Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހިމޭނުން ހުންނަންވީ 10 ވަގުތު

ބައެއް މަސްރަހުތަކުގައި ބަސް ނުބުނެ ހުރުން މާ މުހިންމެވެ. މި ބަލައިލަނީ މި ފަދަ 10 ދަނޑިވަޅަކަށެވެ.

  1. ބާރަށް އެއްޗެއް ބުނަން ޖެހޭހެން ހީވާ ދަނޑިވަޅުގައި މަޑުމަޑުން ހުންނާށެވެ.
  2. ރުޅި އައިސްފި ނަމަ ހިމޭނުން ހުންނާށެވެ.
  3. ތިބާ ބުނާ އެއްޗަކުން އަނެކާއަށް މަލާމާތް ރައްދުވެދާނެ ކަމަށް ފެންނަންޏާ ހިމޭނުން ހުންނާށެވެ.
  4. އެނަކާއާއެކު އޮތް ރަހްމަތްތެރިކަން ނިމުމަކަށް އައިސްފާނެހެން ހީވަންޏާ ބަސް ނުބުނާށެވެ.
  5. އެހެން މީހުންނާއެކު އޮންނަ ގުޅުން ދެމެހެއްޓޭނީ މަޑުމަޑުން ހުރެގެން ކަމަށް ފެންނަންޏާ ހިމޭނުން ހުންނާށެވެ.
  6. ހިނގި ކަމެއްގެ ފުރިހަމަ މައުލޫމާތު ނެތި ހުރެ އެ ކަމާމެދު ވާހަކަ ނުދައްކާށެވެ.
  7. ތިބާގެ އީގޯ ވަރުގަދަ ކުރަން ނުވަތަ ތިބާ ބުނާ އެއްޗެއް އެހެން މީހުން ބަލައިގަންނަން ބޭނުންވާ ކަމަށް ތިބާއަށް ހީވަންޏާ ހިމޭނުން ހުންނާށެވެ.
  8. އެހެން މީހަކު ކުރާ އިތުބާރަށް ބުރޫއަރާފާނެ ކަމަށް ފެންނަ ނަމަ ހިމޭނުން ހުންނާށެވެ.
  9. މަޝްވަރާ ކުރެވޭ މައުލޫއާމެދު އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތް ނަމަ ބަސް ނުބުނާށެވެ.
  10. އެހެން މީހަކު ތަހައްމަލު ކުރަމުންދާ ޒާތީ ކެކުޅުންތައް ހިއްސާ ކުރަމުން އަންނަ ވަގުތުގައި ހިމޭނުން ހުންނާށެވެ.

މި ބަލައިލެވުނީ ހިމޭނުން ހުންނަން މުހިންމު 10 ދަނޑިވަޅަކަށެވެ. އެހެން މީހުންގެ އިތުބާރު ހޯދުމަށާއި އެ މީހުންނާއެކު ބާއްވާ ގުޅުން ދެމެހެއްޓުމަށްޓަކައެވެ.

  • ތަރުޖަމާއެއް