވި އިރުގައި ވެސް
ދެވަރެއްނެތި ހަމަ ދިވެހިން އިސްތިޤުލާލު ޙިމާޔަތް ކުރި އިރު ވެސް
މި ވަނީ ކީއްހޭ؟ ހަތުރުންގެ އުނގަށް ވެއްޓޭކަށް ފަހެ އަދި ނުވެޔޭ

އެދުމެއް ނެތި ވެދުމެއް ކޮށްފާނެކަމަށް ފަހެ އިނބަމެން ނުބަލައްޗޭ
އެދުމެއްނެތި އެވެރިން އެއްޗެއް ދީފާނެކަމަށް ހަމަ އެގޮތަށް ނުދެކެއްޗޭ
މެދުވެރިޔަކު ބުނެގެން އަތްދަށުލާން އުޅެފާނެކަމަށް ވެސް ވިސްނައްޗޭ
ތެދުވެރި ދިވެހީން، ގޮތް ދޫކޮށް ފަހަތަށް ދާކަށް ވެސް ހަމަ ނުވެޔޭ

އަށްޑިހަ ދަހަރަށް ވުރެ ދިގު މާޒީއެއް ދިވެހީން މި ގޮތަށް ހޭދަކުރީ
އަތް ދިއްކޮށް އާދޭސް ނުމެކޮށް ތަނުގެ ސިޔާދަތު ކެރިގެން ދަފުޢުކުރީ
ފަންޑިތައެއް ކަމުގައި ކެރުމާއި ދުޢާކުރުމޭ ފެންނާން ވެސް އެ ހުރީ
ތަންޑިޔަލެއްގައި ހަތުރުން ކޮނޑުގައި މިވަޠަން އުފުލާކަށް ވެސް ނުވެޔޭ

ފިކުރަށް ނުބަލައި އެކަކަށް އަނެކަކު ހެޔޮގޮތްތައް ވިސްނައިދީގެން
އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމުގައި ވެސް އަދި ބުނެދީގެން
ފަޚުރެއް ކަމުގައިވީ ޤައުމީ ބަޠަލުންގެ ހަނދާން އާކޮށްދީގެން
ޒިކުރާ ކުރުމުން އިއްޔެގެ ދިވެހީންގެ ހަނދާންތައް ފަހެ އާވެދެޔޭ

ބާރެއްލާށޭ މާތްވި ޢަޤީދާ، ދަމަހައްޓައިގެން، ނަގަހައްޓާން
ފާރެއް ނޫންހެ އެއީ ދީނީ ވަޙުދަތު، ޤައުމު މިހެން ބަލަހައްޓާން
ތާރީޚުގެ އަނދިރި ފުނަށް ޤައުމު ދަނީހޭ މި ގޮތަށް ވައްޓައިލާން
ޔާރުންނޭ، ދިވެހިދަރީންނޭ! ވިސްނައި ތެދުވާންވީ ވަގުތު އައީއްޔޭ!

އުއްމީދުގެ އަލިކަން "މާޒީ"ގެ ލޮލަށް ފެންނާން އަދު ފެށުމުން
ފުންވީ  މި ޚިޔާލޭ  އޮއްސައިލީ ތެދުވެތި ނިޔަތާއެކު ގަލަމުން
ފުންނާބުގެ އުސްކަން ނެތަކަސް ފަރުދެއްމީ ހަމަ ޤައުމީ ނަޒަރުން
އުންމީދެއް، ދިރުމެއް ވާނަމަ، އަބަދަށް ވެސް އޮންނާން ހަމަ ޖެހެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *