ދިރިއުޅުމުގައި ހަލާކުކޮށްލެވިއްޖެ ނަމަ އަޑެއް ނުކިޔާ ރެނދެއް ލައި ދެ ކަމެއްވެއެވެ. އެއީ އިތުބާރާއި ވައުދެވެ. މި ބަލައިލަނީ މި ދެ ކަންތަކުގެ ދަށުން ސަލާމަތީ ފިޔަވަޅު އަޅަން ޖެހޭ 10 ކަމަކަށެވެ.
- އަމިއްލަ ނަފުސަށް އިތުބާރުކުރާ ކަމަށް ގަބޫލުކުރުމުން ވެސް އެކަން އެގޮތަށް ހަގީގަތަކަށް ބަދަލުވެއެވެ.
- ތިބާ ލޯބިވާ އަދި އިތުބާރުކުރާ ފަރާތަކާ މަޝްވަރާކުރުމުން ސްޓްރެސް އާއި ޑިޕްރެޝަނުން ދުރުކޮށްދެއެވެ. އަދި އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެއެވެ.
- ފޫހިކަން އިހުސާސް ކުރެވޭ ނަމަ އެއީ ތިބާ އެ ވަގުތަކު ކުރަން ހުރި ކަމަކަށްވުރެ މުހިންމު ކަމެއް ކުރުން ރަނގަޅު ކަމަށް ސިކުނޑިން ދޭ ސިގްނަލެކެވެ. ތިބާގެ ކޮންމެސް އަމާޒުފަތްގަނޑަކަށް ވާސިލުވުމަށް ކުރެވޭ އިހުސާސެކެވެ.
- މީހަކަށް ހަޔާތުގައި ހެދޭނެ އެންމެ ބޮޑު ގޯހަކީ އޭނާއަށް ނަފުސާނީ ގެއްލުން ދޭ މީހަކާ ދުރުނުވެވުމެވެ.
- މީހަކު ދެކެ ލޯބިވާ ވަރަކަށް އޭނާ ކުރާ ކިތައްމެ ކުޑަ ކަމެއްގެ ސަބަބުން ވެސް ތިބާއަށް އަސަރުކުރާނެއެވެ.
- ދިރިއުޅުމުގައި ފޭލިވާ މީހުން ބަލާނީ ކާމިޔާބު މީހުންގެ ގޯސް ސިފަތައް ފެނޭތޯއެވެ. އެއީ ފާޑުކިޔުމުގެ ބޭނުމުގައެވެ. އަނެކާ ދަށްކޮށްލުމުގެ ނިޔަތުގައެވެ. މިހެން ހަދަނީ ހަޔާތުގައި ކާމިޔާބުވި މީހާއަށްވުރެ ތިމަންނަ މޮޅުކަން އިހުސާސްކުރެވޭތޯއެވެ. ފޭލިވި މީހާގެ ނަފުސުގައިވާ ހުސްކަން ފޫބެއްދޭތޯއެވެ.
- ވޭނީ ތަޖުރިބާއަކުން އަރައިގަންނަން ބޭނުން ނަމަ އެ ކަމާ ސީދާ ކުރިމަތިލާށެވެ. އެ ކަމުން ރެކިގަންނަން މަސްތުވާތަކެތި ބޭނުން ނުކުރާށެވެ. ނުވަތަ އެ ކަމާ އަޅާނުލައި ނޫނީ ކޮންމެވެސް އެހެން ކަމަކުން ވެސް އެ ކަން ސިކުނޑިން ފުހެލަން މަސައްކަތް ނުކުރާށެވެ. ވޭނުން ސަލާމަތްވެވޭނީ އެ ވޭނާ ކުރިމަތިލައި، އެ ކަމާ ކެތްތެރިވުމުގެ ތަޖުރިބާ ކުރަން ފެށުމުންނެވެ.
- ކަމަކަށް ދެވިހިފައިފައިވާ ނަމަ އެ ކަމުން ދުރުވާށެވެ. އެ ވަގުތު އެ ކަމަކާ ވަރަށް ބޮޑަށް ވިސްނެން ފަށާނެއެވެ. ނަމަވެސް ދެން އެ ލިބޭ ހުސްކަން ފޫބެއްދިއްޖެ ނަމަ ތިބާއަށް ކާމިޔާބުވީއެވެ.
- ބަދުބަސްތަކަކީ ސިކުނޑިއަށް ގެއްލުން ދޭ އެއްޗެކެވެ. އެހެންކަމުން ބުނަންވާނީ ރަނގަޅު ބަސްބަހެވެ. ބުނާނެ ރަނގަޅު އެއްޗެއް ނެތް ނަމަ ހަނުހުންނާށެވެ. ނަފުސާނީ ޒަހަމާއި ނުރަނގަޅު ޖަޒުބާތުތަކަކީ ނަފުސާނީ މާޔޫސްކަން ގެންނަ އެއްޗެކެވެ. ސިކުނޑީގެ ސެލްތައް ހަލާކުކޮށްލާ އެއްޗެކެވެ. އަދި މި ކަމުގެ ސަބަބުން ވިސްނާ ވިސްނުމަށް ގެއްލުން ލިބޭނެއެވެ.
- ހަގީގީ ރަހްމަތްތެރިންނަކީ ތިބާއަށް ކުރިމަތިވާ އެންމެ ހިތާމަވެރި ދަނޑިވަޅުގައިވެސް ތިބާއަށް އުއްމީދު އެބައޮތްކަން ވިސްނައިދޭ މީހުންނެވެ. ކިތައްމެ ދެރަ ކަންތައްތަކެއް ކުރިމަތިވިޔަސް ތިބާ ހުރީ ރަނގަޅަށްކަން އަންގައިދޭ މީހުންނެވެ. ތިބާގެ މޫޑާއި ކަންތައްތަކާމެދު ދެކޭ ގޮތް ރަނގަޅުކޮށްދޭ މީހުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ނުސީދާ ގޮތެއްގައި ތިބާގެ ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިވާ މީހުންނެވެ.
މި 10 ކަންތަކުން އެނގޭ އެންމެ މުހިންމު ކަމަކީ މިއެވެ: ހަޔާތުގައި ހަލާކު ނުކުރަންވީ ދެ ކަމެއްވާކަމެވެ؛ އެއީ އިތުބާރާއި ވައުދެވެ. އިތުބާރާއި ވައުދު ރައްކާތެރިކުރެވިއްޖެ ނަމަ ދިރިއުޅުމުގެ ހުރިހާ ކަމެއް ކާމިޔާބުވާނެއެވެ.
ނޯޓު: ތަރުޖަމާއެއް
