Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދިރިއުޅުން ސުންނާފަތިވަނީ ފިރިމީހާއަށް ހެދޭ ގޯސްތަކުގެ ސަބަބުން؟

ޒަވާޖީ ދިރިއުޅުމާއި އާއިލީ ހަޔާތް ބައެއް ފަހަރަށް ސުންނާފަތިވެގެން ދަނީ ފިރިމީހާއަށް ހެދޭ ގޯސްތަކުގެ ސަބަބުންނެވެ. މި ބަލައިލަނީ މި މޭރުމުން ފިރިމީހާއަށް ހެދުން އެކަށީގެންވާ 18 ގޯސްތަކަކަށެވެ.

  1. ޒަވާޖީ ދިރިއުޅުމަށް ވަގުތު ނުދީ، އެހެން ކަންތައްތަކުގައި މަސްއޫލުވެގެން އުޅުން.
  2. ޖަޒުބާތީ ގޮތުން އަނބިމީހާއަށް ބޭވަފާތެރިވުމާއި އެހެން މީހުންނާ ޖިންސީ ސަމާސާކުރުން.
  3. ބޭރުތެރޭގައި ހައްދެއް ނެތި ހޭދަކުރާއިރު އާއިލާގެ ކަންތައްތަކަށް ހަރަދު ނުކުރުން.
  4. ލޯތްބަކީ ފިރިހެންވަންތަކަމުގެ ސިފައާ ފުށުއަރާ ކަމެއްކަމަށް ބެލުން.
  5. އާއިލާގެ މެންބަރުންނާމެދު ވެވޭ އިހުމާލުގައި މަތިޖަހައިލުމަށްޓަކައި ފައިސާ އާއި ހަދިޔާ އޮއްސައިލުން.
  6. އަނބިމީހާއަށްވުރެ އެހެން އަންހެނުންގެ ރީތިކަމާއި ރަނގަޅު ކަންތައްތައް ފާހަގަކޮށް އުޅުން.
  7. އާއިލާގެ ކަންތައްތަކުގެ ބަދަލުގައި ނުބައި ކަންތައްތަކަށް ހަރަދުކުރުން.
  8. ބަރަހަނާ ފިލްމް ބެލުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ދުށުން.
  9. އަނބިމީހާގެ ބައިވެރިޔެއްގެ ގޮތަށްވުރެ އާއިލާގައި ހުދުމުހުތާރު ވެރިކަމެއް ހިންގާ ފަރާތެއްގެ ގޮތުގައި އުޅުން.
  10. ކަންތައްތައް ނިންމުމުގައި އަނބިމީހާގެ ނަސޭހަތް ބަލައިނުގަތުން.
  11. ކުރެވޭ ކުށްތަކަށް މައާފަށް ނޭދުން އަދި ކުށްތައް ރަނގަޅުކުރަން މަސައްކަތް ނުކުރުން.
  12. އާއިލާގައި ރޫހީ ކަންތައްތައް ބަލަހައްޓާ ވެރިޔާގެ މަގާމު ދެމެހެއްޓުމުގެ މަސައްކަތް ދޫކޮށްލުން.
  13. ވަޒީފާ އާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ކަންތައްތައް ހިފައިގެން ގެއަށް އައުން.
  14. ފޭލިވާ ކަންތައްތަކުގެ މައުލޫމާތު އަނބިމީހާއަށް ސިއްރުކުރުން.
  15. އަމިއްލަ އާއިލާގެ މެންބަރުން ދޭ އިރުޝާދުތަކަށްވުރެ މައިންބަފައިންނާއި ރަހްމަތްތެރިން ދޭ ނަސޭހަތަށް އިސްކަންދިނުން.
  16. އަނބިމީހާގެ ޖިސްމާނީ އަދި ޖަޒުބާތީ ބޭނުންތަކަށް ސަމާލުކަން ނުދިނުން.
  17. ދަރިން ބެލެހެއްޓުމުގެ މަސައްކަތް ހަމައެކަނި އަނބިމީހާއަށް މަތިކުރުން.
  18. އާއިލާގެ ކަންތައްތަކާ ހަވާލުވާން ދަރިންނަށް ދަސްކޮށްނުދިނުން.

މި ބަލައިލި 18 ގޯސް ހެދުމާ ފިރިމީހާ ދުރުވުމުން ޒަވާޖީ ދިރިއުޅުން ހަރުދަނާކޮށް، ލޯބި ގާއިމުވެފައިވާ އާއިލީ ހަޔާތެއް ބިނާކުރެވޭނެއެވެ.

  • ތަރުޖަމާއެއް