ޒަވާޖީ ދިރިއުޅުމާއި އާއިލީ ހަޔާތް ބައެއް ފަހަރަށް ސުންނާފަތިވެގެން ދަނީ ފިރިމީހާއަށް ހެދޭ ގޯސްތަކުގެ ސަބަބުންނެވެ. މި ބަލައިލަނީ މި މޭރުމުން ފިރިމީހާއަށް ހެދުން އެކަށީގެންވާ 18 ގޯސްތަކަކަށެވެ.
- ޒަވާޖީ ދިރިއުޅުމަށް ވަގުތު ނުދީ، އެހެން ކަންތައްތަކުގައި މަސްއޫލުވެގެން އުޅުން.
- ޖަޒުބާތީ ގޮތުން އަނބިމީހާއަށް ބޭވަފާތެރިވުމާއި އެހެން މީހުންނާ ޖިންސީ ސަމާސާކުރުން.
- ބޭރުތެރޭގައި ހައްދެއް ނެތި ހޭދަކުރާއިރު އާއިލާގެ ކަންތައްތަކަށް ހަރަދު ނުކުރުން.
- ލޯތްބަކީ ފިރިހެންވަންތަކަމުގެ ސިފައާ ފުށުއަރާ ކަމެއްކަމަށް ބެލުން.
- އާއިލާގެ މެންބަރުންނާމެދު ވެވޭ އިހުމާލުގައި މަތިޖަހައިލުމަށްޓަކައި ފައިސާ އާއި ހަދިޔާ އޮއްސައިލުން.
- އަނބިމީހާއަށްވުރެ އެހެން އަންހެނުންގެ ރީތިކަމާއި ރަނގަޅު ކަންތައްތައް ފާހަގަކޮށް އުޅުން.
- އާއިލާގެ ކަންތައްތަކުގެ ބަދަލުގައި ނުބައި ކަންތައްތަކަށް ހަރަދުކުރުން.
- ބަރަހަނާ ފިލްމް ބެލުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ދުށުން.
- އަނބިމީހާގެ ބައިވެރިޔެއްގެ ގޮތަށްވުރެ އާއިލާގައި ހުދުމުހުތާރު ވެރިކަމެއް ހިންގާ ފަރާތެއްގެ ގޮތުގައި އުޅުން.
- ކަންތައްތައް ނިންމުމުގައި އަނބިމީހާގެ ނަސޭހަތް ބަލައިނުގަތުން.
- ކުރެވޭ ކުށްތަކަށް މައާފަށް ނޭދުން އަދި ކުށްތައް ރަނގަޅުކުރަން މަސައްކަތް ނުކުރުން.
- އާއިލާގައި ރޫހީ ކަންތައްތައް ބަލަހައްޓާ ވެރިޔާގެ މަގާމު ދެމެހެއްޓުމުގެ މަސައްކަތް ދޫކޮށްލުން.
- ވަޒީފާ އާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ކަންތައްތައް ހިފައިގެން ގެއަށް އައުން.
- ފޭލިވާ ކަންތައްތަކުގެ މައުލޫމާތު އަނބިމީހާއަށް ސިއްރުކުރުން.
- އަމިއްލަ އާއިލާގެ މެންބަރުން ދޭ އިރުޝާދުތަކަށްވުރެ މައިންބަފައިންނާއި ރަހްމަތްތެރިން ދޭ ނަސޭހަތަށް އިސްކަންދިނުން.
- އަނބިމީހާގެ ޖިސްމާނީ އަދި ޖަޒުބާތީ ބޭނުންތަކަށް ސަމާލުކަން ނުދިނުން.
- ދަރިން ބެލެހެއްޓުމުގެ މަސައްކަތް ހަމައެކަނި އަނބިމީހާއަށް މަތިކުރުން.
- އާއިލާގެ ކަންތައްތަކާ ހަވާލުވާން ދަރިންނަށް ދަސްކޮށްނުދިނުން.
މި ބަލައިލި 18 ގޯސް ހެދުމާ ފިރިމީހާ ދުރުވުމުން ޒަވާޖީ ދިރިއުޅުން ހަރުދަނާކޮށް، ލޯބި ގާއިމުވެފައިވާ އާއިލީ ހަޔާތެއް ބިނާކުރެވޭނެއެވެ.
- ތަރުޖަމާއެއް
