މި އަލިއަޅުވައިލަނީ ހަޔާތާމެދު ފަލްސަފީ ނަޒަރަކުން ބައްލަވައިލައި، ވިސްނުންތެރި ބައެއް ޝަހުސިއްޔަތުތައް ވިދާޅުވެފައިވާ ބައެއް ވިދާޅުވުންތަކަށެވެ.
- "ހަގީގީ ނުބައި އަމަލުތައް ފެންނަނީ އެއް އިރެއްގައި ހިތްހެޔޮކޮށް އުޅުނު މީހުންގެ ފަރާތުންނެވެ." (ސެސަރޭ ޕެވީސް)
- "އެ މީހެއްގެ ހަޔާތުގައި އަހަރެން ވުމަށް ނޭދޭ މީހުން އަހަރެންގެ ހަޔާތުން ބޭރުކޮށްލަން އަހަރެންގެ މައްސަލައެއް ނެތެވެ. ސަބަބަކީ އަހަރެން ބޭނުންވާ މީހުން އަހަރެންނަށް ގެއްލިއްޖެއެވެ. ނަމަވެސް އަހަރެންގެ ފުރާނަ އަދިވެސް އެބަހުއްޓެވެ." (ކާލް މޭ)
- "ވިސްނުންތެރި މީހަކާ އެއް ފަހަރު ވާހަކަ ދައްކާލުމަކީ 10 އަހަރު ވަންދެން ފޮތް ދިރާސާ ކުރުމަށްވުރެ ގިނަ މައުލޫމާތު ލިބޭ ކަމެކެވެ." (ހެންރީ ވޯޑްސްވޯތު ލޯންގްފެލޯ)
- "ގައުމުތަކުގެ ވެއްޓުން އަންނަނީ އިންސާފު ގާއިމުކުރުން ހުއްޓާލުމުންނެވެ." (އިބުނު ހަލްދޫން)
- "ހާސްކަމާއި މާޔޫސްކަން އެއްފަރާތްކޮށްފައި ދިރިއުޅެން ފަށަން ބޭނުން ނަމަ، ތިބާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބެލުމުގެ ބަދަލުގައި ތިބާއަށް މާތްﷲ ދެއްވައިފައިވާ ރަނގަޅު ކަންތައްތަކަށް ބަލާށެވެ." (ޑޭލް ކާނެގީ)
- "ފޭލިވާނީ އެންމެންގެ ރުހުން ހޯދަން އުޅޭ ނަމައެވެ." (އެއަވިން ހޮމެލް)
- "އަހަރެންނަށް ގެއްލުން ދިނީ އަހަރެން ދަންނަ މީހުންނެވެ. އަހަރެން ނުދަންނަ އެންމެންނަށް މާތްﷲ ރަހްމަތްލައްވާށިއެވެ!" (އަބޫ އަލް-އަލާއު އަލް-މައަރީ)
- "ހަމަ ކޮންމެ ދުވަހަކު ވެސް ލަދުވެތިކަމެއް ނެތި މި ދުނިޔޭގައި އިންސާފު ނެތިކޮށްލައެވެ." (ޣައްސާން ކަނަފަނީ)
- "ސިންގާއެއް އަނގަ ހުޅުވައިގެން އޭގެ ދަތްޕިލަ ފެންނަ ގޮތަށް ހުރި ނަމަ، އެއީ އެ ސޮރު ހިނިތުންވެފައި ހުރީ ކަމަށް ހީނުކުރާށެވެ!" (އަލް-މުތަނައްބީ)
- "ތެދުވެރިކަން ކުރިއަށް ނެރުމުން ހުރިހާ އެންމެންގެ ދުޝްމިނަކަށްވާނެއެވެ." (ހަލީލު ޖުބްރާން)
- "ފަރުދެއްގެ ގޮތުގައި މީހާ ބޮޑުވުމަށް އެންމެ ފުރަތަމަ ހުރަސްއެޅުން އަންނާނީ އާއިލާގެ ފަރާތުންނެވެ." (ލިއޯ ޓޯލްސްޓޯއި)
- "ހޭލުންތެރިކަން އިތުރުވުމުން ވޭނާއި ކެކުޅުން އިހުސާސް ކުރެވޭ މިންވަރު އިތުރުވެއެވެ. ނަފުސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަން ގިނަ ފަހަރަށް ހުންނަނީ ވިސްނުންތެރިންގެއެވެ." (އާދިލް ސޯދިގް)
- "އަހަރެންނަށް އިހުތިރާމްކޮށް، އަހަރެންނާމެދު ރަނގަޅަށް ކަންތައްތައްކޮށްފި ނަމަ، ތިބާއަކީ އަހަރެންގެ ތޮތްޕަށް ޖަހާ ފިޔަފަތެއް ނޫނެވެ؛ އޭގެ ބަދަލުގައި ތިބާ ވެގެންދާނީ އަހަރެންގެ ބޮލުގައި އަޅާ ތާޖަކަށެވެ." (އިބްރާހީމް އަލް-ފިކީ)
- "ހަޔާތުގެ އަގު ދެނެގަނެވޭނީ މަރުވުމަށް އެދެވުމުންނެވެ." (ވިންސްޓަން ޗާޗިލް)
- "ހިތްހެޔޮކަމާއެކު ބަސް ބުނުމުން ޔަގީންކަން ލިބެއެވެ. ހިތްހެޔޮކަމާއެކު ވިސްނުމުން ހުރިހާ މައްސަލައެއް ހައްލުކުރެވެއެވެ. އަދި ހިތްހެޔޮކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުން ލޯބި އުފެދެއެވެ." (ލާއޮ ސޫ)
- "ހިތާމަވެރިކަމަކީ އެ މީހެއްގެ އަމިއްލަ ނަފުސާއި މުޖުތަމައާމެދު ރަނގަޅަށް ވިސްނައިލުމަށް ލިބޭ ފުރުސަތެކެވެ." (ޖީން-ޖާކް ރޫސޯ)
- "ތިބާ ބުނަން ބިރުގަންނަ ބަސްތަކަކީ ގިނަ ފަހަރަށް ދައްކަން ޖެހޭ ވާހަކަތަކެވެ." (ޖޯޖް ބަނާޑް ޝޯ)
- "އިންޓަނެޓާ ދުރުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ތިބާއަށް ގެއްލުނު އެއްޗެއް ނެތްކަން ރޭކާލާނެއެވެ. ނަމަވެސް އިންޓަނެޓުން ބޭރުން ގެއްލުނު އެއްޗެހިތަކެއް ވާކަން އެނގޭނެއެވެ. މިސާލަކަށް، ތިބާގެ މަންމަ މުސްކުޅިވަމުން ދިޔަކަން ތިބާގެ ސަމާލުކަމަށް ނައި ކަމެވެ!" (އަބްދުﷲ އަލް-މުޣްލޫތު)
- "ހަޔާތަކީ އުއްމީދެވެ. އުއްމީދު ނެތް ނަމަ ހަޔާތް ގެއްލޭނެއެވެ." (ޕްލޭޓޯ)
- "ހީ ސަކަރާތް ނުޖަހާ ކޮންމެ ދުވަހަކީ ބޭކާރު ދުވަހެކެވެ." (ޗާލީ ޗެޕްލިން)
- "ތިބާ އަތުލައިގަނެވޭނީ ތިބާގެ ހަރަކާތްތައް ހުންނަ ގޮތް އެނގޭ މީހަކަށެވެ. ތިބާ ދާން ބޭނުންވާ މަންޒިލަށް ރައްކާތެރިކަމާއެކު ދެވެންދެން އެއްވެސް މީހެއްގެ ގާތުގައި ތިބާގެ ވިސްނުން ހުރި ގޮތް ކިޔައިނުދޭށެވެ!" (އެޗް.ޓީ.އާރް)
- "ޒަހަމްވެފައިވާ ދެ ލޯ ހުރި ކުޑަކުއްޖަކު ވާހާ ހިނދަކު އަހަރެން މި ދުނިޔެއަކަށް އިހުތިރާމެއް ނުކުރާނަމެވެ." (ސްޓޭންލީ އޯކެކޭ)
- ތަރުޖަމާއެއް
