Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ތަފާތު 10 ވައްތަރުގެ އަނބިން

އަނބިންނަކީ އާދަޔާހިލާފު ބައެކެވެ. ރަނގަޅު އަނބިންނާ އެއްވަރަށް ނުބައި އަނބިން ވެސް އުޅެއެވެ. މުހިންމީ މީގެ ތެރެއިން ނުބައި އަނބިން އިސްލާހުގެ މަގަށް ގެންނަން މަސައްކަތްކޮށް، ރަނގަޅު އަނބިންނަށް އެ މީހުންގެ ރީތި ސިފަތައް ބަލައިގަންނަކަން ހާމަކުރުމެވެ. މި ބަލައިލަނީ ކޮންމެ އިންސަނީ މުޖުތަމައެއްގައި ވެސް މި ޒަމާނުގައި އުޅޭ އެކިއެކި ބާވަތުގެ އަނބިންނަށެވެ.

1. ބޮކްސިން ތަޅާ އަނބިން:

މި ބާވަތުގެ އަނބިންނަކީ ގަދަކަމުން ފިރިމީހާ ރުޅިއަރުވާލަން މަސައްކަތްކުރާ އަނބިންނެވެ. ގިނަ ފަހަރަށް ފިރިމީހާއާ ދިމާކޮށްލާނީ އާއްމު ތަންތާނގައެވެ. ހައިޖާނުގަނޑެއް ހަދާލުމުގެ ނިޔަތުގައެވެ.

2. ހެޑްމާސްޓަރު އަނބިން:

މިއީ ފިރިމީހާއަށް އާމްދަނީ ލިބޭ ވަރަށްވުރެ ގިނައިން، ވަޒީފާގައި ބޮޑު މުސާރަ ނުވަތަ ވިޔަފާރީގައި ގިނަ ފައިސާ ލިބޭ އަނބިންނެވެ. މިހެންވެ، މި ބާވަތުގެ އަނބިން އެ މީހުންގެ ފިރިންނަށް އިހުތިރާމެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފިރިމީހާ ދަށްކޮށްލައެވެ.

3. ފުލުސް އަނބިން:

މިއީ ވަރަށް އާއްމު ބާވަތެއްގެ އަނބިންނެވެ. މިއީ ފިރިމީހާ ދާ ކޮންމެ ތަނެއް އެނގެން ބޭނުންވާ އަނބިންނެވެ. ފިރިމީހާ ފާހާނާއަށް ދާ ފުރުސަތުގެ ބޭނުންހިފައި، ފިރިމީހާގެ ފޯނަށް އައިސްފައިވާ މެސެޖްތައް އަވަސްއަވަހަށް ޗެކުކޮށްލާނެއެވެ. ފިރިމީހާ ފޯނުން ކޯލެއް ކޮށްލާ ނަމަ، ދޮރެއްގެ ފަހަތުގައި ހުރެ ފިރިމީހާ ކިޔަނީ ކީކޭތޯ އަޑުއަހާނެއެވެ. ފިރިމީހާ ގެއިން ބޭރަށް ދާ ނަމަ، އޭނާ ދާ ތަނެއް ބަލަން ފާރަލާނެއެވެ. ފިރިމީހާ ކުރާ ކަންތައްތައް ރަހްމަތްތެރިން ލައްވާ ބަލާނެއެވެ.

4. ޑިކްޝަނަރީ އަނބިން:

މިއީ ފިރިމީހާގެ ބަދަލުގައި މަންމަ، ދައްތަ، ނުވަތަ ރަހްމަތްތެރިންގެ ނަސޭހަތް އަޑުއަހާ އަނބިންނެވެ. ފިރިމީހާ އިރުޝާދެއް ދީފި ނަމަ، މި ބާވަތުގެ އަނބިން އަވަސްވެގަންނާނީ އެ ބުނި ވާހަކަ މަންމަ، ދައްތަ، ނުވަތަ ރަހްމަތްތެރިންގެ ގާތުގައި އަހައިގެން ޔަގީންކުރާށެވެ. ޑިކްޝަނަރީން ބަހުގެ މާނަ ބަލާ "ވެރިފައި"ކުރާ ފަދައިން ފިރިމީހާ ދިން ނަސޭހަތް ބަލައިގަންނަންވީތޯ ޔަގީންކުރުމަށެވެ.

5. ޕާޓީ އަނބިން:

މިއީ އާއިލާގައި މާލީ ތަނަވަސްކަން ނެތަސް ދާން ފުރުސަތު ލިބޭ ކޮންމެ ޕާޓީއަކަށް ލިބެން ހުރި ހުރިހާ އަތްދަބަހާއި ފައިވާން ގަންނަ އަނބިންނެވެ. ދަރިންނާއި ފިރިމީހާ އަދި އާއިލާއާމެދު އިހުމާލުވެފައި ވެސް މި ބާވަތުގެ އަނބިން ބަލާނީ ހުރިހާ ޕާޓީތަކަށް ދެވޭތޯއެވެ.

6. "ޕެމްޕާޑް" އަނބިން:

މި ބާވަތުގެ އަނބިންނަށް "ޑެޑީސް ލިޓްލް ގާލް" ނުވަތަ "ބައްޕަގެ ކުޑަ އަންހެންދަރިފުޅު" ކިޔައެވެ. ފިރިމީހާއާ ކިތައްމެ ކުޑަ މައްސަލައެއް ޖެހުނަސް ނުވަތަ ދެބަސްވުމެއް އުފެދުނަސް ބައްޕައަށް ގުޅާފައި ފިރިމީހާގެ ވާހަކަ ރިޕޯޓްކުރެއެވެ. މި ބާވަތުގެ އަނބިންގެ ތެރެއިން މުއްސަނދި އަނބިންނަކީ ވަރަށް ނުރައްކާތެރި ބައެކެވެ. ހާއްސަކޮށް ފިރިމީހާ މަސައްކަތްކުރަނީ ބައްޕަގެ ވަޒީފާގައި ކަމަށްވާ ނަމައެވެ.

7. ކުނިޓައްޕު އަނބިން:

މިއީ ބަދުބަހެއް ކަމަށްވެދާނެއެވެ. ނަމަވެސް މި ބާވަތުގެ އަނބިންނަކީ އުޅޭ ބައެކެވެ. ގޭތެރެ ހަޑިވާން ދޫކޮށްލާނެއެވެ. ގޭތެރެ ސާފުކުރާނީ މެހެމާނަކު ޒިޔާރަތްކުރަން ހަމަޖެހުމުންނެވެ. އެހެން ދުވަސްދުވަހު ފިރިމީހާ ގެއަށް އަންނައިރު ގޭތެރެ އޮންނާނީ އެފުށް މިފުށަށް ނުތާހިރުކޮށެވެ.

8. ދީނީ އަނބިން:

މިއީ ފަރުވާ ބަހައްޓާ، ލޯބި ދޭ އަނބިންނެވެ. ޖަޒުބާތީ އަޅާލުމާއި އިތުރު ވަގުތު އާއިލާއަށް ދޭނެއެވެ. ގޭތެރޭގައި ދީނީ ރޫހު އާލާކުރާނެއެވެ. ވަރަށް ޒިންމާދާރުވާނެއެވެ. ފިރިމީހާ އާއި އާއިލާއާ ދޭތެރޭ އަމަލުކުރާނީ އިހުތިރާމާއެކުއެވެ.

9. ފޭސްބުކް އަނބިން:

މި ބާވަތުގެ އަނބިން އަބަދުމެ އުޅޭނީ އިންޓަނެޓަށް ވަދެގެންނެވެ. އިންސްޓަގްރާމްގައެވެ. ފޮޓޯ ޕޯސްޓްކުރުމުގައެވެ. ޗެޓްކުރުމުގައެވެ. ފޭސްބުކްގައި ހިނގާ ކަންތައްތައް ބެލުމުގައި އުޅޭތީ ގޭތެރޭގެ އެންމެ އަސާސީ ކަންތައްތައް ކުރަން ވެސް ހަނދާން ނުހުންނާނެއެވެ.

10. ބަލައިނުގަނެފައިވާ އަނބިން:

މިއީ ގޭގައި ތިބޭ، ހުރިހާ ކަމަކާއި ހުރިހާ އެންމެން ބަލަހައްޓާ އަނބިންނެވެ. ނަމަވެސް މި ބާވަތުގެ އަނބިންނާމެދު ކަންތައްތައް ކުރެވެނީ ކުޑަކުދިންނާ ދޭތެރޭ ކަންތައްކުރާ ގޮތަށެވެ. އެ މީހުން ފެންނަން ހުންނާނެއެވެ. ނަމަވެސް އެ މީހުން ދައްކާ ވާހަކައެއް ތިބާއަށް އަޑުއިވޭ ކަމަކަށް ނުވާނެއެވެ.

އަންހެނުންނޭވެ! މީގެ ތެރެއިން ތިބާ ލައްވާލަނީ ކޮން ގްރޫޕަކަށް ހެއްޔެވެ؟

ފިރިހެނުންނޭވެ! މީގެ ތެރެއިން ތިބާގެ އަނބިމީހާ ފެތެނީ ކޮން ގްރޫޕަކަށް ހެއްޔެވެ؟ ޖަވާބު ކޮންމެ ގޮތަކަށް ނުކުތަސް މުހިންމީ އަންހެނުންނަށް އިހުތިރާމް ކުރުމާއި ނަސޭހަތް ދީގެން އެ މީހުން ރަނގަޅު ކަނބަލުންކަމަށް ހެދުމެވެ.

ނޯޓު: ތަރުޖަމާއެއް